ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގުނީ ފުލުހުންގެ ފެއިލިއާއަކުން ކަމަށް އެއްބަސްވެއްޖެ

ޔޯގާ ހަރަކާތް ހުއްޓުވަން ދަނޑަށް ވަދެގަތުމަށް ފުލުހުން މަސައްކަތް ކުރަނީ --

ޔޯގާ ހަރަކާތް ހުއްޓުވަން ދަނޑަށް ވަދެގަތުމަށް ފުލުހުން މަސައްކަތް ކުރަނީ --

ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގުނީ ފުލުހުންގެ ފެއިލްވުމެއް އެކަމުގައި އޮތުމުން ކަމަށް ބުނެފި އެވެ.

ޔޯގާ ހަރަކާތަށް ހުރަސް އަޅަން ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާ އަދި އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ. ނަމަވެސް, އެ ބޭފުޅުންގެ ސެކިއުރިޓީ ވަނީ ބްރީޗްވެފަ އެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުނު ގޮތާމެދު ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި, ދަނޑަށް ވަދެގަނެ އެ ހަމަނުޖެހުން ހިންގުނީ އެކަމުގައި ފުލުހުންގެ ފެއިލިއާއެއް އޮތުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެކުރިން އެފަދަ އެއްވުންތައް ފުލުހުން މާރަނގަޅަށް ކޮންޓްރޯލް ކޮށްފައިވާ ކަމާއި ނަމަވެސް, ޔޯގާ ދުވަހު ކަން ދިމާވެފައިވަނީ އެކަން ވާން ޖެހޭ ގޮތަށް ނޫން ކަމަށެވެ.

އަލީ ޝުޖާއު ވިދާޅުވި ގޮތުގައި ހަމަނުޖެހުންތައް ހިންގަން ފުރުސަތު ލިބުނީ އެތަނަށް ފޮނުވި ފުލުހުންގެ ފޯސް ކުޑަވެގެން ނޫން ކަމާއި ނަމަވެސް, އެތަނުގައި ހަރަކާތްތެރިވި ފުލުހުންނަށް ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން, ކްރައުޑްގެ ބިހޭވިއާ ދެނެގަތުން ލަސްވިކަން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ފުލުހުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި ގޮތުގައި, މިފަދަ ހަރަކާތެއް އޮންނަނަމަ, ފުލުހުން ވަރަށް ގިނަ މައުލޫމާތު ހޯދާ ކަމަށާއި ނަމަވެސް, ޔޯގާއާ ދެކޮޅަށް ހިންގި ހަރަކާތާ ގުޅޭ ބައެއް މުހިންމު މައުލޫމާތު އެ ލިބެން ޖެހޭ ވަގުތު ހޯދިފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި, ދަނޑަށް ވަދެގަނެ ސެކިއުރިޓީތައް ބްރީޗްވީ ނަމަވެސް, އެތަނުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއްވިޔަ ނުދީ ފުލުހުންނަށް އެކަން ހުއްޓުވުނު ކަމަށެވެ.

އެހެންނަމަވެސް, ފުލުހުންގެ ގޯސްތަކެއް ސަބަބުން ސެކިއުރިޓީ ބްރީޗްވާ ހިސާބަށް ދިޔުމުން, އޭގެ ފަހުން ދެން ފުލުހުން އަމަލުކުރި ގޮތް މުހިންމު ނޫން ކަމަށެވެ. ފުލުހުންނަށް ހެދިފައިވާ ގޯސްތަކުގެ ޒިންމާ ނަގާނެކަން އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ. އެގޮތުން, އެތަނުގައި ހިނގި ހަމަނުޖެހުންތަކުގެ ޒިންމާ, އެ ހަމަނުޖެހުން ހިންގި ފަރާތްތަކެކޭ އެއް ފަދައިން ގޯސްތައް ހެދުނު ފުލުހުން ވެސް އެކަމުގައި ޒިންމާ އުފުލަން ޖެހޭނެކަން އަލީ ޝުޖާއު ފާހަގަކުރެއްވި އެވެ.

އެތަނުގައި ރާއްޖެއަށް ކަނޑައަޅާފައިވާ ހަ ސަފީރަކު ތިއްބެވިއިރު, އެ މައުލޫމާތު ކުރިއާލާ ފުލުހުންނަށް ލިބިފައިނުވާކަން ވެސް ޝުޖާއު ފާހަގަކުރެއްވި އެވެ. ކުރިއަށް އޮތް ތަނުގައި އެފަދަ މައުލޫމާތުތައް ފުލުހުން ހޯދައި ސެކިއުރިޓީ އިންތިޒާމްތައް ހަމަޖައްސަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެކުރިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވިދާޅުވި ގޮތުގައި އެތައް ބައިވަރު ސެކިއުރިޓީ ބްރީޗްތަކެއް ހިނގަން މެދުވެރިވި ގޮތާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެތަނުގައި ފުލުހުން އަމަލުކުރި ގޮތް ބުލުމަށް އެ އޮޕަރޭޝަންގެ ހާއްސަ އިންޓާނަލް ރިވިއުއެއް ހަދަމުންދާކަން ހަމީދު ފާހަގަކުރެއްވި އެވެ.

"..އެ އޮޕަރޭޝަންއާ ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކުން ހަދާ ކޮންމެ އިންކްއަރީއަކަށް ވެސް ފުރިހަމަ އެއްބާރުލުން ފުލުހުންގެ އިދާރާއިން ދޭނެ," ހަމީދު ވިދާޅުވެފައިވެ އެވެ.

އިންކްއަރީއަށް އެއްބާރުލުން ދޭނެ ކަމަށް ހަމީދު ވިދާޅުވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހިނގައިދިޔަ ހަމަނުޖެހުންތައް ބަލައި ފިޔަވަޅު އެޅުމަށް ކެބިނެޓްގެ ސަބް ކޮމިޓީއެއް އެކުލަވާލާފަ އެވެ. އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި, އެ ސަބް ކޮމިޓީއަށް ފުލުހުން އެއްބާރުލުން ދެމުންދާ ކަމާއި އޮޕަރޭޝަންގެ މައުލޫމާތުތައް ހިއްސާކޮށްފައިވެ އެވެ.

ހަމަނުޖެހުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާއިރު, މިހާތަނަށް 21 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ސީރިއަސް ކުށެއްގެ ގޮތުގައި ކަމަށާއި ހަމަނުޖެހުން ހިންގުމުގެ ޒިންމާވާ މީހުން ގާނޫނުގެ ކުރި މައްޗަށް ގެންނަވާނެ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި, ހަމަނުޖެހުން ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލަތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުންނެވެ.

އެ ހަމަނުޖެހުން ހިންގި މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ކަޅު ކުލައިން ލިޔެފައިވާ ހުދު ކުލައިގެ ދިދަތަކެއް ހިފައިގެންނެވެ. ޕީޕީއެމް އޮފީހުގައި އެ ދިދަތައް ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފައިވާއިރު, އެއީ ޕީޕީއެމްއިން އެންމެ ފަހުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބޭނުންކުރި ދިދަތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox