މާލޭ މީހުންނަށް ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

"ބިންވެރިޔާ-ގެދޮރުވެރިޔާ"ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

"ބިންވެރިޔާ-ގެދޮރުވެރިޔާ"ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

"ބިންވެރިޔާ-ގެދޮރުވެރިޔާ" ގެ ނަމުގައި ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފްލެޓާއި ގޯތި ދޫކުރަން ނިންމާފައިވާކަން އިއުލާނުކުރެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ. ގޯތި ދޫކުރާނީ ހުޅުމާލެ އާއި ގުޅީފަޅުން ކަމަށް ސަރުކާރުން ބުންޏެވެ.

"މާލޭގެ ރަށްވެހިންނަށް މިއަދު އަޅުގަނޑުމެން މި ހުޅުވާލަނީ 3000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ދޫކުރުމަށް ނިންމާފައިވާ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1200 އަކަފޫޓެވެ. އަދި، ވަކި ފަރުދެއްގެ ގޮތުގައްޔާއި އާއިލާގެ މެންބަރުންތަކެއް އެއްވެގެން ނުވަތަ މުޅި އާއިލާ އެކުގައި ވެސް ބައިވެރިވެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ހަ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސްކީމްގައި ގޯއްޗަށް އެދޭ ފަރާތްތަކަށް ބަލައި އެ ޖާގަ އިތުރުކޮށްދެމުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެގޮތުން، ޖޮއިންޓް އެޕްލިކޭޝަންތަކުގައި އެކަކަށް ވުރެ ގިނަވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ޖާގައެއް އިތުރުކޮށްދޭނެ ކަމަށާއި އެންމެ ބޮޑު ޖާގައަކަށް ދޫކުރާނީ 4000 އަކަފޫޓުގެ ގޯތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ޖާގައިގެ ގޯތި ދޫކުރުމަށް ނިންމާފައިވަނީ ހަތް މީހުންނަށް ގިނަ މީހުންގެ ހުށަހެޅުންތަކަކަށެވެ.

ގޯއްޗަށް އެދެވޭނެ ފަރާތްތައް

  • އެއްވެސް ބިމެއް ނެތް, ވާރުތަވާނެ ބިމެއް ވެސް ނެތް މާލޭގެ ރައްޔިތުން
  • އެއްވެސް ބިމެއް ނެތް, ވާރުތައިން 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ލިބޭ މީހުން
  • އެއްވެސް ބިމެއް ނެތް, ވާރުތައިން 600 - 1000 އަކަފޫޓާ ދެމެދުގެ ބިމެއް ލިބޭ މީހުން
  • މާލޭގައި 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮންނަ، ވާރުތަ ވާނެ ބިމެއް ނެތް މީހުން
  • މާލޭގައި 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮންނަ، ވާރުތައިން އެ ސައިޒުގެ ބިމެއް ލިބޭ މީހުން
  • މާލޭގައި 600 - 1000 އަކަފޫޓާ ދެމެދުގެ ބިމެއް އޮންނަ، ވާރުތައިން އެ ސައިޒުގެ ބިމެއް ލިބޭ މީހުން

ގޯތި ދޫކުރުމުގެ ތަފްސީލީ އުސޫލު މިއަދު އާންމުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި 3000 ގޯތީގެ އިތުރުން، ހުޅުމާލޭގައި އިމާރާތް ކުރެވެމުންދާ ހައުސިން ޔުނިޓުތަކުގެ ތެރެއިން 4000 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ މިއަދު ހުޅުވާލާފަ އެވެ.

މި ފްލެޓުތައް ހާއްސަކޮށްފައިވަނީ މާލޭގެ ރައްޔިތުންނާއި މާލޭގައި 15 އަހަރަށް ވުރެ ގިނަ ދުވަހު އުޅެފައިވާ މީހުންނަށެވެ.

މިގޮތުން، އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނެތް ނަމަ ފްލެޓަށް ކުރިމަތިލެވޭނެ ކަމަށާއި ބިން ދޫކޮށްލުމަކީ ލާޒިމް ކަމެއް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އަތުގައި އޮތް ބިންކޮޅު ދޫކޮށްލާފައި، ފްލެޓަށް ދައްކަން ޖެހޭ އަގުން، އެ ބިންކޮޅަށް ޖެހޭ އަގު އުނިކުރުމުގެ ފުރުސަތު ކުރިމަތިލާ ފަރާތްތަކަށް އެބައޮތް، އަލުގަނޑުމެން ދޫކޮށްލާ ބިމުގެ އަގު ކަނޑައެޅުމުގައި އަކަފޫޓަކަށް ޖެހޭ ރޭޓު ވާނީ ކަނޑައަޅާފައި،" އަސްލަމް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ގޯއްޗާއި ފްލެޓަށް އެދުމަށް "ގެދޮރުވެރިން" ނަމުގައި އޮންލައިން ޕޯޓަލެއް ވަނީ އިފްތިތާހުކޮށްފަ އެވެ. މި ޕޯޓަލް މެދުވެރިކޮށް އަންނަ ސެޕްޓެމްބަރުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ގޯއްޗާއި ފްލެޓަށް އެދެވޭނެ އެވެ.

ހުޅުވާލާފައިވާ 3000 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލޭ ފޭސް ދެއަކުންނާއި ގުޅީފަޅުންނެވެ.

މާލެ ސަރަހައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންދާ އަދި ރާވާފައިވާ މަޝްރޫއުތަކުގެ ތަފްސީލު، ރައީސް ސޯލިހު ދެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގަ އެވެ.

އެގޮތުން، ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް އެ ދުވަހު އިއުލާނުކުރެއްވި އެވެ.

ގިނަ ދުވަސް ތަކަކަށްފަހު މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރިން އިއުލާން ކުރެވި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހި ކަމާއި ގެދޮރުވެރިކަން ހޯދައިދިނުމަށް ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހު ފެށިގެން ދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox