މަސްވެރިން ޑައިވިން އަށް ތަމްރީންކުރަން ފަށަނީ

މަސްވެރިންގެ ޖަމިއްޔާއާއި މިފްކޯއާއެކު މަސްވެރިންނަށް ޑައިވިންގެ ތަމްރީން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށް އެއްބަސްވުން ބަދަލުކުރަނީ - ފޮޓޯ: މިފްކޯ

މަސްވެރިންގެ ޖަމިއްޔާއާއި މިފްކޯއާއެކު މަސްވެރިންނަށް ޑައިވިންގެ ތަމްރީން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށް އެއްބަސްވުން ބަދަލުކުރަނީ - ފޮޓޯ: މިފްކޯ

ފީނުމުގެ ތެރޭގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކޮށް، މަސްވެރިކަމުގެ ބޭނުންތަކަށް ފީނާ މީހުން ތަމްރީންކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ދިވެހި މަސްވެރިންގެ ޖަމިއްޔާއާ އެކު ތަމްރީން ޕްރޮގްރާމް ތަކެއް ފަށަން ނިންމައިފި އެވެ.

"މިފްކޯ މަސްވެރި ޑައިވަރުން ޕްރޮގްރާމް' ގެ ނަމުގައި ފަށާ އެ ޕްރޮގްރާމަކީ، ދިވެހި މަސްވެރިންގެ ތެރެއިން އެންދަމަން ޑައިވްކުރާ ފަޅުވެރިންނަށް ހާއްސަކޮށް ހިންގަން ނިންމާ ތަމްރީން ހަރަކާތްތަކެކެވެ.

"މަގުސަދަކީ މި ހަރަކާތުގެ ސަބަބުން ޑައިވިންއާއި ގުޅޭ ގިނަ މައުލޫމާތުތަކެއް މަސްވެރިންނަށް ލިބި އަދި އަމިއްލަ ރަށުގައި ހުރެގެން ހަރަދުކުޑަކޮށް މަސްވެރިންނަށް ޑައިވް ކޯސްތައް ލިބިގެން ދިއުން،" މިފްކޯ އިން ބުންޏެވެ.

މި ހަރަކާތުގެ ފުރަތަމަ ފިޔަވަހީގައި ހުވަދޫ އަތޮޅުގެ ރަށްތަކުގައި ޑައިވިން ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މިފްކޯއިން ބުންޏެވެ. އެގޮތުން އޯޕަން ވޯޓާ ޑައިވިން، އެޑްވާންސް އޯޕަން ވޯޓާ ޑައިވިން، ރެސްކިއު އަދި އެމަޖެންސީ ފަސްޓް ރެސްޕޮންޑާ ކޯސް ހިންގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޑައިވީނަށް ގޮސްގެން އުޅެނިކޮށް މަރުގެ ގިނަ ހާދިސާތަކެއް މި ފަހުން ވެސް ހިނގާފައިވެ އެވެ. މޭ މަހުގެ ތެރޭގައި ފުވައްމުލަކުގައި ވެސް މިފަދަ ހާދިސާއެއް ވަނީ ހިނގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox