ފްރާންސްގެ ނެޝަނަލް އެސެމްބްލީގެ ފުރިހަމަ ކޮންޓްރޯލް އެ ގައުމުގެ ރައީސް އެމާނުއެލް މެކްރޯނަށް ގެއްލިއްޖެ އެވެ.
ސަރުކާރު ހިންގުމަށް ނެޝަނަލް އެސެމްބްލީ ނުވަތަ ޕާލިމެންޓުގެ 289 ގޮނޑި ބޭނުންވެ އެވެ. އެޕްރީލް މަހުގެ ތެރޭގައި ދެވަނަ ދައުރެއް ކަށަވަރު ކުރެއްވިއިރު މެކްރޯނަށް ޕާލިމެންޓުގެ ކޮންޓްރޯލް ގެއްލިދާނެ ކަމަށް އެއްވެސް ވަރަކަށް ގަބޫލުކުރެވިފައެއް ނުވެ އެވެ.
ނަމަވެސް، އެމަނިކުފާނުގެ ޕާޓީއަށް ލިބުނީ 245 ވޯޓެވެ. އެހެންކަމުން މެޖޯރިޓީ ހޯދުމަށް ކުދި ޕާޓީތަކާ އެކު އެމަނިކުފާނު މަޝްވަރާއަށް ވަޑައިގަންނަވަން ޖެހޭނެ އެވެ.

މެކްރޯން އެންމެ އިސްކަމެއް ދެއްވާ ސިޔާސަތަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ އޮތް ގުޅުން ވަރުގަދަކޮށް ރިޓަޔާ ކުރާ އުމުރު މަތި ކުރުމެވެ.
މި އިންތިހާބުގައި މެކްރޯންގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ މުހިންމު ބޭފުޅުންނަށް ވެސް ވަނީ ގޮނޑި ގެއްލިފަ އެވެ. އެގޮތުން، ހެލްތު މިނިސްޓަރާއި ގްރީން ޓްރާންސިޝަން މިނިސްޓަރުގެ އިތުރުން ސެކްރެޓަރީ އޮތް ސްޓޭޓަށް ވެސް ނާކާމިޔާބުވެވަޑައިގަތެވެ.
މެކްރޯންގެ ޕާޓީއާ އެންމެ ބޮޑަށް އިންތިހާބުގައި ވާދަކުރީ ވާތުފިޔައިގެ ޕާޓީތައް ހިމެނޭ ކޯލިޝަނެވެ. އެ ކޯލިޝަނުން 12 ގޮނޑި ކާމިޔާބުކުރި އެވެ.
ހަމައެހެންމެ، ކަނާތު ފިޔަައިގެ ނެޝަނަލް ރެލީ ޕާޓީން ވެސް 89 ގޮނޑި ކާމިޔާބުކުރި އެވެ. އެހެންކަމުން، ސަރުކާރު ހިންގަން ބޭނުންވާނަމަ އެންމެ ބޮޑަށް ބެލެވެނީ މެކްރޯން މަޝްވަރާކުރައްވާނީ ނެޝަނަލް ރެލީ ޕާޓީއާ އެވެ.
އިންތިހާބު ކާމިޔާބު ކުރެއްވި ރައީސަކަށް ފްރާންސްގެ ޕާލިމެންޓުގެ މެޖޯރިޓީ އެންމެފަހުން ގެއްލުނީ 1988 ގަ އެވެ.









