އެމްޓީސީސީ ނޯތު ލީގު: ފުރަތަމަ މޮޅު ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖަށް

Jun 17, 2022, 6:40 AM
ޒިގްޒެގް ފޯ ޔޫތު ލިންކްއޭޖް އާއި ހަނިމާދޫ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ޒިގްޒެގް ފޯ ޔޫތު ލިންކްއޭޖް

ޒިގްޒެގް ފޯ ޔޫތު ލިންކްއޭޖް އާއި ހަނިމާދޫ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ޒިގްޒެގް ފޯ ޔޫތު ލިންކްއޭޖް

އެމްޓީސީސީ ނޯތު ލީގުގެ ޑިވިޝަން ދޭއްގައި އިއްޔެ ކުޅުނު މެޗުތަކުން، ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކްއޭޖުން 3-1 އިން ޓީމު ހަނިމާދޫއާ ވާދަކޮށް މޮޅުވިއިރު، އަނެއް މެޗުގައި އިހަވަންދޫ ކްލަބް ޕޯލްސްޓާ އާއި ދިއްދޫ ބްލެކްޒީނޯއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

ނޯތު ލީގުގެ ގްރޫޕް އޭގެ މެޗުތައް ހޯސްޓްކުރަނީ ދިއްދޫ އާއި ހަނިމާދޫގަ އެވެ. ވާދަކުރާ ރަށްތަކަކީ ނެއްލައިދޫ، އިހަވަންދޫ، ދިއްދޫ، ހަނިމާދޫ އަދި ކުޅުދުއްފުށްޓެވެ.

ހަނިމާދޫ ދަނޑުގައި އިއްޔެ ޒިގްޒެގް ފޯ ޔޫތު ލިންކްއޭޖު މޮޅުވިއިރު، އެ ޓީމުގެ ގޯލުތައް ޖެހީ އުސައިދު އަލީ، ޒައިދު މުހައްމަދު އަދި މުހައްމަދު ނަޝީދު އެވެ. ހަނިމާދޫގެ ހަމައެކަނި ގޯލު ޖެހީ އާސިފް ސަލީމް އެވެ. ދިއްދޫ ދަނޑުގައި ކުޅުނު މެޗުން އިހަވަންދޫ ޕޯލްސްޓާގެ މުހައްމަދު ސާޖިދު ލީޑުނަގައިދީފައިވަނިކޮށް މެޗު ނިމެން ދެ މިނިޓަށް ވެފައި އޮއްވައި، ބްލެކްޒީނޯ އަށް އެއްވަރުކޮށްދިނީ އާދަމް ނަސީމް އެވެ.

ނޯތު ލީގުގެ ޑިވިޝަން ދޭއްގެ ގްރޫޕް އޭގެ މެޗުތައް އަންނަ މަހު ހަތަރަކާ ހަަމަށް ދިއްދޫ އާއި ހަނިމާދޫގައި ކުރިއަށްދާނެ އެވެ.

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާއިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ނޯތު ޒޯންގެ ގްރޫޕް ބީ އަކީ ށ އަތޮޅުގެ ބުރެވެ. އެ މެޗުތައް ފަށާ ގޮތަށް ޝެޑިއުލްކޮށްފައި އޮތީ އަންނަ މަހު 17 ގަ އެވެ. އެ އަށް ފަހު ގްރޫޕް ސީ ނ. އަތޮޅުގެ މެޗުތައް، އޮގަސްޓް އެކެެއްގައި ފަށާއިރު، ގްރޫޕް ޑީ، ރ އަތޮޅު ފަށަން ނިންމާފައި އޮތީ އޮގަސްޓް 24 ގަ އެވެ.

ކޮންމެ ގްރޫޕަކުން ދެ ޓީމެއް، ޑިވިޝަން އެކަކަށް ޕްރޮމޯޓްވާނެ އެވެ. ޑިވިޝަން އެކެެއްގެ ޗެމްޕިއަން، 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓްވާނެ އެވެ.

ދިވެހި ޕްރިމިއާ ލީގު 2023/2024 ވަނަ އަހަރު ފަށާއިރު އޮންނާނީ މި ވަގުތު ވެސް ޕްރިމިއާ ލީގުގައި އޮތް އަށް ޓީމުގެ އިތުރުން ހަތަރު ޒޯން ލީގުގެ ޗެމްޕިއަނުންނެވެ. މީގެ ތެރެއިން މާލެ ހިމެނޭ ޒޯން ހަތަރެއްގެ ލީގުގެ ޗެމްޕިއަން ގޮތުގައި 2023/2024 ވަނަ އަހަރުގެ ލީގަށް ކަނޑައަޅާނީ 2022 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުން ކަމަށް ވަނީ ނިންމައިފަ އެވެ. ދެން އޮތް ތިން ޖާގަ ލިބޭނީ ޒޯން ލީގު ޗެމްޕިއަނުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox