މާލޭގައި މިނީ ބަހުގެ ހިދުމަތް އަންނަ މަހު ފަށަނީ

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް: އަންނަ މަހު މިނީ މަހުގެ ހިދުމަތް ފަށާނެ ކަމަށް އާޒިމް ވިދާޅުވި ނަމަވެސް ތާރީހެއް ނުދެއްވައި-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް: އަންނަ މަހު މިނީ މަހުގެ ހިދުމަތް ފަށާނެ ކަމަށް އާޒިމް ވިދާޅުވި ނަމަވެސް ތާރީހެއް ނުދެއްވައި-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާލޭގައި ފެންވަރު ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމުކުރަން, މިނީ ބަހުގެ ހިދުމަތް އަންނަ މަހު ދޭން ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން މިއަދު ބުނެފި އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މި ސަރުކާރަށް ހަތަރު އަހަރުވީ އިރުވެސް އެ ވައުދު ނުފުއްދި އޮތް އިރު އެ ހިދުމަތް ފަށަން ތަފާތު ތާރީހުތައް ދީފައިވެ އެވެ. ނަމަވެސް ފަށާފަ އެއް ނުވެ އެވެ.

އެމްޓީސީގެ އިތުރުން ޝީޝާ އާއި އެލައިޑުން ގުޅިގެން "ރައްކާ ރޯޑް ސޭފްޓީ ޕާޓްނާޝިޕް"ގެ ނަމުގައި ފުލުހުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާދަމާ މާލެ ތެރެއަށް ގިނަ އަދަދެއްގެ ބަސް ނުކުންނާނެ ކަމަށެވެ.

އަދި އަންނަ މަހުން ފެށިގެން މާލޭގައި މިނީ ބަސް ދުއްވަން ފަށާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މާދަމާއިން ފެށިގެން އަޅުގަނޑުމެން 50 އަށްވުރެ ގިނަ ބަސް މާލޭ ސަރަހައްދުގައި ދުއްވަން ފަށާނެ. މިއީ ވަރަށް ބައިވަރު ބަސް. އަދި ޖުލައި މަހުން ފެށިގެން މިނީ ބަހުގެ ހިދުމަތް ފެށިގެން ދާނެ މާލެ ސަރަހައްދުގައި،" އާޒިމް ވިދާޅުވި އެވެ.

މިނީ ބަހުގެ ހިދުމަތް ނުފެށި ލަސްވެފައި ވަނީ އެކަމަށް ބޭނުންވާ ވަރަށް ފައިސާ ނެތުމުން ކަމަށާއި ހިލޭ އެހީގެ ދަށުން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

2020ވަނަ އަހަރު އެ މަސައްކަތް ފެށުމަށް ނިންމާ އެކަން ކުރުމަށްޓަކައި 2019ވަނަ އަހަރު އެމްޓީސީސީއާއެކު އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފަ އެވެ.

އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަސްޓަމައިޒްކޮށްފައިވާ ބަސްތަކެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދި ކަމަށާއި ނަމަވެސް އެ ބަސްތައް ނުގެނެވުނީ ފައިސާގެ ދަތިކަން ހުރުމުން ކަމަށް ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން އޭރު ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox