ޗެލްސީގެ ހުށަހެޅުމަށް ނޫނެކޭ ބުނެ ކުކުރޭލާގެ ބޭނުމީ މެންޗެސްޓާ ސިޓީ އަށް ދާން

Jun 20, 2022, 6:38 AM
ބްރައިޓަން އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޕެއިންގެ ފުލްބެކް ކުކުރޭލާ: އަންނަ ސީޒަނުގައި ސިޓީން ފެނުމުގެ ފުރުސަތު އެބައޮތް.

ބްރައިޓަން އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޕެއިންގެ ފުލްބެކް ކުކުރޭލާ: އަންނަ ސީޒަނުގައި ސިޓީން ފެނުމުގެ ފުރުސަތު އެބައޮތް.

މެންޗެސްޓާ (ޖޫން 20) - ބްރައިޓަން އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޕެއިނުގެ ފުލްބެކް، މާކް ކުކުރޭލާ އަށް ޗެލްސީ ލިބިފައި އޮތް ހުށަހެޅުން ދޫކޮށްލައި އޭނާ ބޭނުންވަނީ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ބަދަލުވާން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާގެ މަޝްހޫރު ލަ މާސިއާ އެކެޑަމީން ޑިވެލޮޕްވި ކުކުރޭލާ، ބާސެލޯނާ ދޫކޮށްލުމަށް ފަހު 2020-2021 ވަނަ ސީޒަނުގައި ކުޅުނީ ސްޕެއިނުގެ ގެޓަފޭ އަށެވެ. އެ ޓީމުން ފާހަގަވެގެން މިދިޔަ އަހަރުގެ އޮގަސްޓް މަހު ބްރައިޓަން އިން ވަނީ 22 މިލިއަން ޑޮލަރު ދީފައި، ފަސް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ކުކުރޭލާގެ ސޮއި ހޯދައިފަ އެވެ.

ބްރައިޓަންގައި މިދިޔަ ސީޒަނުގައި ކުކުރޭލާ، 23، ދެއްކި މޮޅު ކުޅުމުގެ ސްޕެއިން ގައުމީ ޓީމުން ވެސް ފުރުސަތު ލިބެން ފެށި އެވެ.

ކުކުރޭލާގެ ކުރިއެރުން ފާހަގަވެ، އޭނާ ހޯދަން ޗެލްސީ އާއި ސިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ދެ ޓީމުން ވެސް އޮތީ ކުކުރޭލާ ގަންނަން، 50 މިލިއަން ޑޮލަރު ހަރަދުކުރަން ތައްޔާރަށް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ބްރައިޓަންގެ ކުކުރޭލާ ބޯޅަ ފޮނުވާލަނީ.

އެކަމަކު، ކުކުރޭލާގެ ވިސްނުމަކީ ޕެޕް ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ކުޅެން ލިބިފައި އޮތް ފުރުސަތުގެ ބޭނުންހިފަން ސިޓީ އަށް ބަދަލުވުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ސިޓީން އާ ފުލްބެކެއް ހޯދަން މަސައްކަތް ފަށާފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ޔޫކްރެއިންގެ އޮލެކްސަންޑަ ޒިންޗެންކޯގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާތީ އެވެ. ސިޓީން ކުކުރޭލާ އަށް ބިޑްކުރަން ފަންޑް ހޯދާނީ ޒިންޗެންކޯގެ ޑީލް ނިންމުމަށް ފަހު ކަމަށް، ރިޕޯޓްތައް ބުނެ އެވެ. ޒިންޗެންކޯ ގަންނަން ޕްރިމިއާ ލީގާއި އިޓަލީގެ ކްލަބްތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ޗެލްސީން ކުކުރޭލާ ގެންނަން ބޭނުންވަނީ މާކޯސް އަލޮންސޯގެ މަގާމަށެވެ. ޗެލްސީ ދޫކޮށް ސްޕެއިންގެ ކްލަބަކާ ގުޅެން އަލޮންސޯ އަންނަނީ ތައްޔާރު ވަމުންނެވެ. އަލޮންސޯގެ ސޮއި ހޯދަން ބާސެލޯނާ އާއި ސެވިއްޔާ އިން މަސައްކަތް ކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޗެލްސީން ސެވިއްޔާ އަށް ކުޅޭ ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ގަންނަން ކުރާ މަސައްކަތުގައި އަލޮންސޯ އެ ޑީލްގެ ތެރެއިން ދޫކޮށްލުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox