މަންމަގެ އެދުމަށް ރޮނާލްޑޯ ސްޕޯޓިން އަށް ގޮސްފާނެ: ރިޕޯޓް

Jun 20, 2022, 3:52 AM
ރޮނާލްޑޯ (ކ) އާއި އޭނާގެ މަންމަ ޑޮލޯރެސް އަވެއިރޯ.

ރޮނާލްޑޯ (ކ) އާއި އޭނާގެ މަންމަ ޑޮލޯރެސް އަވެއިރޯ.

ލިޒްބަން (ޖޫން 20) - ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ މަންމަ، ޑޮލޯރެސް އަވެއިރޯ އެދޭތީ ކެރިއަރުގައި އެންމެ ފުރަތަމަ ކުޅުނު ކްލަބް، ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ޕޯޗުގީސް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު އިޓަލީގެ ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ، 37، މެންޗެސްޓާ ޔުނައިޓެޑަށް އަލުން ބަދަލުވުމުގެ ކުރިން ވެސް ޕޯޗުގީސް މީޑިއާއެއްގެ ޕޮޑްކާސްޓް ޝޯއެއްގައި ވާހަކަ ދައްކަމުން އަވިއޭރޯ ބުނީ ރޮނާލްޑޯ އަލުން ޕޯޗުގަލްގައި ސްޕޯޓިން އަށް ކުޅޭނެ ކަމަށް ބުނެފަ އެވެ.

ޕޯޗުގަލްގެ އެ މީޑިއާ އިން ދާދި ފަހުން ރިޕޯޓްކުރި ގޮތުގައި ރޮނާލްޑޯ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑް ދޫކޮށްލަން ނިންމައިފިނަމަ އެންމެ ފުރުސަތު ބޮޑީ އަލުން ސްޕޯޓިންއާ ގުޅުމުގެ އެވެ.

ރޮނާލްޑޯގެ ސޮއި ހޯދަން ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ރޯމާ އިން މަސައްކަތް ކުރި ނަމަވެސް އެ ޓީމުގެ ހުށަހެޅުން ރޮނާލްޑޯ ގަބޫލުނުކުރާނެ ކަމަށް އިޓަލީގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ ރޮނާލްޑޯ މިހާރު ކުޅެމުން އަންނަ ޔުނައިޓެޑެކޭ އެއްގޮތަށް އަންނަ ސީޒަނުގައި ރޯމާ ވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައި ނުވާތީ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ، ޔުނައިޓެޑް ދޫކޮށްލަން ނިންމާނީ ޗެމްޕިއަންސް ލީގު ކުޅެވޭ ގޮތަކަށެވެ. ސްޕޯޓިން އަށް ބަދަލުވެއްޖެނަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ އަށް ކުޅެވޭނެ އެވެ. އަދި ނޮވެމްބަރު މަހު، ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް އަމިއްލަ ގައުމުގައި ހުރެ، ތައްޔާރުވެލަން ފުރުސަތު ލިބޭނެ އެވެ.

ޔުނައިޓެޑްގެ އިސް އޮފިޝަލުންނާ ހަވާލާދީ ޓޯކްސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ރޮނާލްޑޯގެ ވިސްނުން އަދި ހުރީ ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހާގްއާ އެކީ މި ސީޒަނުގައި މަސައްކަތް ކުރުމަށެވެ. އެކަމަކު، މުސްތަގުބަލާ މެދު ސީދާ ގޮތެއް ނިންމަން ރޮނާލްޑޯ ވިސްނައިގެން ހުރީ ޗުއްޓީ އަށް ފަހު ޔުނައިޓެޑްގެ ޕްރީ ސީޒަން ޓްރެއިނިން އަށް ރިޕޯޓްކުރުމަށް ފަހު އެވެ.

ތޭރަ އަހަރަށް ފަހު ރޮނާލްޑޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޔުނައިޓެޑުން ރޮނާލްޑޯ ގަންނަން، ޔުވެންޓަސް އަށް ފުރަތަމަ ދެއްކީ 17 މިލިއަން ޑޮލަރެވެ. އަދި ފަހުން ޔުވެންޓަސް އަށް އިތުރު ނުވަ މިލިއަން ޑޮލަރު ދޭން ވަނީ ކޮންޓްރެކްޓްގައި އެއްބަސްވެފަ އެވެ. މިދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ ކުޅުނު 39 މެޗުން 24 ގޯލު ޖަަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox