ހުލާސާކޮށް އިއްޔެ: މުއިއްޒު ގޮވައިގެން ކޯޓަށް ދާނެ ކަމަށް ބުނުން

Jan 10, 2026, 1:29 AM
އަލީ އާޒިމް

އަލީ އާޒިމް

މާލެ ސިޓީގެ މޭޔަރަކަށް މުހައްމަދު މުއިއްޒު ހުންނެވިއިރު މާލެ ސިޓީގެ ބިންތައް ނުއަގުގައި ދިން މައްސަލައިގައި ލިބުނު ގެއްލުން ހޯދަން ކޯޓަށް ދާނެ ކަމަށް އެމްޑީޕީގެ މާލޭ މޭޔަރު ޕްރައިމަރީގައި ވާދަކުރައްވާ އަލީ އާޒިމް ވިދާޅުވި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.

އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި އަލީ އާޒިމް ވިދާޅުވީ މޭޔަރުކަމަށް އިންތިހާބުވެއްޖެނަމަ މާލޭގެ ބިންތައް ނުއަގުގައި މުއިއްޒު ދިން މައްސަލަ ފުލުހަށް ހުށަހެޅުމުގެ ބަދަލުގައި، ސިޓީ ކައުންސިލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އޭނާ މުއިއްޒު ގޮވައިގެން ކޯޓަށް ދާނެ ކަމަށެވެ.

"މިއަދުވެސް އެބައޮތް ސިޓީ ކައުންސިލަށް މުއިއްޒު ގޯސްކޮށް ކޮށްފައި ހުރި ކަންކަމުގެ ބަދަލު ހޯދަން ކޯޓަށް ދެވެން. ބަދަލު ހޯދަން. އެއީކީއެއް ކޮންމެހެން ފުލުސް އޮފީހަށް ހުށަހަޅަންޖެހޭ މައްސަލަތަކެއް ނޫން. މަދަނީ މައްސަލަތަކަކީ ސީދާ ކޯޓަށް ދެވޭނެ ގޮތަށް ގާނޫނުގައި ވެސް އެބައޮތް ސިޓީ ކައުންސިލަށް. އަޅުގަނޑު އިރާދަކުރެއްވިއްޔާ ދާނަން ކޯޓަށް ބަދަލު ހޯދަން،" އާޒިމް ވިދާޅުވި އެވެ.

Advertisement

އާޒިމް ވިދާޅުވީ މާލެ ސިޓީން ނުއަގުގައި ދީފައި ހުރި ބިންތަކުގެ މައްސަލަ ހައްލުކުރަން ބިންތައް ދީފައި ތިބި މީހުންނާ ވާހަކަ ދައްކާނެ ކަމަށާއި ވާހަކަ ދައްކައިގެން ވެސް ހައްލުވާނަމަ ކޯޓަށް ގޮސްގެން އެ ބިންތަކުގެ އެއްބަސްވުންތައް ބާތިލުކޮށް އަތުލާނެ ކަމަށެވެ.

"ނުއަގުގައި ހުރި ތަންތަން [ބިންތައް] ހަމަ އަގަށް ގެންނަން އަޅުގަނޑު އެ ފަރާތްތަކާ ވާހަކަ ދައްކާނަން. އެ ނުވެއްޖެ ކަމަށްވަނީނަމަ ކޯޓަށް ގޮސް އެ ކޮންޓްރެކްތްތައް ބާތިލުކުރާނަން. އެއްބަސްވުންތައް ބޭނުން ގޮތަކަށް ބޭނުން ވަގުތެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ހާމަކުރަމުންދާނަން،" އާޒިމް ވިދާޅުވި އެވެ.

ސިޓީ ކައުންސިލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މޭޔަރު ކަމަށް އިންތިހާބުވާ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލޯޔަރުންގެ ޓީމެއް އެކުލަވާލައި އެ މައްސަލަތައް ކޯޓަށް ވައްދަން ފަށާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މާލެއިން ކުއްޔަށް ދީފައިވާ 40 ޕަސަންޓު ބިމަކީ މުއިއްޒުގެ މޭޔަރުކަމުގައި ދީފައި ހުރި ބިންތަކެވެ. މިދިޔަ ނޮވެމްބަރުގައި ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ލިސްޓުން އެނގޭ ގޮތުގައި މުއިއްޒުގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލުގެ 157 ބިމުގެ ތެރެއިން 63 ބިން ވަނީ ކުއްޔަށް ދީފައިވެ އެވެ.

މާލެ އާއި ވިލިމާލެއިން އެތައް ބިމެއް މުއިއްޒުގެ މޭޔަރުކަމުގައި ކުއްޔަށް ދޫކޮށްފައިވާއިރު، މާލޭގެ މަގުތަކުން ޕާކިން ޖާގައިގެ ގޮތުގައި އެތައް ސަތޭކަ ޖާގައެއް ވެސް ވަނީ އެމަނިކުފާނުގެ މޭޔަރުކަމުގައި ކުއްޔަށް ދޫކޮށްފަ އެވެ. ނަމަވެސް އެއީ ގާނޫނާ ހިލާފު ކަމެއްކަމަށް، ކުރީގެ ބަންޑާރަނައިބު ލަފާ ދެއްވާފައި ވާތީ މިހާރު ވަނީ އެ ޖާގަތަކުގެ އެގްރީމެންޓު އައު ނުކުރަން ނިންމައިފަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox