އެމް-ފައިސާ: އެންމެ ފުރިހަމަ އަދި ރައްކާތެރި ޑިޖިޓަލް ވޮލެޓު

އެމް-ފައިސާއިން އިންޓަނޭޝަނަލް ރެމިޓަންސް ތައާރަފުކުރުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެނީ: އެމް-ފައިސާއަކީ ފައިސާ ދެއްކުމާއި ޓްރާންސްފާ ހިދުމަތް ލިބޭ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމް-ފައިސާއިން އިންޓަނޭޝަނަލް ރެމިޓަންސް ތައާރަފުކުރުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެނީ: އެމް-ފައިސާއަކީ ފައިސާ ދެއްކުމާއި ޓްރާންސްފާ ހިދުމަތް ލިބޭ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މީގެ އަހަރުތަކެއް ކުރިން އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، "އެމް-ފައިސާ" އެ ކުންފުނިން ތައާރަފުކުރީ މައިގަނޑު އެއް ބޭނުމެއްގަ އެވެ. އެއީ ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާ އެކު ދިރިއުޅުމަށް އަންނަ ފަސޭހަތައް ދިވެހިންނާ ހަމައަށް ގެނެސްދިނުމެވެ. އެ ކުންފުނިން ގެންގުޅޭ "ޑިޖިޓަލް ރާއްޖެ" އަމާޒަށް ވާސިލުވާނެ ހުރިހާ މަގެއް ކޮށުމެވެ.

އެފަހުން މިވީ ފަސް އަހަރު ދުވަހުގެ ތެރޭގައި އެމް-ފައިސާއިން އެކަން ކޮށްފި އެވެ. ކަސްޓަމަރުންގެ އިތުބާރު ހޯދާ، ޑިޖިޓަލް ވޮލެޓުތަކުގެ ތެރެއިން ހާއްސަ ޖާގައެއް ހޯދައިފި އެވެ.

މިހާރު އެމް-ފައިސާއަކީ ފައިސާ ނެގުމާއި، ޖަމާކުރުމުގެ އިތުރުން ޓްރާންސްފާ ކުރުމާއި ވިޔަފާރި ކުރުން އެފަދަ ދެވަނައެއް ނެތް ވަސީލަތެކެވެ. ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދެއް ވިޔަސް، ކޮންމެ މަހަކު ދައްކަން ޒަރޫރީ ބިލެއް ވިޔަސް، އެމް-ފައިސާ ފުދެ އެވެ.

Advertisement

ޒަމާނީ، ފަސޭހަ، ރައްކާތެރި ޕޭމަންޓް އެޕްލިކޭޝަނެއް

އެންމެ ފަހުގެ ފީޗާތަކާ އެކު ވަގުތުން ވަގުތަށް ޕޭމަންޓުތައް ފުރިހަމަ ކުރެވޭ އެމް-ފައިސާ ޑިޖިޓަލް ވޮލެޓުގެ އެންމެ ކަމުދާ އެއް ފީޗާއަކީ ކަސްޓަމަރުންނަށް ލިބޭ ރައްކާތެރިކަމުގެ ޔަގީންކަމެވެ. އެމް-ފައިސާ މެދުވެރިކޮށް ޑިޖިޓަލް ޕޭމަންޓް ހިދުމަތް ދެމުން ދާތާ މިވީ ދުވަސްތަކުގެ ތެރޭގައި އެ ހިދުމަތުގެ އެއްވެސް މައްސަލައެއް ދިމާވެފަައި ނެތް ކަމަށް ވެސް އުރީދޫ އިން ބުނެ އެވެ.

ކަސްޓަމަރުންގެ މެދުގައި މި އެޕް އެންމެ މަގުބޫލު އެއް ސަބަބަކީ ވެސް މިއީ އެވެ. ކަސްޓަމަރުން އެކަންޏެއް ނޫނެވެ. އެމް-ފައިސާ އެޕަކީ ސަރަހައްދީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ އެޕެކެވެ. މިހާތަނަށް އެމް-ފައިސާއަށް ލިބިފައިވާ އެވޯޑުތަކުގެ ތެރޭގައި:

  • ޓެލެކޮމް އޭޝިއާ އެވޯޑު 2019 - "މޯސްޓް އިނޮވޭޓިވް މޯބައިލް ޕޭމެންޓް އެޕްލިކޭޝަން" އެވޯޑު
  • އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސް 2021 - "ބްރޮންޒް ސްޓީވީ - އެކްސެލަންސް އިން ކޮންސިއުމާ ޕްރޮޑަކްޓް އެންޑް ސާވިސް އިންޑަސްޓްރީސް" ، އަދި
  • އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސް 2022 - "ސިލްވާ ސްޓީވީ - އެކްސެލަންސް އިން ކޮންސިއުމާ ޕްރޮޑަކްޓް އެންޑް ސާވިސް އިންޑަސްޓްރީސް"، ހިމެނެ އެވެ.

އެމް-ފައިސާއިން ލިބޭ ހިދުމަތްތައް

އެމް-ފައިސާ ކަސްޓަމަރުންނަށް ކެފޭ ރެސްޓޯރަންޓް ތަކުގެ ބިލްގެ އިތުރުން، ފެން ބިލް، ކަރަންޓު ބިލް އަދި އުރީދޫގެ ބިލް ވެސް ދެއްކޭނެ އެވެ.

އެމް-ފައިސާ އިން ބިލު ދެއްކޭ ކުންފުނިތަކުގެ ތެރޭގައި:

  • ސްޓެލްކޯ
  • އެމްޑަބްލިއުއެސްސީ
  • މީޑިއާނެޓު
  • އުރީދޫ، އަދި
  • މޯލްޑިވް ގޭސް އާއި ވިލާ ގޭސް އެވެ.

ފައިސާ ދެއްކޭ އެހެނިހެން ތަންތަން:

  • އަމާނާ ތަކަފުލް އިންޝޫރެންސް
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)
  • ރެސްޓޯރަންޓު، ކެފޭ، ފިހާރަ، އަދި
  • ކެންގަރޫ ކިޑްސް، ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް، ބިލަބޮންގް ހައި އަދި އަމީރު އަހްމަދު ސްކޫލެވެ.

އެމް-ފައިސާގެ އެންމެ ހާއްސަ އެއް ކަމަކީ ތަފާތު އެންޖީއޯތަކަށް ފައިސާވެސް މި އެޕް މެދުވެރިކޮށް ހަދިޔާ ކުރެވޭނެ މަގުފަހިވެފައި ވުމެވެ. އެެގޮތުން، އެމް-ފައިސާ މެދުވެރިކޮށް އެހީ ދެވޭ އެންޖީއޯތަކަކީ:

  • ފިޔަވަތި
  • ކުޑަކުދިންގެ ހިޔާ
  • ކެންސާ ސޮސައިޓީ
  • މޯލްޑިވްސް ޑެފް އެސޯސިއޭޝަން
  • މިޝަން ފޯ މައިގްރަންޓް ވޯކާސް
  • މޮމްސް އެންޖީއޯ އެވެ.

ދާދިފަހުން، އުރީދޫން ވަނީ ވައިބާ މެދުވެރިކޮށް ފައިސާ ފޮނުވޭނެ ގޮތް ވެސް ހަދައިފަ އެވެ. ވައިބާގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވުމަށް:

  • ވައިބާ ޗެޓް ހުޅުވާލާ
  • ޖިފް ހުޅުވާލުމަށް ފަަހު އެމް-ފައިސާ ހިޔާރުކުރައްވާ،
  • ސެންޑް މަނީ ހިޔާރުކުރަައްވާ،
  • އެމް-ފައިސާ އެކައުންޓަށް ލޮގިން ވުމަށް ޓަކައި ޕިން ޖަަައްސަަވާާ،
  • ފަައިސާާ ފޮނުވަން ބޭނުން ފަރާތުގެ ނަންބަރާއި އަަދަަދު ޖެއްސަަވުމަށްފަަހު ޔަަގީންކުރައްވާ، އަދި
  • ޝެެއާ ރިސިޕްޓް ހިޔާރު ކުރެއްވުމުން ވައިބާ މެދުވެރިކޮށްްް ކޮންްފަަަމޭޝަން މެސެޖު ލިބިވަަޑަައިގަަންނަަވާާނެ އެވެ.

އުރީދޫން އަންނަނީ އެމް-ފައިސާ ބޭނުންކުރާ މީހުންނަށް އަމާޒުކޮށް ހާއްސަ ކޭޝްބެކް ޕްރޮމޯޝަންތައް ވެސް ހިންގަމުންނެވެ. ހަމައެހެންމެ ބީއެމްއެލް، އެމްއައިބީ، އެސްބީއައި އަދި އެމް-ފައިސާ އޭޖެންޓުން މެދުވެރިކޮށް މިހާރު ޑިޖިޓަލް ވޮލެޓަށް ފައިސާ އަޅާލެވޭނެ އެވެ.

އެމް-ފައިސާ ހިދުމަތް އެންމެނަށް ހުޅުވާލެވިފައި

އެމް-ފައިސާއަކީ ހަމައެކަނި އުރީދޫގެ ކަސްޓަމަރުންނަށް ބޭނުންކުރެވޭ އެޕެއް ނޫނެވެ. ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގައި އުޅޭ ނަމަވެސް އުރީދޫގެ އެމް-ފައިސާ އަށް ރެޖިސްޓާކޮށް ބޭނުންކުރެވޭނެ އެވެ.

އެމް-ފައިސާއަށް ރަޖިސްޓާ ވާން:

  • އުރީދޫ އެޕް ހުޅުވާލާ
  • އެމް-ފައިސާ ޓެބް ހުޅުވާލުމަށް ފަހު ރެޖިސްޓްރޭޝަން ހިޔާރުކުރައްވާ
  • ފުރަން ޖެހޭ ތަފްސީލުތައް ފުރުއްވުމަށް ފަހު ފޯނަށް އަންނަ އޯޓީޕީ ޖައްސަވާ
  • ފޯނު ނަންބަރު ޖެއްސެވުމަށް ފަހު ހަތަރު ޑިޖިޓްގެ ޕިން އެއް ޖައްސަވާ
  • ފޯނު ނަންބަރު ޖެއްސެވުމަށް ފަހު ކުރިން ޖެހި ޕިން އަލުން ޖައްސަވާ
  • ފޯނަށް އަންނަ އޯޓީޕީ ޖެއްސެވުމަށް ފަހު ރެޖިސްޓްރޭޝަން ފުރިހަމަކުރައްވާ

އުރީދޫ މޯލްޑިވްސްއިން އަންނަނީ މި ހިދުމަތް އިތުރަށް ވެސް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިހާރު އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ކުރިޔަށް އޮތް ހަފުތާއެއްގެ ތެރޭގައި އިންޓަނޭޝަނަލް ރެމިޓެންސް ހިދުމަތް ރަސްމީކޮށް ފަށާށެވެ.

މިއާ އެކީ މިހާރު ވެސް އެންމެ ފުރިހަމަ އެއް ޑިޖިޓަލް ވޮލެޓުގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނަ އެމް-ފައިސާގެ ހިދުމަތް ބައިނަލްއަގުވާމީވެ، އިތުރު ފުރިހަމަކަމެއް އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox