ކޮމަންވެލްތު ގޭމްސް: ގައުމީ ބެޑްމިންޓަން ޓީމު ކްލަބް ކުޅުންތެރިންނާ އެކު

Jun 20, 2022, 10:08 AM
ކޮމަންވެލްތު ގޭމްސް: ގައުމީ ބެޑްމިންޓަން ޓީމު ކްލަބް ކުޅުންތެރިންނާ އެކު

އަންނަ މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތް ގޭމްސް ގައި ވާދަކުރަން ކްލަބްތަކުގެ ކުޅުންތެރިން ހިމެނޭ ގޮތަށް ގައުމީ ބެޑްމިންޓަން ސްކޮޑު އެކުލަވާލައިފި އެވެ.

އަންނަ މަހު 28 އިން އޮގަސްޓް އަށް ވަނަ ދުވަހުގެ ނިޔަަލަށް ބާމިންހަމްގައި ކުރިއަށްދާ ގޭމްސް އަށް ނެގި ބެޑްމިންޓަން ސްކޮޑުގައި ހިމެނެނީ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ، މުހައްމަދު އަޖުފާން ރަޝީދު، ނިބާލް އަހުމަދު، އައިމިނަތު ނަބީހާ އަބްދުލް ރައްޒާގު އަދި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގު އެވެ. މީގެ އިތުރުން ރިވައިވަލް ސްޕޯޓްސް ކްލަބް ތެރެއިން ގައުމީ ސްކޮޑަށް އައި ކުޅުންތެރިންނަކީ މުހައްމަދު ޒަޔާން ޝަހީދު ޒަކީ އަދި ރިޝްވާން ޝިޔާމް އެވެ.

މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމުގައިވަނީ މަޑަގަސްކަރާގައި އަންނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ކްލަބްތަކާ ގުޅިގެން ގައުމީ ބެޑްމިންޓަން ޓީމެއް އެކުލަވާލުމުގެ މަޝްވަރާތަކެއް ބާއްވައިފަ އެވެ. އެ މަސައްކަތުގެ ފެށުމެއްގެ ގޮތުން ކޮމަންވެލްތު ގޭމްސް އަށް ވެސް މި ވަނީ ކްލަބްތަކާ ގުޅިގެން ސްކޮޑެއް އެކުލަވާލައިފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނާ އެކު ޖެނުއަރީ މަހުގެ ބައްދަލުވުމުގައި ބައިވެރިވި ކްލަބްތަކުގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)، ސީއެސް ސްޕޯޓްސްގެ އިތުރުން ރިވައިވަލް ސްޕޯޓްސް ކްލަބް ހިމެނެ އެެވެ. މި ކޮމަންވެލްތު ސްކޮޑުން ފުރުސަތު ހޯދި ރިވައިވަލްގެ ޒަޔާން އާއި ރިޝްވާން ވަނީ މީގެ ކުރިން ގައުމީ ޓީމު ތަމްސީލްކޮށްފަ އެވެ. ޒަޔާން ސީނިއާ ލެވަލްގައި ގިނަ މުބާރާތްތަކެއްގައި ގައުމީ ޓީމަށް ކުޅުނުއިރު، އޭގެ ތެރޭގައި ބައިނަލްއަގުވާމީ ގޭމްސް ވެސް ހިމެނެ އެވެ. ރިޝްވާން ވަނީ ޖޫނިއާ ލެވަލްގައި ގައުމީ ޓީމަށް ކުޅެފަ އެވެ. އެކަމަކު، މިއީ ސީނިއާ ލެވަލްގައި އޭނާގެ ފުރަތަމަ މުބާރާތެވެ.

އަޖުފާނަކީ މި ސްކޮޑުގައި ހިމެނޭ ގައުމީ ޓީމުގެ އެންމެ ތަޖުރިބާ ބޮޑު ކުޅުންތެރިޔާ އެވެ. މީގެ އިތުރުން ދެން ހިމެނޭ ނިބާލް އަކީ އޮލިމްޕިކްސް 2024 ސްކޮލަޝިޕް ލިބުނު ބެޑްމިންޓަން ކުޅުންތެރިޔާ އެެވެ. ސްކޮޑުގައި ހިމެނޭ އަންހެން ދެ ކުޅުންތެރިން ކަމަށްވާ ނަބާހާ އާއި ނަބީހާ އަކީ ރާއްޖޭގެ ބެޑްމިންޓަނުގައި ރަން އަކުރުން ފަވާލެވޭވަރުގެ ރަނގަޅު ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ހޯދާފައިވާ ދެ ކުޅުންތެރިންނެވެ.

ބެޑްމިންޓަނުގެ އިތުރުން ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ދެން ވާދަކުރަނީ ޓީޓީ އަންހެން ޓީމާއި ޓީޓީ ކުޅުންތެރިޔާ، މޫސާ މުންސިފް، ބީޗްވޮލީބޯޅަ، އެތުލެޓިކްސް އަދި ސްވިމިން އެވެ.

ކޮމަންވެލްތް ގޭމްސްގައި ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނެވެ. ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިކުރިކަން އެންގީ މިދިޔަ އަހަރު އޮގަސްޓް މަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox