ނިއުކާސަލްގެ ތިން ވަނަ ކިޓާއި ސައުދީ އަރަބިއާގެ ގައުމީ ޓީމު ޖޯޒީއާ އެއްގޮތް ކަމެއް

Jun 28, 2022, 2:12 PM
ނިއުކާސަލް އިން އަންނަ ސީޒަނުގައި ބޭނުންކުރާ ތިން ވަނަ ކިޓް: މި ކިޓްގައި ބޭނުންކޮށްފައި މިވަނީ ސައުދީ އަރަބިއްޔާގެ ޖޯޒީގައި ހުންނަ ކުލަތައް.

ނިއުކާސަލް އިން އަންނަ ސީޒަނުގައި ބޭނުންކުރާ ތިން ވަނަ ކިޓް: މި ކިޓްގައި ބޭނުންކޮށްފައި މިވަނީ ސައުދީ އަރަބިއްޔާގެ ޖޯޒީގައި ހުންނަ ކުލަތައް.

ލަންޑަން (ޖޫން 28) - ނިއުކާސަލް ޔުނައިޓެޑްގެ ތިން ވަނަ ކިޓާއި ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުގެ ޖޯޒީއާ އެއްގޮތް ކަންތައްތަކެއް ހުރި ކަމަށް ބުނެ ގިނަ ބަޔެއް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރައްވައި، ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ނިއުކާސަލް ގަތުމުގެ ޑީލް، ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ފުރިހަމަކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެ ޑީލް ނިމުމާ އެކު އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ މިއީ ނިއުކާސަލުން އިންސާނީ ހައްގުތަކާ ދެކޮޅަށް ހިންގާ ކަންކަން ފޮރުވަން ކުޅިވަރުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެފަ އެވެ.

ނިއުކާސަލްގެ ވެރިން ދިޔައީ ތަކުރާރުކޮށް އެމްނެސްޓީ އިންޓަނޭޝަނަލް އާއި ފުޓްބޯޅަ ތަޖުރިބާކާރުންގެ ތުހުމަތުތަކަށް ރައްދުދެމުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުން ވެސް ވަނީ ނިއުކާސަލަށް ސައުދީ ސަރުކާރުގެ ނުފޫޒު ނުވަންނާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ މެއި މަހު ނިއުކާސަލްގެ ޖޯޒީއެއްގެ ފޮޓޯ ލީކްވިއިރު، ސައުދީގެ ރަސްމީ ކުލަތަކުން ހުރުމުން ގިނަ ބަޔަކު ފާޑުކިޔެވެ. އޭރު އެ ކަމަށް އެއްވެސް ރަސްމީ އިދާރާ އަކުން މާ ބޮޑު ސަމާލުކަމެއް ދީފައިނުވެ އެވެ. އެކަމަކު، އިއްޔެ ނިއުކާސަލް އިން ރަސްމީކޮށް އަންނަ ސީޒަނުގައި އެ ޓީމުން ބޭނުންކުރާނެ ތިން ވަނަ ކިޓް ދައްކާލިއިރު، އެ ޖޯޒީ އާއި ސައުދީގެ ގައުމީ ޓީމުގެ ޖޯޒީގެ ކުލަތަކާ އެއްގޮތް ކަންތައްތަކެއް ހުރިކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

މިދިޔަ އަހަރުގެ އޮލިމްޕިކްގައި ސައުދީގެ ޒުވާން ޓީމު މެޗެއްގެ ކުރިން ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އޭއެފްޕީ

ސައުދީ އާއި ނިއުކާސަލާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ މީހުން ދައްކާ ވާހަަކަތައް ނުހުއްޓުވޭނެ ކަމަށާއި ޔަގީންކަމާ އެކު ބުނަން އެނގޭ އެއްޗަކީ ފުޓްބޯޅައާ ނުގުޅޭ ކަމެއް ނިއުކާސަލް ތެރެއިން ކުރިއަށް ނުދާކަން ކަމަށެވެ.

ނިއުކާސަލްގެ ތިން ވަނަ ކިޓްގައި ސައުދީއާ ގުޅޭ ގިނަ ކަންތައްތަކެއް ހުރުމުން ފުޓްބޯޅަ ތަޖުރިބާކާރުންނާއި ސަޕޯޓަރުން އަންނަނީ އެކަން ފާހަގަކޮށް، ފާޑުކިޔަމުންނެވެ.

ޕީއައިއެފް އިން މެޖޯރިޓީ ހިއްސާާާއާ އެކު ނިއުކާސަލް ގަތީ ޖުމްލަ 408 މިލިއަން ޑޮލަރު ދީފަ އެެވެ. ނިއުކާސަލްގެ 80 ޕަސެންޓް ހިއްސާ އޮތް ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ ފުޓްބޯޅަ ކްލަބެއް ހިންގާ ބައެއްގެ މެޖޯރިޓީ ހިއްސާދާރަކަށް ބެއްޔަސް އެންމެ ބޮޑު މިލްކިއްޔާތެވެ. ދެން އެ ޓީމާ އެންމެ ކައިރި ކުރަނީ މެންޗެސްޓާ ސިޓީ ހިންގަމުން އަންނަ ސިޓީ ފުޓްބޯލް ގްރޫޕްގެ ވެރިޔާ ޔޫއޭއީގެ މަހުޖަނު ޝެއިހް މަންސޫރެވެ. އޭނާގެ މިލްކިއްޔާތުގައި 32 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox