ޓެކްސަސްގެ ލޮރީއެއްގެ ތެރޭގައި 46 މީހުން މަރުވެފައި ތިއްބާ ފެނިއްޖެ

ޓެކްސަސްގެ މަގެއްގައި ޕާކުކޮށްފައި އޮއްވާ ފެނުނު ލޮރީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޓެކްސަސްގެ މަގެއްގައި ޕާކުކޮށްފައި އޮއްވާ ފެނުނު ލޮރީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެމެރިކާގެ ޓެކްސަސްގެ ސޭން އެންޓޯނިއޯގެ ދުރު ހިސާބެއްގައި ޕާކުކޮށްފައި އޮތް ލޮރީއެއްގެ ތެރެއިން 46 މީހުން މަރުވެފައި ތިއްބާ ފެނިއްޖެ އެވެ.

އޮފިޝަލަކު ވިދާޅުވީ ހަތަރު ކުޑަކުދިންނާ އެކު 16 މީހުން ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި ލޮރީގައި ތިބީ އެމެރިކާއަށް ހިޖުރަ ކުރި ބަޔެކެވެ.

ހޮސްޕިޓަލަަށް ގެންދިޔަ މީހުންގެ "ހަށިގަނޑު ހޫނުވެފައިވާ" ކަމަށާއި މާ ބޮޑަށް ހޫނުވުމުން ހީޓް ސްޓްރޯކާއި ހީޓް އެގްޒޯޝަންގެ މައްސަލަ އެ މީހުންނަށް ދިމާވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ސޭން އެންޓޯނިއޯއަކީ އެމެރިކާ އާއި މެކްސިކޯ ގުޅޭ ބޯޑަރާ 250 ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީ އެކެވެ. އެއީ އިންސާނުން ޓްރެފިކް ކުރުމުގައި ޓްރާންސިޓް ރޫޓެއްގެ ގޮތުގައި ފާހަގަވެފައިވެ އެވެ.

އިންސާނުން ޓްރެފިކް ކުރާ މީހުން އާންމު ގޮތެއްގައި އެއްވެސް ލިޔެކިޔުމެއް ނެތް އެހެން ގައުމުތަކުގެ މީހުން އެމެރިކާއަށް ވަގަށް އެތެރެ ކުރަނީ ބޮޑެތި ލޮރީތަކުގައި ފޮރުވައިގެނެވެ.

މެކްސިކޯގެ ފޮރިން މިނިސްޓަރު މާސެލޯ އެބްރާޑް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި ގުއާޓެމާލާގެ ދެ މީހުން ހިމެނޭ ކަމަށެވެ. ދެން ތިބި މީހުންނަކީ ކޮން ގައުމެއްގެ ބަޔެއް ކަމެއް އަދި ނޭނގެ އެވެ.

އެ މައްސަލައާ ގުޅިގެން ތިން މީހުން ހައްޔަރުކޮށްފައިވާ އިރު، ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox