ހުލާސާކޮށް މަޖިލިސް: 19 ވަނަ މަޖިލިސް ތަފާތުތޯ ސުވާލު އުފެއްދުން

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި. -- ފޮޓޯ: މަޖިލިސް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި. -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅުން ހުށަހަޅާ މައްސަލަތައް ބަހުސް ނުކުރުމަކީ މި ފަހަކުން އައިސް މެންބަރުން އަބަދުވެސް ފާޅުކުރަމުން އަންނަ ކަންބޮޑުވުމެކެވެ. އިއްޔެގެ ޖަލްސާއަކީ ވެސް އެފަދަ ދުވަހެކެވެ.

އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކަންބޮޑުވުން ފާޅުކުރެއްވީ ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން، އަގުތައް ތިރިކުރުމަށް ސަރުކާރަށް ގޮވާލުމަށް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމާ ގުޅިގެންނެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެނޭތޯ ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ނުވަ މެންބަރުން ވޯޓު ދެއްވިއިރު، ބަލައިގަތުމަށް ނުފެންނަ ކަމަށް 29 މެންބަރުން ވޯޓު ދެއްވި އެވެ. އެހެންވެ، ބަހުސް ކުރުމެއް ނެތި މައްސަލަ ބޭރުވި އެވެ.

އެކަމާ ގުޅިގެން އާޒިމް ވިދާޅުވީ ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަންކަމަށް ބަހުސް ނުކޮށް، އެހެން ކަންކަމަށް ބަހުސް ކުރަން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ފުރަތަމަ އިސްވާނީ ރައްޔިތުން ކަމަށެވެ.

"އަޅުގަނޑުމެން ހޮވާފައި ތިބީ ރައްޔިތުން، ދެން ޕާޓީ، ޕާޓީގެ ވާހަކައަކީ ރައްޔިތުންގެ ވާހަކަ، ދެން ރައްޔިތުންގެ ވާހަކަ ނުދައްކާ ސަރުކާރުގެ ވާހަކަ ދައްކަން ނުޖެހޭނެ، ޝައްކެއް ވެސް ނެތް،" އާޒިމް ވިދާޅުވި އެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމުން، މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮތް 18 ވަނަ މަޖިލީހާ އޮތް ތަފާތަކީ ކޮބައިތޯ ސުވާލު އުފެދޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ރައީސް ޔާމީން ކޮންޓްރޯލް ކުރި 18 ވަނަ މަޖިލީހެކޭ، ވަކި 19 ވަނަ މަޖިލީހެކޭ، އަޅުގަނޑުމެން ކިޔަން 19 ވަނަ މަޖިލިސް ތަފާތޭ، ކުޑަކޮށް ތަފާތު އެނގޭތޯ، އެއީ އަޅުގަނޑުމެންނަށް މި ވާހަކަ މިތަނުގައި ދައްކަން ކެރުނީމާ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ ރައްޔިތުން ބަނޑުފުރާ މުއްތި ކުރުމުގެ ވާހަކަ މަޖީލިހުގައި ނުދެކެވޭނަމަ، ޖުޑީޝަރީ އަށް އިސްލާހު ގެނައުމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ ބަހުސް ނިންމަވާލައްވާފަ އެވެ.

ޖަލްސާގެ ހާޒިރީ

ހާޒިރުވެވަޑައިގެންނެވީ: 34 މެމްބަރުން

ސަލާމުގައި: 04

މީގެ އިތުރުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ހާޒިރުކޮށް ސުވާލު ކޮށްފައި ވެސް ވެ އެވެ.

އަދި، އެމެރިކާގައި މިހާރު ހުންނަވާ ތިލްމީޒާ ހުސައިންގެ ބަދަލުގައި އިތުރު ބޭފުޅަކު އެ މަގާމަށް އައްޔަން ކުރުމަށް ވެސް މަޖިލީހަށް ހުށަހަޅާފައިވެ އެވެ. އެ މައްސަލަ ވަނީ ހާރިޖީ ކޮމިޓީއަށް ފޮނުވާފަ އެވެ.

މިއަދުގެ ފޮޓޯ

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން--
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން--

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން--

މިއަދުގެ ކޯޓޭޝަން

"އަޅުގަނޑުމެން އަނެއްކާވެސް ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިތާ މިތައް އަހަރެއް ވުމަށް ފަހުގައި ދެން ކުރާންވީ ކަންކަމަކީ ކޮބައިތޯ ޖުމްލަކޮށް ބަލައިލުމުގެ ބޭނުންތެރިކަން އެބައޮތް، އެއީ ޖޭއެސްސީއަށް ގެންނަން ޖެހޭ ބަދަލު އެކަންޏެއް ނޫން؛ އަޅުގަނޑު ހިތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ފުރުސަތު ބޭނުން ކުރާނީ ގާނޫނު އަސާސީއަށް ޖުމްލަކޮށް ގެންނަންހުރި ކަންކަމާ ގުޅޭ ގޮތުން ހިނގާ މަޝްވަރާއެއްގައި،" ރައީސް ނަޝީދު

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox