ހަތަރު އަންހެނެއް ގައިގައި ދަތްއެޅި މީހާގެ މައްޗަށް ފަސް ދައުވާއެއް

ގއ. ވިލިނގިލި މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: ޖަމްޝީދު އަލީ

ގއ. ވިލިނގިލި މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: ޖަމްޝީދު އަލީ

ގއ. ވިލިނގިލީގައި ގެއަކަށް ވަދެ އެ ގޭގެ ތިބި ހަތަރު އަންހެނެއްގެ ގައިގައި ދަތް އަޅައި، އެއިން އެކަކުގެ އިނގިލި ބުރިކޮށްލި މީހާގެ މައްޗަށް ފަސް ދައުވާއެއް އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު، ގއ. ވިލިނގިލި، ޝާދީވިލާ ގެއަށް ހުއްދަނުހޯދައި ވަދެ، އެގޭގައި ތިބި ބަޔަކާމެދު މާރާމާރީ ހިންގައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި، ކ. މާލެ، ގ. ޗެރީހައުސް، އަލީ ހަސަންގެ މައްޗަށް ފަސް ދައުވާއެއް ކުރުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާއި ގައިގާ އަތްލުމުގެ ކުށުގެ ދައުވާއާއި އަނިޔާއެއް ދިނުމުގެ ކުށުގެ ތިން ދައުވާ އެވެ. މި ފަސް ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، ޖުމްލަ ތިން އަހަރާއި 2 އަހަރާއި 10 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މި މައްސަލައިގައި ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު މިމަހު ކުރީކޮޅު ވިލިނގިލީ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

ޕީޖީން މިއަދު ބުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދިފައިވާ ކަމަށާއި، ބަންދާ ގުޅޭ އަޑުއެހުމެއް މި މަހުގެ 13 ވަނަ ދުވަހަށް ތާވަލްކޮށްދީފައިވާ ކަމަށެވެ.

ވިލިނގިލީ ކޯޓުން އޭނާ ދޫކޮށްލާފައިވަނީ އޭނާގެ ބަންދާ މެދު މެޖިސްޓްރޭޓް ކޯޓުގައި އޮތް ޝަރީއަތަށް ހާޒިރުކުރުމުން، ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައެއްގައި ފަސް މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައި ވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި އޭނާ ވަދެ، މާރާމާރީ ހިންގާފައިވަނީ އޭނާގެ ކުރީގެ އަނބިމީހާގެ އުޅޭ ގޭގަ އެވެ. އަނިޔާވި މީހުންގެ ތެރޭގައި އަލީ ހަސަންގެ ކުރީގެ އަނބިމީހާ ވެސް ހިމެނޭކަން އެނގިފައިވެ އެވެ.

އަނިޔާ ލިބުނު ހަތަރު އަންހެނުންގެ ތެރެއިން އެކަކުގެ އިނގިލިން އެއް ސެންޓި މީޓަރު ވަރުގެ ތަނެއް ދަތް އަޅައި ކަނޑާލައިފަ އެވެ. އުމުރުން ދުވަސްވީ އަންހެނެއްގެ އަތުގެ އިނގިލި ބިންދާލާފައިވާއިރު، އިތުރު އަންހެނެއްގެ ފަޔާއި އަތުގައި ދަތް އަޅައި އަނިޔާދީފައިވާ ކަން އަމުރުން އެނގެ އެވެ.

މީނާ ޝަރީޢަތް ނިމެންދެން ބަންދުކޮށްދެއްވުން އެދި 07 ޖޫން 2022 ގައި ފޯމް ހުށަހަޅާފައިވީނަމަވެސް، ބަނދާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމުގެ އަޑުއެހުމެއް ކޯޓުން މިހާތަނަށް ތާވާލުކޮށްދެއްވާފައި ނުވޭ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox