ނޭޝަންސް ލީިގު: އިންގްލެންޑަށް މޮޅެއް ނުލިބި ހާސްކަން، ޖަރުމަނަށް ތިން ވަނަ އެއްވަރު

Jun 11, 2022, 10:28 PM
އިޓަލީގެ ޑި ލޮރެންޒޯ (ވ) ކައިރިން އިންގްލެންޑްގެ ގްރީލިޝް ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

އިޓަލީގެ ޑި ލޮރެންޒޯ (ވ) ކައިރިން އިންގްލެންޑްގެ ގްރީލިޝް ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ވުލްވްސް (ޖޫން 12) - ނޭޝަންސް ލީގުގައި މިރޭ އިންގްލެންޑް ކުޅުނު މެޗުން ލަނޑެއް ނުޖެހި 0-0 އިން އިޓަލީއާ އެއްވަރުވިއިރު، ޖަރުމަނުން ހަންގޭރީއާ 1-1 އިން އެއްވަރުވެ، ޖެހިޖެހިގެން ތިން ވަނަ މެޗު އެއް ނަތީޖާ އަކުން ނިންމާލައިފި އެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އެކެއްގެ ގްރޫޕް ސީގެ އެއް ވަނައިގައި އިޓަލީ އޮތީ ތިން މެޗުން ފަސް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ހަންގޭރީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އޮތްއިރު، ތިން ވަނައިގައި ޖަރުމަނު އޮތީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތް އިންގްލެންޑަށް ވަނީ ތިން މެޗުން ދެ ޕޮއިންޓް ލިބިފަ އެވެ.

މިދިޔަ އަހަރުގެ ޔޫރޯ ފައިނަލުގައި އިޓަލީން ޕެނަލްޓީ ޖަހައިގެން އިންގްލެންޑް ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި މެޗުގައި ސަޕޯޓަރުންގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ބަލާފައި، މިރޭ ކުޅުނު މެޗަށް ސަޕޯޓަރުން ނުވައްދަ އެެވެ. އެކަމަކު، ގަވާއިދުގެ ތެރެއިން ހުއްދަ ލިބޭތީ ކޮންމެ ވެސް ވަރަކަށް ކުޑަކުދިން ދަނޑަށް ވެއްދި އެވެ.

ވުލްވްސްގެ މޮލިނެއުކްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އިންގްލެންްޑްގެ މޭސަން މައުންޓް ޖެހި ބޯޅައެއް ހުރަސްދަނޑީގައި ޖެހުނެވެ. ގޯލެއް ޖަހަން މުޅިން ހުސްކޮށް ރަހީމް ސްޓާލިން އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އަނެއްކޮޅުން އިޓަލީގެ އެޓޭކްތައް ހުއްޓުވަން އިންގްލެންޑް ގޯލު ބެލެހެއްޓި އާރޮން ރަމްސްޑޭލް ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.

އިންގްލެންޑުން މި ފަހަރުގެ ނޭޝަންސް ލީގު ފެށީ 1-0 އިން ހަންގޭރީ އަތުން ބަލިވި މެޗުންނެވެ. އޭގެ ފަހުން ޖަރުމަނާއި އިޓަލީއާ މި ވަނީ އެއްވަރުވެފަ އެވެ.

ޖަރުމަނުގެ ހޮފެމަން މިރޭ ހަންގޭރީ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޖަރުމަނު މިރޭ ކުޅުނު މެޗުން ހަންގޭރީއާ އެއްވަރުވިއިރު، މި މެޗުގައި ޒޯލްޓް ނާގީ ހަންގޭރީ އަށް ލީޑުނަގައިދިން ނަމަވެސް ޖަރުމަނުގެ ޖޮނަސް ހޮފެންމަން ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ހޮފްމަން މި ވަނީ ޖެހިޖެހިގެން ދެ މެޗުގައި ޖަރުމަނަށް ގޯލު ޖަަހައިދީފަ އެވެ. މި މެޗުގެ ނަތީޖާއާ އެކު ޖަރުމަނުގެ ކޯޗުކަމާ ހަންސީ ފްލިކް ހަވާލުވި ފަހުން ބަލިނުވެ އެ ޓީމުން 12 ވަނަ މެޗު ނިންމާލިއިރު، ނޭޝަންސް ލީގުގައި އަދި އޮތީ މޮޅެއް ނުލިބި އެވެ.

ނޭޝަންސް ލީގުގެ ގްރޫޕް ޑީގެ ދެ މެޗު ވެސް މިރޭ ވަނީ އެއްވަރުވެފަ އެެވެ. ބެލްޖިއަމް އާއި ވޭލްސް އެއްވަރުވީ 1-1 އިންނެވެ. ނެދަލެންޑްސް އާއި ޕޮލެންޑް އެއްވަރުވީ 2-2 އިންނެވެ.

ބެލްޖިއަމްގެ ޔޫރީ ޓިއެލަމަންސް ވަނީ މެޗުގެ 51 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ވޭލްސް އަށް އެއްވަރުކޮށްދިނީ އާރޮން ރަމްސޭ ދިން ބޯޅައަކުން މެޗުގެ 86 ވަނަ މިނިޓްގައި ބްރެނަން ޖޯންސަން އެވެ.

ޕޮލެންޑުން ވަނީ މިރޭ ރަށުންބޭރުގައި ކުޅުނު މެޗުގައި މެޓީ ކޭޝް އާއި ޕިއޮޓްރޭ ޒިއެލިންސްކީގެ ގޯލުތަކުން ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު، ލުއީ ވެން ހާލްގެ ކޯޗުކަމުގައި ކުޅޭ ނެދަލެންޑްސް އިން ވަނީ ދެ ވަނަ ހާފުގައި ހަތަރު މިނިޓް ތެރޭ ޑޭވީ ކްލާސެން އާއި ޑެންޒެލް ޑަމްފްރީސްގެ ގޯލުތަކުން އެއްވަރުކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ނެދަލެންޑްސް މޮޅުކޮށްދޭން ލިބުނު ރަނުގެ ފުރުސަތުގައި މެމްފިސް ޑިޕާއި ޖެހި ޕެނަލްޓީ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox