ޖައިލަމް މަރާލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި

ޖައިލަމް އަހުމަދު ޝާކިރު: އޭނާގެ މަރުގެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައި

ޖައިލަމް އަހުމަދު ޝާކިރު: އޭނާގެ މަރުގެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައި

ކަތިވަޅިތަކަކުން ހަމަލާދީ 2015 ވަނަ އަހަރު މާލޭގައި މަރައިލި ޖައިލަމް އަހުމަދު ޝާކިރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުންގެ ތެރެއިން ތިން މީހަކަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ނުވި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ އިސްމާއިލް އަނީގާއި މުހައްމަދު ހުމައިދާއި އަލީ އިރުފާން އަދި ނަސީބު ސައީދުގެ މައްޗަށެވެ. އޭގެ ތެރެއިން އަނީގް އަދި ހުމައިދުގެ މައްޗަށް ކުރީ މީހަކު މެރުމުގެ ދައުވާ އެވެ. އިރުފާން އަދި ނަސީބު ސައީދުގެ މައްޗަށް އުފުލީ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާ އެވެ.

މި ހަތަރު މީހުންގެ މައްޗަށް ވެސް ދަށު ކޯޓުގައި ކުށް ސާބިތުވެފައިނުވާއިރު، ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން ނަސީބު ސައީދުއާއި، އިރުފާންއާއި، އަނީގްގެ މައްސަލަ ވަނީ ހައިކޯޓުގައި ރަޖިސްޓްރީކޮށްފަ އެވެ. ހުމައިދުގެ މައްސަލައެއް ހައިކޯޓުގެ ރަޖިސްޓްރީގައެއް ނެތެވެ.

"ހުމައިދުގެ މައްސަލަ އިސްތިއުނާފް ނުކުރީ އޭނާގެ މައްސަލަ އިސްތިއުނާފް ކުރެވޭ ވަރަށް ހެކިބަސް ނުލިބުމުން، ދެން ތިބި މީހުންގެ މައްޗަށް އެ ވަރަށް ހެކިބަސް ލިބުމުން އިސްތިއުނާފްކޮށްފައި ވާނެ،" ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު މި ނޫހަށް ކިޔައިދެއްވި އެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުގެ ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ ހާދިސާ ހިނގި ތަނުން ނެގި ފޮރެސިން ސާމްޕަލްތަކާއި ފިންގާ ޕްރިންޓްތައް ދައުވާ ލިބޭ ފަރާތްތަކާއި ގުޅުވާލެވިފައި ނުވާ ކަމަށެވެ.

އެ މައްސަލައިގައި ހިމެނޭ ހެކިން ލައްވައި، ފުލުހުން ގަދަކަމުން ބަޔާން ނަގާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވެފައިވެ އެވެ.

އެ މައްސަލައިގެ ވީޑިއޯ ފޫޓޭޖް އެނަލިސިސް ރިޕޯޓު ހާދިސާއާ ގުޅުވާލެވިފައިނުވާ ކަމަށް ވެސް ގާޒީ ވިދާޅުވެފައިވެ އެވެ. އެއީ އެ ފޫޓޭޖްތަކުގެ ޗެއިން އޮފް ކަސްޓަޑީ ހުށަހަޅާފައި ނުވުމުން ކަމަށް ގާޒީ ވިދާޅުވި އެވެ.

ޖައިލަމްގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ކަތިވަޅިން ހަމަލާދީފައި ހުއްޓެވެ. އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ. ފުލުހުން ބުނީ ޖައިލަމަށް ހަމަލާދިނީ މާލޭގައި ހަރަކާތްތެރިވާ ގޭންގަކުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox