ޔޫކްރެއިންގައި ހަނގުރާމަ ކުރަނިކޮށް އެމެރިކާގެ ދެ ވަނަ ރައްޔިތަކު މަރުވެއްޖެ

ޔޫކްރެއިންގެ ދިފާއުގައި ހަނގުރާމަ ކުރާ ފައުޖުގެ ބައެއް މެމްބަރުން. -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިންގެ ދިފާއުގައި ހަނގުރާމަ ކުރާ ފައުޖުގެ ބައެއް މެމްބަރުން. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (ޖޫން 21) - ޔޫކްރެއިންގައި ހަނގުރާމަ ކުރަމުން ދަނިކޮށް އެމެރިކާގެ ދެ ވަނަ ރައްޔިތަކު މަރުވެފައިވާ ކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.

ހަނގުރާމައިގައި އެމެރިކާގެ ދެ ރައްޔިތުން މަރުވެފައިވާ އިރު، ރަޝިއާގެ ސިފައިން ވަނީ އެމެރިކާގެ އިތުރު ދެ މީހުން ޔޫކްރެއިނުން ހައްޔަރުކޮށްފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ހަނގުރާމައިގައި މަރުވި އުމުރުން 52 އަހަރުގެ ސްޓިފަން ޒަބިއެލްސްކީގެ އާއިލާއަށް ކޮންޒިއުލާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

"ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމަ އާއި ޔޫކްރެއިންގައި އެމެރިކާ ރައްޔިތުންނަށް އަމާޒުކޮށް ރަޝިއާއިން ކަންކަން ހިންގާނެތީ ޔޫކްރެއިނަށް ދަތުރު ނުކުރުމަށް އަޅުގަނޑުމެން ތަކުރާރުކޮށް އިލްތިމާސް ކުރަން،" ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

މި ވަގުތު ޔޫކްރެއިންގައި ތިބި އެމެރިކާ ރައްޔިތުން "ވަގުތުން އެ ގައުމު ދޫކޮށް ދިޔުމަށް" ވެސް ތަރުޖަމާނު ގޮވާލެއްވި އެވެ.

ޒަބިއެލްސްކީއަކީ ޔޫކްރެއިން ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވަމުން ދަނިކޮށް މަރުވި އެމެރިކާގެ ދެ ވަނަ މީހާ އެވެ. އެންމެ ފުރަތަމަ މަރުވީ އުމުރުން 22 އަހަރުގެ ވިލީ ޖޯސެފް ކެންސަލް އެވެ.

ޔޫކްރެއިނަށް އެހީވުމަށް ވޮލަންޓިއަރުންގެ ގޮތުގައި އުޅެމުން ދިޔަ އެމެރިކާގެ ދެ މީހަކު މި މަހުގެ ކުރީކޮޅު ރަޝިއާއިން ހައްޔަރު ކުރުމުން އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެލެގްޒެންޑާ ޑްރުއެކޭ އަދި އެންޑީ ހިޔުން ފެންނަ ވީޑިއޯތައް ރަޝިއާގެ ދައުލަތުގެ މީޑިއާއިން އާއްމު ކުރި ނަމަވެސް އެ މީހުން ބަންދުކޮށްފައި ތިބި ތަނެއް ހާމަކޮށްފައެއް ނުވެ އެވެ.

ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް އެންބީސީ ނިއުސްއަށް ވިދާޅުވީ "އެ ދެ މީހުންގެ ކުށްތަކަށް އަދަބު ދޭން ޖެހޭނެ" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުން މަނާކޮށްފި

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުމާއި ބެޓްކުރުން މަނާކުރުމަށް އެ ގައުމުގެ ރައީސް ލޫލާ ދަ ސިލްވާ ވަގުތީ އަމުރެއް ނެރުއްވައިފިއެވެ. މި ފިޔަވަޅު އެޅުއްވީ ޖުވާގެ ސަބަބުން އާއިލާތަކުގެ އާމްދަނީއަށް ގެއްލުންވެ، އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާތީ ގައުމު ސަލާމަތްކުރުމުގެ މަގުސަދުގައެވެ. އިންތިޚާބާ ގާތްވެފައިވަނިކޮށް ނިންމެވި މި ނިންމެވުން ދާއިމީ ކުރުމަށް ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭނެއެވެ.

ޓްރަމްޕްގެ އެއާ ފޯސް ވަންގައި ސީއެންއެން ދަތުރުކުރުން މަނާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެނެސީއަށް ކުރައްވާ ދަތުރުފުޅުގައި، ރަސްމީ މަތިންދާބޯޓު "އެއާ ފޯސް ވަން" ގައި ސީއެންއެން ދަތުރުކުރުން ވައިޓް ހައުސްއިން މަނާކޮށްފިއެވެ. މިއީ ޓްރަމްޕްގެ ސަރުކާރާއި މީޑިއާތަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށްވާއިރު، މީގެ ކުރިންވެސް ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން ވަނީ މަނާކޮށްފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ މީޑިއާ އިދާރާތަކުން މި ނިންމުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ހޯރްމޫޒް ހުޅުވާލުމަށް އީރާނުން އެމެރިކާއަށް ހުށަހެޅުމެއް

ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި ވަކި ޝަރުތުތަކަކާއެކު އީރާނުން އެމެރިކާއަށް ހުށަހެޅުމެއް ފޮނުވާފައިވާއިރު، މިކަމުގައި ގޮތެއް ނިންމުމުގެ އިޚުތިޔާރު މިހާރު އޮތީ އެމެރިކާއަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕް ވަނީ އީރާނުގެ މި ހުށަހެޅުން ބޭރުކޮށްލައްވައި، އެ ގައުމަށް އަސްކަރީ ހަމަލާތަކެއް ދިނުމުގެ އިޝާރާތެއް ކުރައްވާފައެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ބެންކޮކްގައި ފެންބޮޑުވުމުން ކުއްލި ނުރައްކާ އިއުލާންކޮށްފި

ބެންކޮކަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި ވިއްސާރައިގައި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވާރޭވެހި ކޯރުތައް ބަންޑުންވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އިތިއޯޕިއާ-ޖިބޫޓީ ތެޔޮ ހޮޅިއަށް 660 މިލިއަން ޑޮލަރު ދެނީ

ނައިޖީރިއާގެ މަހުޖަނު އަލީކޯ ޑަންގޯޓޭގެ 660 މިލިއަން ޑޮލަރުގެ ފަންޑާއެކު، ޖިބޫޓީ އާއި އިތިއޯޕިއާ ދެމެދު 120 ކިލޯމީޓަރުގެ ތެޔޮ ހޮޅިއެއް އެޅުމުގެ މަޝްރޫއެއް ވަނީ ފަށާފައެވެ. ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިމޭނެ މި މަޝްރޫއުގެ ސަބަބުން، އިތިއޯޕިއާއަށް ތެޔޮ އުފުލުމަށް ހޭދަވާ ވަގުތު ފަސް ދުވަހުން އެއް ދުވަހަށް ކުޑަވެ، އެ ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ވަރުގަދަވެގެންދާނެއެވެ.

މަޖުބޫރު އަސްކަރީ ހިދުމަތާ ދެކޮޅަށް ޖަރުމަނުގައި މުޒާހަރާ ކުރަނީ

ޖަރުމަނުވިލާތުގައި އަސްކަރީ ހިދުމަތް އަލުން މަޖުބޫރުކޮށްފާނެތީ، އެކަމާ ދެކޮޅަށް އެ ގައުމުގެ ކިޔަވާ ކުދިން ކްލާސްތަކަށް ނުގޮސް މުޒާހަރާކުރަން ފަށައިފި އެވެ. މި މުޒާހަރާތަކުގެ ބައިވެރިން ގޮވާލަމުންދަނީ ސަރުކާރުން ގެންގުޅޭ އަސްކަރިއްޔާ ވަރުގަދަކުރުމުގެ ސިޔާސަތުގެ ދަށުން ޒުވާނުން ހަނގުރާމައަށް ފޮނުވުމުގެ ވިސްނުން ދޫކޮށްލުމަށެވެ.

Newsletter

Get the latest news delivered straight to your inbox