ޕޮޗެޓީނޯ ވަކިކުރާއިރު ޕީއެސްޖީން 21 މިލިއަން ޑޮލަރު ދޭންޖެހޭ

Jun 13, 2022, 5:24 AM
ޕޮޗެޓީނޯ ވަކިކުރާއިރު ޕީއެސްޖީން 21 މިލިއަން ޑޮލަރު ދޭންޖެހޭ

ޕެރިސް (ޖޫން 13) - ޕީއެސްޖީގެ ކޯޗުކަމުން މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރަން ނިންމާފައިވާއިރު، އޭނާގެ ކޮންޓްރެކްޓްގައިވާ ބާކީ މުއްދަތަށް 21 މިލިއަން ޑޮލަރު ޕީއެސްޖީން ދައްކަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފާއިތުވި ހަފްތާގައި ކުރެވުނު މަޝްވަރާތަކަށް ފަހު ޕީއެސްޖީން ވަނީ ޕޮޗެޓީނޯ މަގާމުން ވަކިކުރަން ނިންމައިފަ އެވެ. ޕޮޗެޓީނޯއާ އެކު ޕީއެސްޖީން ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ. ޕީއެސްޖީން ޕޮޗެޓީނޯ ވަކިކުރާއިރު، 21 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ. އެއީ ބާކީ އަހަރަށް ޕޮޗެޓީނޯ އާއި ކޯޗިން ސްޓާފުންނަށް ދޭން ޖެހޭ ބަދަލެކެވެ.

މީގެ ކުރިން ޕީއެސްޖީން 2018 ވަނަ އަހަރު އެ ޓީމުގެ ކޯޗަކަށް ހުރި، ތޯމަސް ޓުޗެލް މަގާމުން ވަކިކުރިއިރު، ބަދަލެއްގެ ގޮތުގައި ވަނީ 8.3 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އަދި 2016 ވަނަ އަހަރު، ޕީއެސްޖީ އަށް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި، ލޯރެންޓް ބްލޮންކް މަގާމުން ވަކިކުރިއިރު، ޕީއެސްޖީން 23 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ.

މި ސީޒަނުގައި ޕީއެސްޖީން ވަނީ ޕޮޗެޓީނޯ، 50، ގެ ކޯޗުކަމުގައި ފްރެންޗް ލީގާއި ފްރެންޗް ކަޕް ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން ޕީއެސްޖީގައި ހުރި ގިނަ ކޯޗުންނެކޭ އެއްގޮތަށް ޕޮޗެޓީނޯ އަށް ވެސް ވަޒީފާ ގެއްލުނީ ޗެމްޕިއަންސް ލީގުގައި ނަތީޖާ ދަށްވުމުންނެވެ.

ޕީއެސްޖީން ޕޮޗެޓީނޯ ވަކިކުރުމަށް ފަހު އެ ޓީމުގެ ކޯޗުގެ މަގާމަށް ގެންނަން މަސައްކަތް ކުރަނީ ޒިނެދިން ޒިދާން ނޫނީ ކްރިސްޓޮފް ގަލްޓިއޭ އެވެ. ޒިދާން މި ވަގުތު އެއްވެސް ޓީމެއްގެ ވަޒީފާގައި ނެތް ނަމަވެސް ގަލްޓިއޭ ހުރީ ފްރެންޗް ލީގުގެ ނީސްގެ ކޯޗަކަށެވެ.

ޕީއެސްޖީން ހޯދަން މަސައްކަތް ކުރާ ކޯޗު ގަލްޓިއޭ: ޕީއެސްޖީން ދާދި ފަހުން ހަމަޖެއްސި ސްޕޯޓިން ޑިރެކްޓަރު ކެމްޕޯސް ވަނީ މީގެ ކުރިން ގަލްޓިއޭއާ އެކު ލިލްގައި މަސައްކަތްކޮށްފައި.--- ފޮޓޯ: އޭއެފްޕީ

ރިޕޯޓްތައް ބުނާގޮތުން ޒިދާންއާ އެކު ޕީއެސްޖީން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އަދި ޒިދާނާ ޕީއެސްޖީ ހަވާލުކުރަން ކުރާ މަސައްކަތް ނާކާމިޔާބުވެއްޖެނަމަ، ގަލްޓިއޭ ހޯދަން ޕީއެސްޖީން ކުރާ މަސައްކަތް ވަރުގަދަ ކުރާނެ އެވެ.

ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ގަލްޓިއޭ ހުރީ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވާން ތައްޔާރަށެެވެ. އެކަމަކު، އޭނާ އެ ގޮތަށް ނިންމާނީ މި ވަގުތު ހަވާލުވެހުރި ނީސް އިން ވެސް އެގޮތަށް ބޭނުންވެގެންނެވެ. ނީސްއާ އެކު ކޮންޓްރެކްޓެއް އޮއްވައި ގަދަބާރުން އެ ޓީމު ދޫކޮށްލަން ގަލްޓިއޭ ބޭނުމެއްނުވެ އެވެ.

މިދިޔަ އަހަރު ލިލް އަށް ފްރެންޗް ލީގު ކާމިޔާބު ކޮށްދިނުމަށް ފަހު، ދެ ދުވަސް ފަހުން އެ ޓީމުގެ ކޯޗުކަން ދޫކޮށްލައި ގަލްޓިއޭ ނީސްއާ ހަވާލުވީ އާ ޗެލެންޖެއް ނެގުމުގެ ބޭނުމުގަ އެވެ. ގަލްޓިއޭއާ އެކު ނީސް ނިންމާލީ މި ސީޒަނުގައި ފްރެންޗް ލީގުގެ ފަސް ވަނައިގަ އެވެ. އެއީ އޭގެ ކުރީ ސީޒަނާ އަޅާކިޔާއިރު، ހަތަރު ދަރަޖައިގެ ކުރިއެރުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox