ފުނައްޑޫ އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރުގެ މެއި މަހު: މިނިސްޓަރު

ފުނައްޑޫ: މަސްފެކްޓްރީ އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު ކަމަށް މިނިސްޓަރު ވިދާޅުވި--

ފުނައްޑޫ: މަސްފެކްޓްރީ އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު ކަމަށް މިނިސްޓަރު ވިދާޅުވި--

ސަރުކާރަށް ގަނެފައިވާ ތ. ފުނައްޑޫގައި ގާއިމްކޮށްފައިވާ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ލިޔުމުން ޖަވާބު ހޯއްދަވާ ގޮތަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއާ ކުރެއްވި ސުވާލަކަށް އޭނާ މިއަދު ދެއްވި ޖަވާބުގައި އޭނާ ވިދާޅުވީ އެ ރަށު މަސް ފެކްޓަރީގެ ހާލަތު ބެލުމަށް ހެދި އެސެސްމެންޓުން އެ ރަށުގެ ބަނދަރުގެ ބޮޑު މަރާމާތެއް ކުރުމަށް ބޭނުންވާ ކަން ހާމަވެފައިވާ ކަމަށެވެ.

"ބަނދަރު ހެދުމާއެކު މުޅި ފެސިލިޓީ އެއްކޮށް މަރާމާތުކޮށް، މަސް ގަނެވޭ ހާލަތަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް 10.2 މިލިއަން އެމެރިކާ ޑޮލަރު (157.3 މިލިއަން ރުފިޔާ) ހަރަދު ކުރަން ޖެހޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ،" މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

ފިޝަރީޒް މިނިސްޓަރު ދެއްވި ޖަވާބުގައި އިތުރަށް ވިދާޅުވީ މި ފައިސާއަކީ ބަޖެޓުގައި ހިމެނިފައިވާ ފައިސާއަށް ނުވާތީ އާއި ދައުލަތުގެ ކޭޝްފްލޯ ހުރި ގޮތުން ބޭނުންވާ ވަރަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް ހުރުމުން، އެ ފައިސާ ލޯނުގެ ގޮތުގައި ހޯދުމަށް މިހާރު އަންގާފައިވާ ކަމަށެވެ.

އެހެންނަމަވެސް، މިފްކޯގެ މާލީ ހާލަތު ހުރި ގޮތުން ލޯނެއް ނެގުމަށް ދެ މަސް ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

ބޭނުންވާ ލޯނު ހަމަޖެހި، ފުނައްޑޫއަށް މަސް ގަންނަން ފެށޭނީ އަންނަ އަހަރުގެ މެއި މަހަށް ކަމަށް ލަފާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތ. ތިމަރަފުށްޓާ ދާދި ކައިރީގައި އޮންނަ ފުނައްޑޫގައި މަސް ބަންދުކުރާ ކާރުހާނާއެއް އަޅަން، ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ ހިއްސާވާ ކުންފުންޏަކަށް އެ ރަށް ދޫކުރީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ.

އެ ރަށުގައި މަސްފެކްޓްރީއެއް ހަދައިގެން ހިންގާތާ އަަހަރުތަކެއް ފަހުން ބޭންކް އޮފް މޯލްޑިވްސްއަށް އެ ރަށް ނަގައި ވިއްކައިލަން އިއުލާނު ކުރީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ލޯނެއް ނުދެއްކުމުންނެވެ. އެރަށާއި އެހެން ބައެއް ތަންތަން ރަހުނުކޮށްގެން ނަގާފައިވާ ލޯނާއި އެލޯނަށް އިތުރުވި އިންޓަރެސްޓާއި އެކު ބޭންކަށް ދައްކަން އޭރު 200 މިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އޮތެވެ.

ފުނައްޑޫ ވިއްކައިލަން ބީއެމްއެލް އިން ފުރަތަމަ އިއުލާނު ކުރީ 2013 ވަނަ އަހަރު އެވެ. އެފަހަރު ގަންނާނެ ބަޔަކު ނުވެގެން 2014 ވަނަ އަހަރު ދެވަނަ ފަހަރަށް ވެސް އިއުލާނު ކުރި އެވެ. އެންމެފަހުން އެ ރަށް ގަނެފައިވަނީ ސަރުކާރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox