އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަނބިކަނބަލުން އަދި ދަރިކަނބަލުން ރަޝިއާއަށް އެތެރެވުން މަނާކޮށްފި އެވެ.
ރަަޝިއާގެ ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުގެ "ސްޓޮޕް ލިސްޓް" ނުވަތަ އެތެރެވުން މަނާ މީހުންގެ ތެރޭގައި އިތުރު 25 މީހަަކު ހިމަނާފައިވާ ކަމަށާާއި އޭގެ ތެރޭގައި ޖިލް ބައިޑެން އަދި އޭޝްލީ ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން ރަޝިއާއާ ދެކޮޅު ވިސްނުން އުފެއްދުމުގައި އިސްކޮށް އުޅުނު ހަތަރު ސެނެޓަރުން ވެސް ލިސްޓުގައި ހިމަނާފައިވާނެ ކަމަށް ބުންޏެވެ. އެއީ ރިޕަބްލިކަން ޕާޓީގެ މިޗް މެކްކޮނެލް، ސޫޒަން ކޮލިންސް، ބެން ސޭސް އަދި ޑިމޮކްރެޓިކް ޕާޓީގެ ކާސްޓިން ގިލިބްރޭންޑެވެ.
ބައިޑެންގެ އަނބިކަނބަލުންނާއި ދަރިކަނބަލުންނަށް ފިޔަވަޅު އަޅާފައިވާ އިރު، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވެސް ވަނީ ރައީސް ލެޑިމިއަ ޕުޓިންގެ ކުރީގެ އަނބިކަނބަލުން އަދި ދެ ދަރިކަނބަލުންނާއި ލޯބިވެރިޔާގެ ގޮތުގައި އަޑު ފެތުރިފައިވާ މީހަކާ ދެކޮޅަށް ފިޔަވަޅު އަޅާފަ އެވެ.










