އެމެރިކާގެ ކުރީގެ ރައީސް ރޭގަން އަވަހާރަކޮށްލަން އުޅުނު މީހާ އެއްކޮށް މިނިވަންވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް ރޮނާލްޑް ރޭގަން އަވަހާރަކޮށްލަން މަސައްކަތް ކުރި ޖޯން ހިންކްލީ. -- ފޮޓޯ: ޑެއިލީ ސަން

އެމެރިކާގެ ކުރީގެ ރައީސް ރޮނާލްޑް ރޭގަން އަވަހާރަކޮށްލަން މަސައްކަތް ކުރި ޖޯން ހިންކްލީ. -- ފޮޓޯ: ޑެއިލީ ސަން

ވޮޝިންޓަން، އެމެރިކާ (ޖޫން 16) - ނަވާރަ ސަތޭކަ އަށްޑިހަ އެއް ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަން އަވަހާރަކޮށްލަން މަސައްކަތް ކުރި ޖޯން ހިންކްލީ އެއްކޮށް މިނިވަންވެއްޖެ އެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލަކުން ހިންކްލީ ދޫކޮށްލީ މީގެ ހަ އަހަރު ކުރިންނެވެ. ނަމަވެސް ބުދަ ދުވަހާ ހަމައަށް އޭނާއަށް ފުރިހަމަ މިނިވަންކަމެއް ނުލިބެ އެވެ.

މި މަހުގެ ކުރީކޮޅު ވޮޝިންޓަންގެ ކޯޓަކުން ނިންމީ އަހަރުތަކެއް ވަންދެން ފަރުވާކޮށް، ހޯދާފައިވާ ކުރިއެރުމުގެ ސަބަބުން ހިންކްލީގެ ފަރާތުން އޭނާގެ އަމިއްލަ ނަފްސަށް އަދި އެހެން މީހަކަށް ވެސް ގެއްލުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.

ބުރާސްފަތި ދުވަހު ހިންކްލީ ކުރި ޓްވީޓެއްގައި ބުނީ 41 އަހަރާއި ދެ މަސް އަދި 15 ދުވަސް ފަހުން މިނިވަންކަން ލިބިއްޖެ ކަމަށެވެ.

މިހާރު އުމުރުން 67 އަހަރުގެ ހިންކްލީ، ކުރީގެ ރައީސް ރޭގަންގެ ހަށިކޮޅަށް އަމާޒުކޮށް ބަޑި ޖެހީ މާޗް 30، 1981 ވަނަ އަހަރު ވޮޝިންޓަންގެ ހިލްޓަން ހޮޓެލް ބޭރުގަ އެވެ.

އޭރު އޭނާ ބުނީ އެކަން ކުރީ އެކްޓްރެސް ޖޯޑީ ފޮސްޓާގެ ސަމާލުކަން ހޯދުމަށް ކަމަށެވެ. ފިލްމް "ޓެކްސީ ޑްރައިވާ" އިން ފޮސްޓާ ފެނުނު ފަހުން ހިންކްލީ ހުރީ "އޮބްސެސްވެފަ" އެވެ.

ރޭގަންގެ އިތުރުން އެހެން ތިން މީހުންގެ ގަޔަށް ވެސް އެ ދުވަހު ހިންކްލީ ބަޑި ޖެހި އެވެ. އެ އެންމެން ސަލާމަތްވި ނަމަވެސް، ރޭގަންގެ ޕްރެސް ސެކެޓްރީ ޖޭމްސް ބްރެޑީގެ ހަށިގަނޑުގެ އެއް ފަޅިން ވާގި ގޮސް، ފުރޮޅުލީ ގޮނޑި ބޭނުން ކުރަން ޖެހުނެވެ.

ހިންކްލީގެ ޝަރީއަތް 1982 ވަނަ އަހަރު ކުރިއަށް ދިޔަ އިރު، ކޯޓުން ނިންމީ ނަފްސާނީ ހާލަތަށް ބަލައިގެން ކުށް ސާބިތު ނުވާ ކަމަށެވެ. އޭރު އޭނާ ފޮނުވާލީ ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލަކަށެވެ. އެ ތަނުގައި 34 އަހަރު ހޭދަކުރި އެވެ.

ސެޕްޓެމްބަރު 2016 ވަނަ އަހަރު އެ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް، އޭނާއަށް ދިރިއުޅެން ޖެހުނީ އުމުރުން ދުވަސްވީ މަންމައާ އެކު "ގޭޓެޑް ކޮމިއުނިޓީ" އެއްގައި ގިނަ ޝަރުތުތަކާ އެކު އެވެ.

އެގޮތުން އޭނާ ދާ ތަންތަން ކަމާ ބެހޭ އިދާރާތަކުން ބެލުމާއި، އޭނާގެ އޮންލައިން އެކައުންޓްތަކާއި އިލެކްޓްރޯނިކް ޑިވައިސްތައް ބޭނުން ކުރާ ގޮތް މޮނީޓާ ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން އެކްޓްރެސް ފޮސްޓާއަށް ގުޅަން މަސައްކަތް ކުރުން މަނާކޮށް، އެމެރިކާގެ އެއްވެސް ރައީސެއް، ނައިބު ރައީސެއް އަދި ކޮންގްރެސް މެމްބަރަކު ހުންނެވި ސަރަހައްދަކަށް ދަތުރު ކުރުން މަނާ ކުރި އެވެ. -- އޭއެފްޕީ --

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox