އިލެކްޓްރިކް ކާރު އިންޑަސްޓްރީގައި ހަޔުންޑާއީ އަދި ކިއާ ކުރި ހޯދާނީ

ޓެސްލާގެ ވެރިޔާ އެލޮން މަސްކް. -- ފޮޓޯ: ބްލޫމްބާގް

ޓެސްލާގެ ވެރިޔާ އެލޮން މަސްކް. -- ފޮޓޯ: ބްލޫމްބާގް

ބިލިއަނަރު އެލޮން މަސްކްގެ ޓެސްލާ ކުންފުނިން ޑޮމިނޭޓްކޮށްފައިވާ އިލެކްޓްރިކް ކާރު އުފެއްދުމުގެ އިންޑަސްޓްރީގައި ދެކުނު ކޮރެއާގެ ހަޔުންޑާއީ އަދި ކިއާ ކުންފުނިން ކުރި ހޯދަން ފަށައިފި އެވެ.

މި އަހަރުގެ ކުރީކޮޅު ހަޔުންޑާއީ އަދި ކިއާ މޮޓޯޒްއިން ވަނީ ބެޓެރީގެ ބާރު ދުއްވާ މުޅިން އާ ދެ ކާރު ތައާރަފްކޮށްފަ އެވެ. އެއީ ހަޔުންޑާއީ އަޔޮނިކް 5 އަދި ކިއާ އީވީ6 އެވެ.

މިހާރު މާކެޓުގެ ކުރީގައި އުޅެނީ އެ ދެ ކާރެވެ. ޓެސްލާ ނޫން އެހެން ކުންފުނިތަކުން ނެރުނު ހުރިހާ ބެޓެރި ކާރެއް ފަހަތަށް ޖެއްސުމަަށް ފަހު، އެ ދެ ކާރު ޗާޓުގެ ކުރިއަށް އެރީ މަދު މަސްތަކެއްގެ ތެރޭގަ އެވެ.

Advertisement
އަޔޮނިކް5.
އަޔޮނިކް5.

އަޔޮނިކް5.

މި އަހަރުގެ މޭ މަހުގެ ނިޔަލަށް ހަަޔުންޑާއީ އާއި ކިއާއިން ވަނީ އޭގެ 21،467 ކާރު އެމެރިކާގައި އެކަނިވެސް ވިއްކާފަ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އިލެކްޓްރިކް ކާރު އިންޑަސްޓްރީގައި އެ ދެ ކުންފުނިން ކުރި ހޯދަމުން ދަނީ ހީވެސް ނުކުރާހާ ބާރު ސްޕީޑެއްގަ އެވެ.

"އެއްވެސް ޑީލަރެއްގެ އަތުގައި އެ ދެ ކާރުގެ ސްޓޮކް ހުރި ކަމެއް ވެސް ނޭނގޭ. އެހާ ވެސް ޑިމާންޑް ބޮޑު،" އެޑްމަންޑްސް ކުންފުނީގެ އެނެލިސްޓް ޖޯސެފް ޔޫން ބިޒްނަސް ސްޓޭންޑަޑް ނޫހަށް ވިދާާޅުވި އެވެ.

އަދިވެސް މާކެޓުގައި އެންމެ ގިނަ ކާރު ވިއްކަނީ ޓެސްލާ އެވެ. ނަމަވެސް ހަޔުންޑާއީ އާއި ކިއާއިން ކުރު މުއްދަތެއްގެ ތެރޭގައި ސަޕްލައި ކުރި އަދަދަށް ޓެސްލާއިން ކާރު ސަޕްލައި ކުރަން ގިނަ އަހަރުތަކެއް ނެގި އެވެ.

އެ ދެ ކުންފުނިން ކާރު ނެރުނު އިރު، ގޭހާއި ތެލުގެ އަގު އަދި މޫސުމީ ބަދަލުގެ ކަންބޮޑުވުމާ ހެދި އިލެކްޓްރިކް ކާރަށް އޮތް ޑިމާންޑް ބޮޑެތި ގައުމުތަކުގައި އޮތީ އުފުލެން ފަށާފަ އެވެ.

ނަމަވެސް އެ ގައުމުތަކުގައި ބެޓެރި ކާރުގެ އޮޕްޝަންތައް މަދެވެ. އެގޮތުން އެމެރިކާގެ މާކެޓުގައި ހުރީ އެންމެ 30 ވައްތަރުގެ ކާރެވެ. އޭގެ ތެރެއިން ވެސް ރަނގަޅު ސައިޒުގެ ކާރެއް 45،000 ޑޮލަރަށް ވުރެ ދަށުން ހޯދުމަކީ އުނދަގޫ ކަމެކެވެ.

އީވީ6.
އީވީ6.

އީވީ6.

އަޔޮނިކް 5 އަދި އީވީ6 އަކީ އެމެރިކާގެ ގަރާޖުތަކަށް އެންމެ އެކަށޭނަ ސައިޒުގައި ތައްޔާރު ކުރި ދެ ކާރު ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ދެ ކާރުގެ އަގު ފެށެނީ 40،000 ޑޮލަރުންނެވެ.

"މި ދެ ކާރު މި އައީ ރަނގަޅު އަގުގައި އަަދި ރަނގަޅު ސައިޒުގައި. ބޮޑު ދެ ކުންފުންޏަކުން ކާރު ނެރުމުން ވެސް ކަސްޓަމަރުންނަށް ބޮޑަށް އިތުބާރު ކުރެވޭ،" ޔޫން ވިދާޅުވި އެވެ.

ހަޔުންޑާއީއިން ރާވާފައި ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ އަހަރަކު ވެސް މުޅިން އާ ބެޓެރި ކާރެއް މާކެޓަށް ނެރުމަށެވެ. އަދި އިލެކްޓްރިކް ކާރުގެ ޕްރޮޑަކްޝަން ވަރުގަދަ ކުރަން އެ ކުންފުނިން ވަނީ 16.5 ބިލިއަން ޑޮލަރު ކަނޑައަޅާފަ އެވެ.

އެ ކުންފުނީގެ އަމާޒަކީ 2030 ގެ ކުރިން ދުނިޔޭގެ އިލެކްޓްރިކް ކާރު އިންޑަސްޓްރީގެ 12 ޕަސެންޓު ކޮންޓްރޯލް ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox