އެމްބާޕޭގެ ޓްރާންސްފާ މައްސަލައިގައި ޕީއެސްޖީ އޮޑިޓްކުރަން ލަލީގާ އިން ހުށަަހަޅަނީ

Jun 18, 2022, 8:33 AM
ޕީއެސްޖީއާ އެކު އާ ކޮންޓްރެކްޓެއް ހެދި އެމްބާޕޭ (ކ) އެ ޓީމުގެ ރައީސް ހެއްލާފީއާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީއާ އެކު އާ ކޮންޓްރެކްޓެއް ހެދި އެމްބާޕޭ (ކ) އެ ޓީމުގެ ރައީސް ހެއްލާފީއާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (ޖޫން 18) - ޕީއެސްޖީގައި ކީލިއަން އެމްބާޕޭ މަޑުކުރުވީ އެ ކްލަބްގެ މާލީ ހާލަތު އޮޅުވާލައިގެން ކަމަށް ބުނެ، ލަލީގާ އިން ކުރިއަށްގެންދާ މައްސަލައިގައި ޕީއެސްޖީ އޮޑިޓްކުރަން ހުށަހަޅާނެ ކަމުގެ އިޝާރާތެއް ލަލީގާ އިން ދީފި އެވެ.

އެމްބާޕޭ، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެސްޖީގައި މަޑުކުރީ އަހަރަކު 52 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭގޮތަށެވެ.

ރެއާލް މެޑްރިޑަށް ނޫނެކޭ ބުނެ، އެމްބާޕޭ ޕީއެސްޖީގައި މަޑުކުރިއިރު، އޭގެ ފަހުން ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ދިން އިންޓަވިއުއެއްގައި ވަނީ ޕީއެސްޖީގެ މައްސަލަ ޔުއެފާ އާއި ފްރެންޗް އެޑްމިނިސްޓްރޭޓިވް ކޯޓް އަދި ޔޫރަޕިއަން ޔޫނިއަން އަށް ހުށަހަޅާނެ ކަމަށެވެ.

ޕީއެސްޖީގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ކްލަބުން މިދިޔަ ސީޒަނުގައި ގެއްލުމުގެ ގޮތުގައި 240 މިލިއަން ޑޮލަރު ވަނީ އަހަރީ ރިޕޯޓްގައި ހިމަނައިފަ އެވެ. މިއީ އޭގެ ކުރިން ސީޒަނަށް ވުރެ 80 ޕަސެންޓް އިތުރު އަދަދެކެވެ. ޕީއެސްޖީ އަށް އެ ވަރުުގެ ބޮޑު ދަރަންޏެއް އޮއްވައި، ބޮޑު މުސާރަ ދޭ ކުޅުންތެރިއެއް ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިނުކުރެވޭނެ ކަމަށް ފައިިނޭންޝިއަލް ފެއާޕްލޭ ގަވާއިދުގެ ތެރެއިން ރެއާލް އަންނަނީ ސާބިތު ކޮށްދެމުންނެވެ.

ލަލީގާގެ ވަކީލް، ހުއާން ބްރާންކޯ ބުނީ ފުރަތަމަ މަސައްކަތް ކުރީ ޔުއެފާ މެދުވެރިކޮށް އެމްބާޕޭގެ ޑީލް މައްސަލަ ކުރިއަށްގެންދިއުމަށް ކަމަށެވެ. އެކަމަކު، އެ އަށް އަމަލީ ސިފައެއް އައިސްފައިނުވާތީ އާއި ޔުއެފާ އިން ވެސް އެމްބާޕޭގެ ޑީލް ހިމާޔަތްކުރަން އުޅޭ މޭރުމުން ވާހަކަ ދައްކާތީ، މިހާރު މަސައްކަތް ފަށާފައިވަނީ ފްރާންސްގެ ސަރުކާރުގެ ތެރެެއިން މި ތަހުގީގު ކުރުމަށް ކަމަށް ހުއާން ބުންޏެވެ.

ސްޕެނިޝް ލީގުގެ ވަކީލް ހުއާން ބްރާންކޯ މީޑިއާ އަށް އިންޓަވިއުދެނީ.--- ފޮޓޯ: އޭއެފްޕީ

"ފުރަތަމަ ވިސްނުމަކީ މި ކޮންޓްރެކްޓް ކަންތައް އޮޅުން ފިލުވަން ފްރާންސްގެ ސްޕޯޓްސް މިނިސްޓަރު އޮފީހަށް ދިއުން. އެ ކަމުން ކުރިއެރުމެއް ނުފެނިއްޖެނަމަ ދެން އަހަރެމެންގެ މިސްރާބަކީ ފްރެންޗް ލީގުގެ ފުޓްބޯލް ފިނޭންސް އޮތޯރިޓީ މެދުވެރިކޮށް ޕީއެސްޖީގެ އެކައުންޓްތައް ބެލުން، އެ ވަރުން ނުވެއްޖެނަމަ ދެން އަހަރެމެން ވިސްނާނީ ފްރެންޗް ކޮމާޝަލް ކޯޓެއްގައި މައްސަލަ ކުރިއަށް ގެންގޮސް ޕީއެސްޖީގެ އޮޑިޓެއް ކުރުން،" ބްރާންކޯ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ، އަށް ޕީއެސްޖީން އާ ކޮންޓްރެކްޓާ އެކު ބޮޑު ބޯނަހެއް ދޭން ވަނީ ނިންމައިފަ އެވެ. އެ ބޯނަހުގެ އަގަކީ ރިޕޯޓްތައް ބުނާގޮތުން 195 މިލިއަން ޑޮލަރެވެ. އެ ބޯނަސް ފުރަތަމަ ހަ މަސް ތެރޭ ދޭނީ އެމްބާޕޭގެ އާއިލާ އަށް ވާ ބަޔާއި އޭނާގެ ވިޔަފާރިތަކަށް ލިބެން ޖެހޭ ބައި ވަކިވަކިން ކަމަށް ފްރާންސްގެ ލަ ޕެރީސިއަން ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން، އާ ކޮންޓްރެކްޓާ އެކު އެމްބާޕޭގެ އިމޭޖް ރައިޓްސްގެ 100 ޕަސެންޓް ކޮންޓްރޯލް އޮންނާނީ އަމިއްލަ އަތުގަ އެވެ. މާނަ އަކީ އެމްބާޕޭ އަށް ކްލަބްގެ ހުއްދަ ނެތި ބޭނުން އިސްތިހާރުތަކެއްގައި ބައިވެރިވެ، އޭނާގެ ބްރޭންޑް ވަރުގަދަ ކުރަން ވަކިން ވެސް ވިޔަފާރިކުރެވޭނެ އެވެ.

އާ ކޮންޓްރެކްޓުން އެމްބާޕޭ އަށް ލިބޭ ބާރުތަކުގެ ތެރެއިން ޕީއެސްޖީން ކޯޗަކު ހަމަޖެއްސުމާއި ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަތުމުގައި އެމްބާޕޭގެ މަޝްވަރާ ހޯދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ ކްލަބަކުން ކުޅުންތެރިއަކަށް މި ފަދަ ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ހެދި ފުރަތަމަ ކޮންޓްރެކްޓެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންގެ ލަފާ ހޯދައި، ޕީއެސްޖީގައި މަޑުކުރި އެމްބާޕޭ ވަނީ އަމިއްލަ ކުންފުންޏެއް ރަޖިސްޓްރީކޮށް، ބްރޭންޑެއްގެ ދަށުން ވިޔަފާރި ފަށައިފަ އެެވެ. އެމްބާޕޭ، ޕީއެސްޖީއާ އެކު ސޮއިކުރި ކޮންޓްރެކްޓްގެ ސަބަބުން އޭނާގެ ވިޔަފާރި ފުޅާވެގެންދާއިރު، ޕީއެސްޖީ މެދުވެރިކޮށް ތިން އަހަރު ތެރޭ އެމްބާޕޭ އަށް ލިބޭ އާމްދަނީ 500 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދާދި ފަހުން ދިން މީޑިއާ އިންޓަވިއުއެއްގައި ބުނީ މިހާރު އެ ފެންނަނީ ރެއާލުން ބޭނުންވި އެމްބާޕޭ ކަމަށާއި ޕީއެސްޖީން ހުށަހެޅި ގިނަ ފައިސާތަކެއްގެ ތެރޭގައި އެމްބާޕޭގެ ވިސްނުން ބަދަލުވެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox