ރޮނާލްޑޯ އަށް ޗެލްސީގެ ހުށަހެޅުމެއް

Jun 26, 2022, 4:08 AM
ރޮނާލްޑޯ އަށް ޗެލްސީގެ ހުށަހެޅުމެއް

ލަންޑަން (ޖޫން 26) - މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޗެލްސީން ހުށަހެޅުމެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރޮނާލްޑޯ، 37، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކްލަބް ބަދަލުނުކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެހެން ނަމަވެސް ރޮނާލްޑޯ، މި ފަހަރުގެ ޓްރާންސް ބާޒާރު ނިމުމުގެ ކުރިން އެހެން ޓީމަކާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ގިނަ މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

އެ ގޮތުން ރޮނާލްޑޯގެ މަންމަ، ޑޮލޯރެސް އަވެއިރޯގެ އެދުމަށް ރޮނާލްޑޯ، އޭނާ އެންމެ ފުރަތަމަ ކުޅުނު ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއާ ގުޅޭނެ ކަމުގެ ވާހަކަތަކެއް ދެެކެވުނުއިރު، ޖަރުމަނުގެ ޗެމްޕިއަން، ބަޔާން މިއުނިކުން ރޮބަޓް ލެވަންޑޯސްކީ ނެތްތަނަށް ރޮނާލްޑޯ ގެންދަން ޝައުގުވެރިވާ ކަމުގެ ރިޕޯޓްތަކެއް ވެސް މީޑިއާ އިން ފެނިފައިވެ އެވެ.

ޗެލްސީގެ އާ ވެރިޔާ، އެމެރިކާގެ މަހުޖަނު، ޓޮޑް ބޯލީ ވަނީ ދާދި ފަހުން ރޮނާލްޑޯގެ އޭޖެންޓް، ޖޯޖް މެންޑޭޒްއާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. މިދިޔަ ހަފްތާގައި ޕޯޗުގަލްގައި ބޭއްވި އެ ބައްދަލުވުމުގައި ބޯލީ ވަނީ ރޮނާލްޑޯ ބޭނުންނަމަ ޗެލްސީއާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.

އެކަމަކު، ރަސްމީ ސިފައެއްގައި އަދި ޗެލްސީން ރޮނާލްޑޯ ގެންދަން މަސައްކަތް ފަށާފައިނުވެ އެވެ.

ޖަރުމަނުގެ މީޑިއާތަކުން ދާދި ފަހުން ރޮނާލްޑޯ އާއި ބަޔާނާ ގުޅުވައިގެން ވާހަކަތަކެއް ރިޕޯޓްކުރިއިރު، ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމްދިޒިޗް ވަނީ އެއީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ބުނެފަ އެވެ. އޭނާ ބުނީ ރޮނާލްޑޯ އަށް ބަޔާނުން ޝައުގުވެރިނުވާ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ރޮނާލްޑޯ، ޔުވެންޓަސް އަށް ކުޅެމުން ދަނިކޮށް ވެސް އޭނާ ބަޔާނަށް އަންނަން އުޅޭ ވާހަކަ މީޑިއާގައި ދެކެވުނެވެ. ބަޔާންގެ ރައީސް، ހާބާޓް ހައިނާ، އޭރު އިންޓަވިއުއެއްގެ ތެރެެއިން ވިދާޅުވީ ރޮނާލްޑޯ ހުރި ބަޔާނަށް ކުޅޭ އުމުރަށް ވުރެ ދުވަސްވެފައި ކަމަށް ބުނެފަ އެވެ.

ރޮނާލްޑޯގެ ސޮއި ހޯދަން ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ރޯމާ އިން މަސައްކަތް ކުރި ނަމަވެސް އެ ޓީމުގެ ހުށަހެޅުން ރޮނާލްޑޯ ގަބޫލުނުކުރާނެ ކަމަށް އިޓަލީގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ ރޮނާލްޑޯ މިހާރު ކުޅެމުން އަންނަ ޔުނައިޓެޑެކޭ އެއްގޮތަށް އަންނަ ސީޒަނުގައި ރޯމާ ވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައި ނުވާތީ އެވެ.

ތޭރަ އަހަރަށް ފަހު، ރޮނާލްޑޯ، މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޔުނައިޓެޑުން ރޮނާލްޑޯ ގަންނަން، ޔުވެންޓަސް އަށް ފުރަތަމަ ދެއްކީ 17 މިލިއަން ޑޮލަރެވެ. އަދި ފަހުން ޔުވެންޓަސް އަށް އިތުރު ނުވަ މިލިއަން ޑޮލަރު ދޭން ވަނީ ކޮންޓްރެކްޓްގައި އެއްބަސްވެފަ އެވެ. މިދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ ކުޅުނު 39 މެޗުން 24 ގޯލު ޖަަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox