ޗެލްސީން ސްޓާލިން ގަންނަން މަސައްކަތް ކުރަނީ: ރިޕޯޓް

Jun 19, 2022, 5:07 PM
ޗެލްސީން ސްޓާލިން ގަންނަން މަސައްކަތް ކުރަނީ: ރިޕޯޓް

ލަންޑަން (ޖޫން 19) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިނގިރޭސި ވިންގް، ރަހީމް ސްޓާލިން ގަންނަން ޗެލްސީން މަސައްކަތް ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ސްޓާލިން، 27، މި ވަގުތުު ސިޓީގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސްޓާލިން އަށް ސިޓީގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ނުލިބޭތީ، އޭނާ އަންނަނީ ސިޓީ ދޫކޮށްލަން އެ ޓީމާ އެކު މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން ސްޓާލިންގެ އޭޖެންޓް، އެއިޑީ ވާޑް ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށި ފަހުން ޓޮޓެންހަމާއި ލިވަޕޫލަށް ވެސް ސްޓާލިން ގަންނަން ހުށަހަޅައިފަ އެވެ. އެކަމަކު، އެ ދެ ކްލަބުން ނިންމީ އެ ޑީލަށް މަޝްވަރާ ނުކުރުމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ވަނީ ސްޓާލިން ގަންނަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެ ގޮތުން ޗެލްސީން އޮތީ ސްޓާލިން ގަންނަން 43 މިލިއަން ޑޮލަރު ހަރަދުކުރަން ތައްޔާރަށެވެ. އެކަމަކު، މިއީ ސްޓާލިން ވިއްކާލަން ސިޓީން އެއްބަސްވާނެ އަގެއް ނޫން ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ. އެ ގޮތުން ސިޓީން އެންމެ ކުޑަ އަގެއްގައި ވެސް ސްޓާލިން ދޫކޮށްލާނީ 65 މިިލިއަން ޑޮލަރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔޫރަޕްގެ އެހެން ގައުމުތަކުގެ ހުށަހެޅުންތަކެއް ސްޓާލިން އަށް ލިބިފައިވީ ނަަމަވެސް އޭނާގެ ވިސްނުމަކީ ޕްރިމިއާ ލީގުގެ ކްލަބަކާ ގުޅުން ކަމަށް އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެއީ ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ރޯމާ އާއި ޖަރުމަނުގެ އާރްބީ ލައިޕްޒިގުން ވަނީ ސްޓާލިން ހޯދަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ލިވަޕޫލް ދޫކޮށް، 2015 ވަނަ އަހަރު ސިޓީ އަށް ސްޓާލިން ބަދަލުވީ 60 މިލިއަން ޑޮލަރަށެވެ. ސިޓީގައި ސްޓާލިން ހޭދަކުރި ހަތް ވަރަކަށް އަހަރު ތެރޭ ނުވަ ތަށި ހޯދި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ޕްރިމިއާ ލީގު ހަތަރު ފަހަރާއި ލީގު ކަޕް ހަތަރު ފަހަރު ހޯދުމުގެ އިތުރުން، އެފްއޭ ކަޕް އެވެ.

ޓްރާންސްފާ ބާޒާރުގައި ޗެލްސީން މަޝްވަރާ ކުރަމުން އަންނަ ޑީލުތަކަށް ބަލާއިރު، ލޯން އެއްބަސްވުމެއްގެ ދަށުން ރޮމެލޫ ލުކާކޫ އަލުން އިންޓަ މިލާނަށް ދިނުމަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ. މީގެ އިތުރުން ސެވިއްޔާގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ އާއި ބާސެލޯނާގެ ވިންގް އޮސްމާން ޑެމްބެލޭ ގެންނަން ވެސް ޗެލްސީ އަންނަނީ މަޝްވަރާތަކެއް ބާއްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox