އިސްލާމް ވާނީ ކާފަރުން ނޫންތޯ އެވެ؟

އިސްލާމް ވާނީ ކާފަރުން ނޫންތޯ އެވެ؟

"ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، ބިމުގައި ވާހާ އެންމެން އީމާންވެއްޖައީހެވެ. ފަހެ، ކަލޭގެފާނު މީސްތަކުންނަށް އެއުރެން މުއުމިނުން ކަމުގައިވުމަށް މަޖުބޫރުކުރައްވަނީތޯ އެވެ؟ އަދި ﷲ ގެ އިޒުނަފުޅަށް މެނުވީ އީމާންވުމެއް އެއްވެސް ނަފުސަކަށް ނެތެވެ. އަދި ނުވިސްނާ މީހުންނަށް، އެކަލާނގެ އަޒާބުދެއްވާނެ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ! އަދި އީމާންނުވާ ބަޔަކަށް އާޔަތްތަކުންނާއި، އިންޒާރުކުރައްވާ ރަސޫލުންގެ ކިބަޔަކުން ކަމެއް ފުއްދައެއް ނުދެވޭނެ އެވެ. ފަހެ، އެމީހުންގެ ކުރިން އިސްވެދިޔަ އުންމަތްތަކަށް ޖެހުނުފަދަ ކަންތައްތަކެއް ޖެހުމަށްމެނުވީ، އެއުރެން އިންތިޒާރުކުރޭ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން އިންތިޒާރުކުރާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް، ތިޔަބައިމީހުންނާއެކު އިންތިޒާރުކުރާ މީހުންގެ ތެރެއިންވަމެވެ. ދެން ތިމަންރަސްކަލާނގެ ރަސޫލުންނާއި، އީމާންވި މީހުން ސަލާމަތް ކުރައްވަމެވެ. ހަމައެފަދައިން، މުއުމިނުން ދިންނަވައި ސަލާމަތް ކުރެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތް ހައްގެކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ދީނާމެދު ޝައްކެއްގައި ވާނަމަވެސް، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވާހުށީމެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނު އަޅުކަންކުރާނީ ﷲ އަށެވެ. އެކަލާނގެއީ، ތިޔަބައިމީހުން މަރުގަންނަވާ ރަސްކަލާނގެ އެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައިވަނީ، މުއުމިނުންގެ ތެރެއިން ވުމަށެވެ. އަދި ބާތިލުމަގުން އެއްކިބާވެ، ހައްގުގެ މަގަށް ތަބާވެގެންވާ ހާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމްދީނާ ކުރިމަތިކުރައްވާށެވެ! އަދި ކަލޭގެފާނު މުޝްރިކުންގެ ތެރެއިން ވެވަޑައި ނުގަންނަވާހުށިކަމެވެ."

މިއީ ޔޫނުސް ސޫރަތުގެ 99 ވަނަ އާޔަތުން 105 ވަނަ އާޔަތުގެ ނިޔަލަށްހުރި އާޔަތްތަކުގެ ތަރުޖަމާ އެވެ. މިއާޔަތްތަކަށް ވިސްނާފިކުރުކުރާއިރު، އީމާންކަމާއި އިސްލާމްކަމުގެ ދައުވަތަކީ މަޖުބޫރުކުރުމުގެ އަމަލުތަކެއްގެ މައްޗަށް ބިނާކޮށްގެންވާނެ ކަންތައްތަކެއް ނޫންކަން އެނގެ އެވެ. އާދޭހެވެ! މާތް ނަބިއްޔާގެ ދައުވަތަކީ އިސްލާމީ ރިސާލަތު ފެތުރުއްވުމުގެ ދައުވަތެކެވެ. އިސްލާމްނުވާ ކާފަރުންނަށް އުގޫބާތްދީ އަޒާބުދެއްވުމުގެ މަސައްކަތެއް ނޫނެވެ. އަޅުންނަށް އޮތީ އަބަދުވެސް މަސައްކަތްކުރުމެވެ. ހިދާޔަތަކީ މާތް ﷲ ދެއްވާ އެއްޗެކެވެ. އަދި އަޒާބުދެއްވުމުގެ ހައްގަކީ އެކަލާނގެއަށް އޮތްކަމެކެވެ.

މަތީގައިވާ އާޔަތްތަކަށް ވިސްނާއިރު، މާތް ނަބިއްޔާގެ ރިސާލަތު ބައްޓަންކުރަންވީ އުސޫލުތައް އެވަނީ ބަޔާންވެފަ އެވެ. އީމާންކަމުގެ ރިސާލަތަށް ފުރަގަސްދޭ މީހުންނަށް ވިސްނާފިކުރުކުރުމުގެ ދައުވަތުދިނުމަށް އެވަނީ އިރުޝާދުދެއްވާފަ އެވެ. އަދި އެމީހުންނާ ވާހަކަދައްކަންވީ މަގުތައް އެވަނީ ބަޔާންކޮށްދެއްވާފަ އެވެ.

ކާފަރުންނާ އޮންނަ ގުޅުން ބައްޓަންކުރެވިފައި އޮންނަންވާނީ ރުޅިވެރިކަމާއި ދެކޮޅުވެރިކަމާއި ގަދަބަދަވިކަމުގެ މައްޗަށްކަމަށް ބައެއް މީހުން ހީކުރެއެވެ. އެކަމަކު މުމްތަޙިނާ ސޫރަތުގެ 8 ވަނަ އާޔަތުގެ މާނައިގައިވަނީ، "ތިޔަބައިމީހުންގެ ދީނާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް އަދުލުވެރިގޮތުގައި ކަންތައް ކުރުން ﷲ ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަ އެވެ. ހަމަކަށަވަރުން، އަދުލުވެރިންދެކެ ﷲ ލޯބިވެވޮޑިގެން ވެ އެވެ."

އަލްމާއިދާ ސޫރަތުގެ 8 ވަނަ އާޔަތުގައި އަންގަވަނީ، "...އަދި ބަޔަކު މީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން އަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! .."

ހިޖުރައިގެ ރޭގާ މާތް ނަބިއްޔާއާއި އަބޫބަކުރުގެފާނަށް މަގުދެއްކެވުމަށް ކުއްޔަށްހިއްޕެވީ ޣައިރު މުސްލިމުންގެ ތެރެއިން މަގުތަކުގެ އިލްމުހުރި މާހިރެކެވެ. މާތް ނަބިއްޔާ އަވަހާރަވީއިރު އެކަލޭގެފާނުގެ އައްޑަނަކޮޅު އޮތީ، ޔަހޫދީއެއްގެ އަތުގައި ވިޔަފާރީގެ މުއާމަލާތަކާ ގުޅިގެން ރަހުނުކުރެވިފަ އެވެ. މާތް ނަބިއްޔާއަށް ހިދުމަތްކޮށްދިނުމުގައި އުޅުނު ޔަހޫދީ ޒުވާނަކު ބަލިވުމުން އިތުރު އެކަލޭގެފާނު އޭނާއަށް ޒިޔާރަތްކުރެއްވި އެވެ. އަދި އޭނާގެ ބޯލާކޮޅުގައި އިށީންނަވައި އިސްލާމްވުމަށް ދައުވަތުދެއްވި އެވެ. އޭނާ އިސްލާމްވި އެވެ. މާތް ނަބިއްޔާ އެގެއިން ނުކުންނެވީ އެކަމަށް ހަމްދުކުރައްވަމުންނެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވަނީ މުސްލިމުންނާއެކު އަހުދެއްގައިވާ ޣައިރު މުސްލިމު މީހާއަށް އަނިޔާވެރިވެއްޖެ ނަމަ ނުވަތަ އޭނާގެ ހައްގުން އުނިކޮށްފިނަމަ، ނުވަތަ އޭނާއަށް ކުޅަދާނަ ނުވާނެ ތަކުލީފެއް ޖައްސައިފިނަމަ، ނުވަތަ އޭނާގެ ރުހުމާ ނުލައި އޭނާގެ އަތުން އެއްޗެއް އަތުލައިފިނަމަ، ގިޔާމަތްދުވަހުގައި، އެމީހަކާ ދެކޮޅަށް ހުއްޖަތް ގާއިމުކުރާ މީހެއްކަމުގައިވާނީ ސީދާ ތިމަންކަލޭގެފާނެވެ. މިހަދީސާމެދު ވިސްނާފިކުރުކުރާންޖެހެ އެވެ. މިއީ އާދައިގެ ވާހަކައެއް ނޫނެވެ.

ކާފަރުން، ކާފަރުންގެ ގޮތުގައި ދެމިތިބޭ ސަބަބުތަކެއް ހުރެދާނެ އެވެ. އެފަދަ ގިނަ ފަހަރުތަކަކީ، އޭގައި އަހަރެމެންގެ ޒިންމާއަދާކުރެވެނީ އެންމެ ރަނގަޅުގޮތުގައިތޯ ވިސްނާފިކުރު ހިންގާންޖެހޭ ކަމެކެވެ. މާތް ނަބިއްޔާ ރަސޫލުކަމައިގެން ފޮނުއްވުނުއިރު، އިސްލާމީ ހިދާޔަތުގެ މަތީގައި ދެމިތިބި ބަޔަކު ނެތެވެ. ޙަނީފީ ދީން މަތީގައި ސާބިތުވެ ތިބި މަދު ބަޔަކު ނެތް ވާހަކައެއް ނޫނެވެ. ދީނަށް ގޮވާލައްވަން ފެއްޓެވުމުން އިސްލާމްވެ މިދީނަށް ނަޞްރުދިނީ އޭގެ ކުރިން ކާފަރުންގެ ގޮތުގައިތިބި މީހުންނެވެ. ކާފަރުންގެ ތެރެއިން އިސްލާމްވި ވަރަށް ގިނަ މީހުންނަކީ މާތް ނަބިއްޔާގެ އެންމެ ގާތް ޞަޙާބީންގެ ގޮތުގައި ވެވަޑައިގަތެވެ. މިއުންމަތުގެ ދެވަނަ ހަލީފާ ޢުމަރުގެފާނަކީ، އިސްލާމްވުމުގެ ކުރީގައި ޖާހިލިއްޔަކަމުގައި އަދި މާގަދަކަން ދެއްކެވި ބޭކަލެކެވެ. ނަމަވެސް މާތް ނަބިއްޔާ އިހުތިޔާރުކުރެއްވި ތަން ފެނުނީ އެކަލޭގެފާނު އިސްލާމްވޭތޯ ދުއާކުރެއްވުމުގެ މަގެވެ.

މާތް ﷲ ގަންދެއްވައި ނަބިއްޔާ ހަދީސްކުރައްވާފައިވަނީ، އެންމެ މީހަކު ތިބާޔާހުރެ އިސްލާމްވުން، ރަތްޖަމަލަކަށްވުރެ ހެޔޮކަންބޮޑުކަމަށެވެ. ރަތް ޖަމަލަކީ ޖަމަލުގެ ތެރެއިން އެންމެ އަގުބޮޑު އެއްޗެވެ. އެއީ އެންމެ އަރާހުރި މުދަލުގެ ތެރެއިން އެޒަމާނުގައި ހިމެނުނު އެއްޗެކެވެ. ހަދީސްފުޅުން މުރާދުވެވެނީ، އެފަދަ އަގުބޮޑު މުދާ ﷲ ގެ މަގުގައި ހޭދަކުރުމަށްވުރެ ތިމާގެ އަތްމައްޗަށް މީހަކު އިސްލާމްވެދިއުމުގެ ސަވާބު ބޮޑުކަމުގެ ވާހަކައެވެ. އާދޭހެވެ. ތިމާގެ އަތްމައްޗަށް އެހެން މީހަކު އިސްލާމްވުމެވެ. ތިމާގެ އަތްމައްޗަށް އެހެން މީހަކު މަރުވެދިއުމެއް ނޫނެވެ. ތިމާގެ އަތުން އެހެން މީހަކަށް އަނިޔާއެއް ބިރުވެރިކަމެއް ލިބުމެއް ނޫނެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox