ކުރީގެ އެމްޕީ ބްރިގޭޑިއާ ޑީޑީ ސްޓެލްކޯގެ ޗެއާމަނަކަށް އައްޔަނުކޮށްފި

ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ: ދީދީ މިފަހަރު މަޖިލިހަށް ކުރިމަތިނުލެއްވީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގަތުމުން. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ: ދީދީ މިފަހަރު މަޖިލިހަށް ކުރިމަތިނުލެއްވީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގަތުމުން. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ސްޓެލްކޯގެ ޗެއާމަނަކަށް މިއަދު އައްޔަންކޮށްފި އެވެ.

ކަރަންޓު ކުންފުނި ސްޓެލްކޯއަށް އާ ޗެއާމަނަކު ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން، އެ މަގާމު ހުސްކޮށް އޮންނަތާ ފަސް މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

ރަޝީދުގެ ބަދަލުގައި އެ މަގާމަށް ހަމަޖެއްސި ޑީޑީއަކީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރެކެވެ.

އޭނާއަކީ ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގޭގައި މަސައްކަތްކުރެއްވުމަށް ފަހު، ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތް ބޭފުޅެކެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިޔާސީ ގޮތުން މަގުބޫލުކަން ހޯއްދަވާ އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި އެވެ.

އެކަމަކު އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އޭނާ ކުރިމަތިނުލައްވަ އެވެ. އެއީ މިހާރު އެ ދާއިރާގެ މެމްބަރަކަށް ހުންނެވި ހިޔަލީ އަހުމަދު ރަޝީދުއާ ވާދަކޮށް އެމްޑީޕީ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުންނެވެ.

މިފަހުން ޕީސީބީން ސްޓެލްކޯގެ ބޯޑަށް ވަނީ އެހެން ބަދަލެއް ވެސް ގެނެސްފަ އެވެ.

އެގޮތުން ކުރިން މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުންނެވި ހަސަން މުގުނީ ވަކިކުރެއްވުމަށް ފަހު، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފަށް ވަނީ އެމްޑީކަން ދީފަ އެވެ. މިއީ ސީދާ ރައީސް އޮފީހުން އަންގައިގެން ކުންފުނީގެ މަތީފަޑިއަށް ގެނައި ބަދަލުތަކެއް ކަމަށް ޕީސީބީން ބުނެ އެވެ. ނަމަވެސް އެ ބަދަލުތައް ގެނައި ސަބަބެއް މިއަދާ ހަމައަށް ވެސް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox