މިދިޔަ އޭޕްރިލް މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި 1.28 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.
މިއީ ވޭތުވެދިޔަ 2021 ގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 63 ޕަސެންޓު އިތުރު އަދަދެކެވެ. އަދި، މި އަހަރުގެ މެއި މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ވަރަށް ވުރެ 12.8 ޕަސެންޓު އިތުރު އަދަދެއް ކަމަށް މީރާ އިން ބުނެ އެވެ.
"އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމާއި، އެއަޕޯޓު ޓެކުހާއި ފީ ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު އާމްދަނީއަށް ލިބިފައިވާ ކުރިއެރުން،" މީރާ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އޭގެ އިތުރުން ޖީޖީއެސްޓީ އަދި ނަން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް ގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް މީރާ އިން ބުންޏެވެ.
titledesc

އޭގެ އިތުރުން، މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި ވަނީ 53.47 މިލިއަން އެމެރިކާ ޑޮލަރު ވެސް ބަލައިގެންފަ އެވެ.












