ތިލްމީޒާގެ ބަދަލުގައި އެމެރިކާ ސަފީރަކަށް އަބްދުލްގަފޫރު މުހައްމަދު އައްޔަންކުރަނީ

ތިލްމީޒާ ހަސަން (ކ)، އަބްދުލްގަފޫރު މުހައްމަދު (ވ)--

ތިލްމީޒާ ހަސަން (ކ)، އަބްދުލްގަފޫރު މުހައްމަދު (ވ)--

ރާއްޖެއިން އެމެރިކާއަށް އައްޔަންކޮށްފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސައިންގެ ބަދަލުގައި އެ މަގާމަށް އަބްދުލްގަފޫރު މުހައްމަދު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

އެކި ގައުމުތަކަށް ރާއްޖޭން ކަނޑައަޅާ ސަފީރުންނާ މަގާމު ހަވާލުކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭތީ ރައީސް މަޖިލީހަށް މި ބަދަލު ހުށަހަޅުއްވާފައިވާ ކަން މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރީ މިއަދު އެވެ.

އެ މަގާމަށް އައްޔަން ކުރަން ފޮނުއްވެވި އަބްދުލްގަފޫރު މުހައްމަދު މިހާރު ހުންނަވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ.

ފޮރިން ސެކްރެޓެރީގެ މަގާމުގައި ހުންނަވަނިކޮށް އޭނާ އެ މަގާމަށް ބަދަލުކުރައްވާފައިވަނީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު އެވެ.

ނިއުޖާޒީގެ ރަމަޕޯ ކޮލެޖުގެ އެޑްޖަންކްޓް ޕްރޮފެސަރު އޮފް ސަސްޓެއިނެބިލިޓީގެ މަގާމާއި އެމެރިކާގެ ކްލައިމެޓް އެކްޝަން ނެޓްވޯކުގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯޗެއާގެ މަގާމު ވެސް އަދާކުރެއްވި ތިލްމީޒާ އެމެރިކާ ސަފީރުކަމަށް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އެވެ.

އެމެރިކާއިން އަނބުރާ ގެނައުމަށް ފަހު ތިލްމީޒާ ދެން ހަމަޖައްސާނީ ކޮން މަގާމަކަށް ކަން ވެސް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ ފަތްކޮޅު 2019 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތިލްމީޒާއަށް ދެއްވަނީ
އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ ފަތްކޮޅު 2019 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތިލްމީޒާއަށް ދެއްވަނީ

އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ ފަތްކޮޅު 2019 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތިލްމީޒާއަށް ދެއްވަނީ

ތިލްމީޒާއަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ ދައްތަ އެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ތިން ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަން ކުރަން ވެސް ހުށަހަޅާފަ އެވެ.

މިގޮތުން، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސާބިރު ކޮރެއާ ސަފީރުކަމަށް، އަދި ކިންގްޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގް، ނެދަލޭންޑްސްއާއި ލަގްޒަންބާގް އަށް ކަނޑައަޅާ ސަފީރުކަމަށް ވެސް އައްޔަން ކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

މި ސަފީރުންނަށް ރުހުން ދިނުމުގެ މައްސަލަތައް ދިރާސާކުރުމަށް މިއަދު ވަނީ މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox