ވެލެންސިއާގެ ކޯޗަކަށް ގަޓޫސޯ ހަމަޖައްސައިފި

Jun 10, 2022, 3:26 AM
ވެލެންސިއާގެ ކޯޗަކަށް ގަޓޫސޯ ހަމަޖައްސައިފި

ވެލެންސިއާ (ޖޫން 10) - ސްޕެނިޝް ލީގުގެ މަޝްހޫރު ކްލަބް، ވެލެންސިއާގެ ކޯޗަކަށް އިޓަލީގެ ލެޖެންޑް، ޖެނާރޯ ގަޓޫސޯ ހަމަޖައްސައިފި އެވެ.

ކުރިން އޭސީ މިލާނަށް ކުޅުނު ގަޓޫސޯ، 44، ނަޕޯލީގެ ކޯޗުކަމުން 2021 ވަނަ އަހަރުގެ މެއި މަހު ވަކިވި ފަހުން، އޭނާ ރަސްމީކޮށް އެއްވެސް ކްލަބަކާ ހަވާލެއް ނުވެ އެވެ. ފިއޮރެންޓީނާގެ ކޯޗުކަން މިދިޔަ އަހަރު ގަޓޫސޯއާ ހަވާލުވި ނަމަވެސް، ކޮންޓުރެކްޓް ރަސްމީކޮށް ފެށުމުގެ ކުރިން ދެ ފަރާތުން އެއްބަސްވެގެން ކޮންޓުރެކްޓް ވަނީ އުވާލައިފަ އެވެ.

ނަޕޯލީގެ ކޯޗުކަމުގައި ހުރިއިރު، އެ ކްލަބާއެކު ގަޓޫސޯ ވަނީ އިޓާލިއަން ކަޕް ކާމިޔާބުކޮށްފަ އެވެ. ވެލެންސިއާގެ ކޯޗުގެ މަގާމުގައި ހުރި ހޯސޭ ބޮރްދަލާސް އެ މަގާމުން ވަކިކުރީ މިދިޔަ ހުކުރު ދުވަހު އެވެ. މިދިޔަ ސީޒަންގެ ސްޕެނިޝް ލީގު ވެލެންސިއާ ނިންމާލީ ނުވަ ވަނައިގަ އެވެ.

ވެލެންސިއާގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ގަޓޫސޯ ބުނީ އެ ކްލަބުގެ މުއްސަނދި ސަގާފަތެއް އެބައޮތް ކަމަށާއި ތާރީހަށް ބަލާއިރު ވެލެންސިއާ އިން ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. ވެލެންސިއާ ދަނޑުގައި ބޮޑެތި ނަތީޖާތަކެއް އެ ޓީމުން ނެރެފައިވާކަން އެނގޭ ކަމަށާއި މިއީ އެ ސްޓޭޑިއަމަށް 100 އަހަރު ފުރޭ އަހަރު ކަމަށްވާއިރު، ވެލެންސިއާ ސަޕޯޓަރުންނާ އެކު ކުރިއަށް އޮތް ސީޒަނުގައި ރަނގަޅު މެޗުތަކެއް ނިންމާލަން ބޭނުންވާ ކަމަށް ގަޓޫސޯ ވަނީ ބުނެފަ އެވެ.

ވެލެންސިއާ އަށް ގަޓޫސޯ ގެންނަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި އިޓަލީގެ މަޝްހޫރު ފޯވާޑް މާރިއޯ ބަލޮޓެލީ ހިމެނެ އެވެ. ބަލޮޓެލީ ކުޅެމުން އަންނަނީ އަޑާނާ ޑެމިރްސްޕޯރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox