ބަޔާނުން 65 މިލިއަން ޑޮލަރަށް ލެވަންްޑޯސްކީ ވިއްކަން ތައްޔާރު: ރިޕޯޓް

Jun 28, 2022, 1:49 PM
ބަޔާނުން 65 މިލިއަން ޑޮލަރަށް ލެވަންްޑޯސްކީ ވިއްކަން ތައްޔާރު: ރިޕޯޓް

މިއުނިކް (ޖޫން 28) - ބަޔާން މިއުނިކަށް ކުޅެމުންދާ ޕޮލެންޑްގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ، ސްޕެއިނުގެ ބާސެލޯނާ އަށް ވިއްކާލާނީ އެންމެ ކުޑަމިނުން 65 މިލިއަން ޑޮލަރަށް ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ބަޔާނާއެކު ލެވަންޑޯސްކީ ހަދާފައިވާ ކޮންޓުރެކްޓް އަންނަ ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ އެ ކްލަބުގެ ކޮންޓުރެކްޓް އާކުރަން ލެވަންޑޯސްކީ ،33، ބޭނުމެއް ނުވެ އެވެ. އެކަން ތަކުރާރުކޮށް ލެވަންޑޯސްކީ ވަނީ މީޑިއާގައި ހާމަކޮށްފަ އެވެ.

ދާދި ފަހުން ބާސެލޯނާ އިން ވަނީ ލެވަންޑޯސްކީ ހޯދަން ބަޔާނަށް 40 މިލިއަން ޔޫރޯ (44 މިލިއަން ޑޮލަރު)ގެ އަގެއް ހުށަހަޅައިފަ އެވެ. އެކަމަކު ބަޔާނުން އެ އަގު ގަބޫލެއް ނުކުރި އެވެ.

ބަޔާން ދޫކޮށްލައި، އާ "ޗެލެންޖެއް" ނެގުމަށް ބޭނުންވާ ކަމަށް ލެވަންޑޯސްކީ ވަނީ ބުނެފަ އެވެ. އަދި ކޮންޓުރެކްޓް ހަމަވަންދެން މަޑުނުކުރެ، ކުރިއަށް އޮތް ސީޒަންގައި ވެސް އެހެން ކްލަބަކަށް ބަދަލުވާން އޭނާ ބޭނުންވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ. ލެވަންޑޯސްކީ ބޭނުންވަނީ ބާސެލޯނާ އަށް ބަދަލުވާށެވެ. އެ ކްލަބުން އޮތީ ލެވަންޑޯސްކީ އަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ދޭން ތައްޔާރަށެވެ.

އެކަމަކު، ބަޔާންގެ ޗީފް އެގްޒެކްޓިވް، އަދި ކުރީގެ މަޝްހޫރު ގޯލްކީޕަރު، އޮލިވާ ހާން ކުރިން ބުނީ ކުރިއަށް އޮތް ސީޒަންގައި ލެވަންޑޯސްކީ ފެންނާނީ ބަޔާން އިން ކަމަށެވެ.

"ސީޒަނެއްގައި 30 - 40 ލަނޑު ޖަހާ ކުޅުންތެރިއެއް ދޫކޮށްލުމަކީ މޮޔަ ކަމެއް. އޭނާގެ ކޮންޓުރެކްޓް 2023 ގެ ޖޫންގެ ނިޔަލަށް އެބައޮތް. ކޮންޓުރެކްޓް ފުރިހަމަވަންދެން އޭނާ ފެންނާނީ ބަޔާން އިން،" ހާން ބުންޏެވެ.

ބަޔާނުގެ ރައީސް ހާބަޓް ހައިނާ އާއި ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމްދްޒިޗް ވެސް ވަނީ ލެވަންޑޯސްކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓީމު ދޫކޮށްނުދާނެ ކަމަށް ބުނެފަ އެވެ

ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މިދިޔަ ދެ އަހަރު ހޯދި ލެވަންޑޯސްކީގެ ސޮއި ހޯދުމުގެ ރޭހަށް ޗެލްސީން ޝައުގުވެރިވާ ކަމަށް އިނގިރޭސި މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. ލެވަންޑޯސްކީ އަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ހުށަހެޅުމެއް ލިބުނު ނަމަވެސް އޭނާ ވަނީ އެ ޓީމަށް ބަދަލުވުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox