ލޯނަކަށް އަލްވަރޭޒް ދޫކޮށްލުމުގެ ވިސްނުމެއް މެންޗެސްޓާ ސިޓީގެ ނެތް

Jun 21, 2022, 2:59 AM
ރިވަ ޕްލޭޓްގެ މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު އަލްވަރޭޒް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ރިވަ ޕްލޭޓްގެ މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު އަލްވަރޭޒް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ޖޫން 21) - މެންޗެސްޓާ ސިޓީން އެ ޓީމަށް ގެންނަން އެއްބަސްވެފައިވާ އާޖެންޓީނާގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް ލޯން އެއްބަސްވުމެއްގައި އެހެން ކްލަބަކަށް ދޫކޮށްލަން ބޭނުންނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެެވެ.

މިދިޔަ ޖެނުއަރީ މަހު ސިޓީން އަލްވަރޭޒް ގަތުމުގެ ޑީލް ވަނީ ނިންމައިފަ އެވެ. ސިޓީން ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި އަލްވަރޭޒްގެ ސޮއި ހޯދުމަށް ފަހު، ނިންމީ ސީޒަނުގެ ނިޔަލަށް ރިވަ ޕްލޭޓްގައި އޭނާ ބެހެއްޓުމަށެވެ. އަލްވަރޭޒް ގަންނަން ސިޓީން ޖުމްލަ އެކު 22 މިލިއަން ޑޮލަރު ދައްކާނެ އެވެ.

އަލްވަރޭޒް، 22، ރިވަ ޕްލޭޓްގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާ އަށް އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓިމުން ވެސް ވަނީ ފުރުސަތު ލިބިފަ އެވެ. ރިވަ ޕްލޭޓް އެންމެ ފަހުން ކުުޅުނު މެޗުގައި ޔޫނިއަން ސަންޓާ އަތުން 5-1 އިން މޮޅުވިއިރު، އަލްވަރޭޒް ވަނީ ދެ ގޯލު ޖަހައި، ދެ ގޯލު ޖަަހަން ފުުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އެކުއެޑޯއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗެއްގެ ތެރެއިން އަލްވަރޭޒް ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ޔޫރަޕްގެ ކްލަބަކަށް އަލްވަރޭޒް ކުޅެފައިނުވާތީ، ސިޓީން އަންނަ ސީޒަނުގައި އޭނާ ލޯން އުސޫލުން ޔޫރަޕްގެ އެހެން ލީގެއްގެ ކްލަބަކަށް ދޫކޮށްލާނެ ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ. ސްޕެއިނާއި ފްރާންސް އަދި އިޓަލީގެ ޓީމުތައް ހިމެނޭ ގޮތަށް ޖުމްލަ ހަތް ކްލަަބަކުން އެއް ސީޒަނުގެ ލޯން ޑީލެއްގައި އަލްވަރޭޒް ގެންދަން ޝައުގުވެރިވެ އެވެ.

އެކަމަކު، ސިޓީގެ ބޯޑުން ނިންމާފައިވަނީ އަލްވަރޭޒް ލޯން އުސޫލުން ދޫކޮށްނުލައި، އަންނަ ސީޒަނުގައި އާލިން ބްރައުޓް ހާލަންޑާ އެކު ސިޓީގެ ފޯވާޑް ލައިން ބަލަހައްޓަން މަޑުކުރުވުމަށެވެ.

ސިޓީން އަލްވަރޭޒް ބަހައްޓާނެ ކަމަށް އެންމެ ބޮޑަށް ބާރު ލިބޭ ސަބަބަކީ އެ ޓީމަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސޫސްގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާތީ އެވެ. ޖީސޫސް ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލާއި ޓޮޓެންހަމް ހޮޓްސްޕާސް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އާޖެންޓީނާ ސީނިއާ ޓީމަށް ނުވަ މެޗު ކުޅެ އެއް ގޯލު ޖަހާފައިވާ އަލްވަރޭޒް ވަނީ މި ސީޒަނުގައި ރިވަ ޕްލޭޓަށް އޭނާ ކުޅެދިން 20 މެޗުން 16 ގޯލު ޖަހައި ހަ ގޯލު ޖަހަން ފުރުސަތު ތަަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox