އިންގްލެންޑަށް ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން މޯގަން ރިޓަޔާކޮށްފި

Jun 28, 2022, 5:42 PM
އިންގްލެންޑްގެ ކެޕްޓަން މޯގަން، 2019 ވަނަ އަހަރުގެ އޯޑީއައި ވޯލްޑް ކަޕްގެ ޓްރޮފީ ހިފައިގެން.--- ފޮޓޯ: އޭއެފްޕީ

އިންގްލެންޑްގެ ކެޕްޓަން މޯގަން، 2019 ވަނަ އަހަރުގެ އޯޑީއައި ވޯލްޑް ކަޕްގެ ޓްރޮފީ ހިފައިގެން.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖޫން 28) - އިންގްލެންޑަށް 2019 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ކެޕްޓަން، އޮއިން މޯގަން، އިންޓަނޭޝަނަލް ކްރިކެޓުން މިއަދު ރިޓަޔާކޮށްފި އެވެ.

އުމުރުން 35 އަހަރުގެ މޯގަންގެ ކެޕްޓަން ކަމުގެ ދަށުގައި އިންގްލެންޑުން، މީގެ ތިން އަހަރު ކުރިން ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށް ޓީ20 ރޭންކިންގެ އެއް ވަނަ އަށް ޖެހިލި އެވެ.

އިިނގިރޭސި ރަސްމީ ރޯޔަލް އެވޯޑް ހާސިލްކޮށްފައިވާ މޯގަން އަކީ ލިމިޓެޑް އޯވާސްގެ ދެ ވޯލްޑް ކަޕް (އޯޑީއައި އާއި ޓީ20) ކާމިޔާބުކުރި އިނގިރޭސި ހަަމައެކަނި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 2010 ވަނަ އަހަރު އިންގްލެންޑުން ވެސްޓް އިންޑީސްގައި ހޯސްޓްކުރި ޓީ20 ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމަށް ވެސް ކުޅެފަ އެެވެ.

މި މަހު ނެދަލެންޑްސްއާ ދެކޮޅަށް އިންގްލެންޑުން ނުކުތް އޯޑީއައި ސީރީސްގައި މޯގަން ވަނީ ކުޅެފަ އެވެ. އެ ގޮތުން ފުރަތަމަ ދެ ދުވަހު ލަނޑެއް ނުހެދި ދިޔައިރު، ސީރީސްގެ ތިން ވަނަ ދުވަހުގައި އުކުޅުވަޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ނުކުޅެ އެވެ.

އިންގްލެންޑްގެ މެޗެއްގެ ތެރެއިން މޯގަން: އިންގްލެންޑްގެ ކްރިކެޓް ތާރީހުގައި މުހިންމު ރެކޯޑްތަކެއް އޮތް މޯގަން ވަނީ އިންޓަނޭޝަނަލް ކްރިކެޓުން ރިޓަޔާކޮށްފައި.-- ފޮޓޯ: އޭއެފްޕީ

ފިޓްނަސްގެ ސަބަބުން ފަހަކަށް އައިސް، ކުޅަދާނަ ބެޓްސްމަން، މޯގަން، އަށް އެންމެ މޮޅު ކުޅުން ވަނީ ނުދެއްކިފަ އެވެ. އޭނާ ރިޓަޔާކުރަން އުޅޭ އަޑުތައް މީގެ މަހެއްހާ ކުރިން މީޑިއާގެ ޒަރިއްޔާ އިން ވަނީ އިވިފަ އެވެ.

"ވަރަށް އުނދަގޫ ވަގުތެއް މިއީ، ކުޅުމުން ރިޓަޔާކުރަން ޖެހޭ ހާލަތު އަހަރެން ކުރީގެ ކުޅުންތެރިން ގާތުގައި ވެސް އޮޅުންފިލުވިން މީގެ ކުރިން. އަހަރެން ކުޅުން ހުއްޓާލަން ޖެހިއްޖެކަން އިހުސާސްވި ވަގުތު އައިސް ޖެހުނީ އާމްސްޓެޑާމްގައި (ނެދަލެންޑްސް ސީރީސްގެ ތެރެއިން)،" އިންޓަނޭޝަނަލް ކްރިކެޓް ކުޅުން ހުއްޓާލުމާ ބެހޭގޮތުން ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުގައި މޯގަން ބުންޏެވެ.

އިންގްލެންޑަށް ވަންޑޭ އިންޓަނޭޝަނަލްސް (އޯޑީއައި) އާއި ޓީ20 ކްރިކެޓްގައި އެންމެ ގިނަ ލަނޑު އެއްކޮށްދިނީ މޯގަން އެވެ. މޯގަން ވަނީ އޯޑީއައިގައި 6957 ލަނޑު ހެދުމުގެ އިތުރުން، ޓީ20 ގައި އިންގްލެންޑަށް ކުޅުނު މެޗުތަކުގައި 2458 ލަނޑު ހަދައިފަ އެވެ.

އޯޑީއައި އާއި ޓީ20 ކްރިކެޓްގައި އިންގްލެންޑަށް އެންމެ ގިނަ މެޗު ވެސް ކުޅެދިނީ މޯގަން އެވެ. އެ ގޮތުން މޯގަން ވަނީ އިންގްލެންޑްގެ ޖޯޒީގައި 225 އޯޑީއައި މެޗާއި 115 ޓީ20 މެޗު ކުޅެފަ އެވެ.

މީގެ ދެ އަހަރު ކުރިން މޯގަން އަށް ވަނީ އިންގްލެންޑްގެ ރޯޔަލް އެވޯޑްސް ލިބިފައި: އެއީ އިންގްލެންޑްގެ ކްރިކެޓާއި އެ ގައުމަށް ރީތި ނަން ހޯދައިދިނުމަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން.-- ފޮޓޯ: އޭއެފްޕީ

އިންޓަނޭޝަަނަލް ކްރިކެޓް ކުޅުން ހުއްޓާލި ނަމަވެސް ޑޮމެސްޓިކް ލެވަލްގައި މޯގަން ކްރިކެޓް ކެރިއަރު ކުރިއަށްގެންދާނެ އެވެ. އެގޮތުން އިންގްލެންްޑްގެ ސިޓީ/ޑިސްޓްރިކްޓް ލެވަލް ކްރިކެޓް މުބާރާތުގައި ކުޅޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އަޔަލެންޑްގެ ޑަބްލިން އަށް އުފަން މޯގަން، އިންޓަނޭޝަނަލް ކްރިކެޓް ކެރިއަރު ފެށީ އަޔަލެންޑް ޓީމުން 2006 ވަނަ އަހަރު އެވެ. އެކަމަކު، އޭގެ ތިން އަހަރު ފަހުން އިންގްލެންޑަށް ކުޅެން ބަދަލުވީ އެވެ. އެއީ މޯގަންގެ މަންމަ އަކީ އިންގްލެންޑް މީހަކަށްވާތީ އާއި އިނގިރޭސި ޕާސްޕޯޓް އޭނާ އަތުގައި އޮތުމުންނެވެ.

އޭރު އަޔަލެންޑަކީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ އެސޯސިއޭޓް މެމްބަރެއް ކަމަށްވާތީ، މޯގަން އަށް ފަސޭހަކަމާ އެކު އިންގްލެންޑަށް ކުޅެން ބަދަލުވެވުނީ އެވެ. އެއީ އިންގްލެންޑް އަތުގައި ފުލް މެމްބަޝިޕް އޮތުމުންނެވެ.

މޯގަން ވަނީ އިންޓަނޭޝަނަލް ކްރިކެޓް ފްރެންޗައިސް، މަޝްހޫރު ލީގު އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އާއި ޕާކިސްތާނީ ލީގުގައި ވެސް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox