ކޮވިޑް ވެކްސިން ޖަހަން މަޖުބޫރު ކުރުމުން ކޯޓަށް މައްސަލައެއް ހުށަހަޅައިފި

ކޮވިޑް ވެކްސިން ޖެހުމަށްފަހު ދޭ ވެކްސިން ކާޑު ހިފައިގެން-- ފޮޓޯ: އަދަދު

ކޮވިޑް ވެކްސިން ޖެހުމަށްފަހު ދޭ ވެކްސިން ކާޑު ހިފައިގެން-- ފޮޓޯ: އަދަދު

ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ވެކްސިން ޖަހަން މަޖުބޫރު ކުރި ކަމަށް ބުނެ، އާންމު ފަރާތަކުން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

2020ވަނަ އަހަރު މާޗްމަހު ރާއްޖޭގައި ފެތުރެން ފެށި ކޮވިޑުން އަރައިގަނެ އެންމެންގެ ރައްކާތެރިކަމަށް ވެކްސިން ޖަހަން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

އަދި އެ ފަހުން ވެކްސިން ނުޖަހާ މީހުން ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތި ކުރުވި އެވެ. އެގޮތުން ވެކްސިން ނުޖަހާ މީހުންނަށް އަންނަ ކެފޭތަކާއި ހޮޓާ އަދި ރެސްޓޯރަންޓުތަކުގައި ތިބެ ހިދުމަތް ނުދިނުމާއި ޖިމްތަކާއި ސެލޫންތަކާއި ސިނަމާތަކަށް ވެސް ނުވަދެވޭ ގޮތަށް އުސޫލެއް ހެދި އެވެ.

ވެކްސިން ނުޖަހާ ނަމަ އޮފީސްތަކަށް ދިއުމުގައި ވެސް ދަތިތަކެއް ކުރިމަތިވާ ގޮތަށް އުސޫލް އެކުލަވާލައި، އެ މުވައްޒަފުން ކޮންމެ ދެ ހަފުތާއަކުން ޕީސީއާރު ޓެސްޓް ހުށަހަޅަން އެންގި އެވެ.

ނަން ހާމަ ކުރަން ބޭނުން ނުވާ އެ މީހާ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އެފަދަ ކަމެއް ކުރާނަމަ ކުރަން ޖެހޭނީ އަމިއްލަ ރުހުމުގައި ކަމަށް ބުނެ އެވެ. މަޖުބޫރު ކަމެއް އޮވެގެން ވެކްސިން ޖަހަން ނުޖެހޭނެ ކަމަށް ބުނެ އެވެ.

"ބައެއް މީހުން އެބަހުރި ވެކްސިން ޖަހާ މަރުކަޒަށް ގޮއްސަ ވެކްސިން ޖަހާ ފޯމުގަ، ތިމަންނަގެ ރުހުމެއް ނެތޭ ލިޔެފައި. މަޖުބޫރުވެގެންނޭ މި ޖަހަނީ. ވަޒީފާއަށް ނުދެވޭތީއޭ. އެހެން އޮންނަ އިރުވެސް އެބަ ޖަހާ،" މި މައްސަލަ ހުށަހެޅި މީހައާ އެއްކޮޅަށް މި ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖެއިން ސޮއި ކޮށްފައި ހުރި ބައިނަލް އަގުވާމީ މުއާހަދާ ތަކުގައި ވެސް ބޭސް ފަރުވާގެ ކަންކަމަކީ އެ ކުރާމީހާގެ ރުހުމާ އެކު ކުރަން ޖެހޭ ކަމެއް ކަމަށް އޮންނަ ކަމަށް ވެސް އޭނާ ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

ރާއްޖޭގައި މެޑިކަލް އެކްސިޑެންޓްގެ ގާނޫނެއްވެސް ހަދާފާ ނުވާ ކަމަށާއި އެ ލެވެލްއަށް ނެގްލިޖެންސް ބަލާނެ މުއައްސަލާއެއް ނެތް ކަމަށް އޭނާގެ މައްސަލާގައި ފާހަގަ ކޮށްފައިވެ އެވެ.

އޭނާގެ މައްސަލާގައި އިތުރަށް ބުނެފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެކްސިން ޖެހުމުން އެ އަންނަ ބަދަލުތަކަށް ނުވަތަ ލިބޭ އަނިޔާ ތަކަށް ފަރުވާދީ ބަލަހައްޓާނެ ނިޒާމުތަކަކާއި ގާނޫނުތަކެއް ހަދާފައި ހުންނަ ނަމަވެސް ރާއްޖޭގައި މިފަދަ އެއްވެސް ކަމެއް ނެތް ކަމަށެވެ.

"އެހެން ގައުމުތަކުން އެފަދަ ކަންކަން ބެލުމަށް ހާއްސަ ކޯޓުތައް ހުރޭ. ރާއްޖޭގަ އަމަލު ކުރަނީ ޑަބްލިޔުއެޗްއޯއިން ބުނާ ގޮތަށް. އެތައް ބަޔަކު އެބަހުރި ވެކްސިން ޖެހި ފަހުން ކުރިން ނުވާ ކަންކަން ދިމާވެގެން ޑޮކްޓަރަށް ދައްކާފަ،" ވެކްސިން ޖެހުން މަޖުބޫރު ކުރި ކަމަށް ބުނެ މައްސަލަ ހުށަހެޅި މީހާއާ އެއްކޮޅަށް ވާހަކަ ދައްކަމުން އެކަމުގައި ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

މިއީ ކޮވިޑް ވެކްސިން ޖެހުމާ ދެކޮޅަށް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ ނަމަވެސް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންދާ ގިނަ ބަޔަކު ތިބި ކަމަށް އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޝިފާން އަހުމަދު ބުންޏެވެ.

އޭނާ އިތުރަށް ބުނީ އިތުރު މައްސަލަތަކެއްވެސް ހުރި ކަމަށާއި އެގޮތުން ފުލުހުންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއްވެސް ހިމެނޭ ކަމަށެވެ.

"ލީފްލެޓް ތަކެއް ގެނެސްގެން އެކި އެކި ސަރުކާރު އިދާރާ ތަކަށް ދޭންވެގެން މާ ބޮޑު ކުރިއެރުމެއް ނުލިބިގެން، ޖަމިއްޔާއެއް ހަދާފަ ރިޕޯޓެއް ނެރުނީ ވެކްސިން މަޖުބޫރު ކުރާ ކަމަށް ބުނެ. އެޗްޕީއޭން އަންގައިގެން އެ ޖަމިއްޔާ އުވާލީ. އެ މައްސަލަވެސް މިހާރު ވާނީ ކޯޓުގައި،" ޝިފާން ބުންޏެވެ.

ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ކުރުމާ ދެކޮޅަށް ވާހަކަ ދައްކަމުން ޝިފާން ބުނީ ތަހުލީލު މަރުހަލާއެއްގައި އޮތް ވެކްސިނެއް މަޖުބޫރު ނުކުރުވޭނެ ކަމަށެވެ.

އެޗްޕީއޭން އެންމެ ފަހުން އާންމު ކޮށްފައިވާ ވެކްސިންގެ މައުލޫމާތު ތަކަށް ބަލާއިރު، ފުރަތަމަ ޑޯސް 398،727 މީހުން ޖަހާފައިވެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ 88.06 ޕަސެންޓު މީހުންނެވެ.

ދެވަނަ ޑޯޒް 384،274 މީހުން ޖަހާފައި ވާއިރު އެއީ އާބާދީގެ 84.87 ޕަސެންޓް މީހުންނެވެ. އަދި ބޫސްޓާ ޑޯޒް ޖަހާފައި ވަނީ އާބާދީގެ 35.68 ޕަސެންޓެވެ. އެއީ 161.562 މީހުންނެވެ.

ވެކްސިން ޖެހުމާ ދެކޮޅު

ސްކޫލަށް ދަރިން ނުފޮނުވުމާއި ވެކްސިން ނުދިނުން ފަދަ ކަންކަމާ ދެކޮޅު މީހުންގެ މައްސަލަތަކެއް އެކި ދުވަސް މަތިން ފެންމަތިވެ އެވެ. އެގޮތުން 2020 ވަނަ އަހަރާ ހަމައަށް ތައުލީމުން މަހްރޫމްކޮށް ސްކޫލަށް ނުފޮނުވާ ކުދިންގެ އަދަދު 250 އަށް ވުރެން މަތި ކަމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބުނެފައިވެ އެވެ.

ހަމަ އެހެންމެ ވެކްސިން ނުދޭ އަދަދު ވެސް ވެސް ކަންބޮޑުވާ މިންވަރަށް އިތުރު ކަމަށް އެ މުއައްސަސާ އިން ބުނެފައިވެ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން ބަލިތަކުން ރައްކާތެރިވުމަށް ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިން ދިނުމަކީ މައިންބަފައިންގެ މައްޗަށް ލާޒިމް ކަމެކެވެ. އަދި އެކަންކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭ ގޮތަށް ވެސް އެ ގާނޫނުގައި ހިމަނާފައިވެ އެވެ.

ސިއްހީ ގޮތުން ކުއްޖާ ރައްކާތެރި ކުރުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވުމުގެ ސަބަބުން ކުއްޖަކަށް ގެއްލުމެއް ލިބިއްޖެ ނަމަ އެއީ ތިން އަހަރަށް ޖަލަށް ލެވޭނެ ކުށެކެވެ.

އަދި އެ ނޫނަސް، އެ ކުއްޖާއާ މެދު ބެލެނިވެރިންގެ މައްޗަށް އޮތް ޒިންމާއަކާ ހިލާފަށް އަމަލުކޮށްފި ނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާ ކުރެވިދާނެ ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.

ކުޑަކުދިންނަށް ވެކްސިން ނުދިނުމުގެ ބައެއް މައްސަލަތައް މިފަހުން ވަނީ ފެންމަތިވެފަ އެވެ. އެގޮތުން މި ފަހުން ފުރަތަމަ ފަހަރަށް ހިމަބިހި ފެނުނީ ވެސް ވެކްސިން ނުދީ ހުރި ތިން އަހަރުގެ ކުއްޖެއްގެ ގައިންނެވެ.

ރ. މަޑުއްވަރީގެ އާއިލާތަކެއްގެ ތެރޭގައި ހަރުކަށި ފިކުރު ބޮޑުވެ ކުދިންތަކެއް ސްކޫލަށް ނުފޮނުވައި ވެކްސިން ނުދީ ގެންގުޅުނެވެ. އެކަމަށް މި ފަހުން ކަމާބެހޭ އިދާރާތަކުން ވަނީ ހައްލު ހޯދައިފަ ބެލެނިވެރިންނަށް އަދަބުވެސް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox