ޑޮލަރު ހުސްވާތީ ޕާކިސްތާން މީހުން ސައި ބުއިން މަދު ކުރަން އެދެފި

އެންމެ ގިނައިން ސައިފަތް އިމްޕޯޓް ކުރާ ގައުމަކީ ޕާކިސްތާން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެންމެ ގިނައިން ސައިފަތް އިމްޕޯޓް ކުރާ ގައުމަކީ ޕާކިސްތާން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޕާކިސްތާނުގެ އިގްތިސާދު ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށް އެ ގައުމުގެ ރައްޔިތުން ސައި ބޯ މިންވަރު މަދު ކުރަން ސަރުކާރުގެ މިނިސްޓަރަކު އެދިވަޑައިގެންފި އެވެ.

އިސް މިނިސްޓަރު އަހްސަން އިގްބާލް ވިދާޅުވި ގޮތުގައި ސައި ބުއިން މަދު ކުރުމުން، އެ ގައުމުގެ އިމްޕޯޓަށް ހޭދަވާ މިންވަރު ކުޑަ ކުރެވޭނެ އެވެ.

ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެފައިވާ އިރު، މި ވަގުތު ހުރީ ކުރިއަށް އޮތް ދެ މަހުގެ އިމްޕޯޓަށް ފައިސާ ދެއްކޭ ވަރުގެ ޑޮލަރެވެ.

Advertisement

ދުނިޔޭގައި އެންމެ ގިނައިން ސައިފަތް އިމްޕޯޓް ކުރާ ގައުމަކީ ޕާކިސްތާނެވެ. މިދިޔަ އަހަރު އެކަނިވެސް 600 މިލިއަން ޑޮލަރުގެ ސައިފަތް އެ ގައުމަށް އެތެރެ ކުރި އެވެ.

"އަޅުގަނޑު ރައްޔިތުންގެ ކިބައިން މި އެދެނީ ކޮންމެ ދުވަހަކު ވެސް ސައި ބޯ މިންވަރު އެއް ތަށި ނުވަތަ ދެ ތަށި މަދުކޮށްލަން. އަޅުގަނޑުމެން ސައިފަތް އެތެރެ ކުރަނީ ލޯނު ނަގައިގެން،" އިގްބާލް ވިދާޅުވި ކަމަށް ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓު ކުރި އެވެ.

އޭގެ އިތުރުން ކަރަންޓު ހަރަދު ކުޑަ ކުރުމުގެ ގޮތުން ވިޔަފާރު ކުރާ ފަރާތްތަކުން ވެސް ފިހާރަތަކާއި ގޮޅިތައް ރޭގަނޑު 08:30 ގައި ބަންދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހު ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވްގައި ހުރީ 16 ބިލިއަން ޑޮލަރެވެ. ޖޫން މަހުގެ ފުރަތަމަ ހަފްތާއާ ހަމައަށް އައި އިރު، އެ އަދަދު ވަނީ 10 ބިލިއަން ޑޮލަރަށް ވުރެ މަދުވެފަ އެވެ.

މިދިޔަ މަހު އޮފިޝަލުން ވަނީ ލަގްޒަރީ ތަކެތީގެ ގޮތުގައި ބެލެވޭ ބައެއް ތަކެތި އިމްޕޯޓް ކުރުން މަނާކޮށްފަ އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބެއިލްއައުޓް ޕްރޮގްރާމެއްގެ ދަށުން ހަ ބިލިއަން ޑޮލަރު ހޯދަން މީގެ ކުރިން ޕާކިސްތާން ސަރުކާރުން މަސައްކަތް ކުރި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ކުރި މަޝްވަރާގެ ދަށުން ފައިސާ ލިބެން ހަމަޖެހިފައި ވަނިކޮށް، ޕާކިސްތާނުގެ މާލީ ހާލަތާ ގުޅޭ ގޮތުން ފައިސާ ދޭ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރުމުން އައިއެމްއެފްގެ ޕްރޮގްރާމް މަޑުޖައްސާލަން ނިންމި އެވެ.

މިދިޔަ ހަފްތާގައި ކެބިނެޓުން އާއްމު 47 ބިލިއަން ޑޮލަރުގެ އާ ބަޖެޓާ އެކު ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރުގެ އުއްމީދަކީ އައިއެމްއެފްގެ މަޝްވަރާ ފެށުމެވެ. -- ބީބީސީ --

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox