ބްރިޖް އަވަސްކުރަން އިތުރު 26 މިލިއަން ޑޮލަރު ހޭދަ ނުކުރާނަން: ރައީސް

މާލޭން ތިލަފުއްޓާ ހަމައަށް ގުޅުވައިދޭ ބްރިޖްގެ މަޝްރޫއުއަށް ސާވޭގެ މަސައްކަތް ކުރަނީ: ބްރިޖް އަވަސްކުރަން އިތުރު ފައިސާ ނަގަން އުޅޭ ވާހަކަ ރައީސް ދޮގުކޮށްފި

މާލޭން ތިލަފުއްޓާ ހަމައަށް ގުޅުވައިދޭ ބްރިޖްގެ މަޝްރޫއުއަށް ސާވޭގެ މަސައްކަތް ކުރަނީ: ބްރިޖް އަވަސްކުރަން އިތުރު ފައިސާ ނަގަން އުޅޭ ވާހަކަ ރައީސް ދޮގުކޮށްފި

މާލެ ސަރަހައްދުގައި އަޅާ ބްރިޖުގެ މަސައްކަތުގެ ތެރެއިން ވިލިމާލެއާ ހަމައަށް ގުޅުވާލުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން އިންޑިއާގެ އެފްކޮންސްއަށް އިތުރަށް 26 މިލިއަން ޑޮލަރު (400 މިލިއަން ރުފިޔާ) ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ވިލިމާލެއާ ހަމައަށް ބްރިޖް ގުޅުވާލުމުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމަން 26 މިލިއަން ޑޮލަރު އިތުރަށް ދޭން އެ މަސައްކަތް ހަވާލުކުރި އެފްކޮންސް އިން އެދިފައިވާ ކަމަށް މީޑިއާތަކުގައި ކުރިން ރިޕޯޓް ކޮށްފައިވެ އެވެ. އެކަމަކު އަގަށް ދިވެހި ސަރުކާރުން އެއްބަސް ނުވާ ކަމުގަ އެވެ.

"އަޅުގަނޑުމެން ވާހަކަ ދެއްކިން އަވަސްކުރަން، އެކަމަކު ކޮންމެހެން 26 މިލިއަން ޑޮލަރު ދީގެން އެކަން ކުރާ ގޮތަކަށް ނޫން މިތިބީ، އަދިވެސް އިތުރަށް ނެގޯޝިއޭޓް ކުރަމުން މި ދަނީ، އެކަމަކު ވެސް ހަމަ އިތުރަށް ދޭކަށް ނުވިސްނަން،" ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ހާލަތާއި، ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ލޮޅުންގަނޑުން ސަލާމަތް ވުމުގެ ގޮތުން ބްރިޖް ފަދަ އުމްރާނީ ތަރައްގީގެ އަގު ބޮޑު މަޝްރޫއުތައް މަޑުޖައްސާލަން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ވެސް ދަނީ ލަފާދެމުންނެވެ.

އެއާއެކު ގިނަ ނޫސްވެރިންގެ ސުވާލުތައް ވެސް ބްރިޖްގެ މަޝްރޫއުއާ ގުޅޭ ގޮތުން އަމާޒު ކުރިއިރު، އެ ސުވާލުތަކުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެ މަޝްރޫއުއަކީ މި ވަގުތަށް "ކޮންމެހެން" ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ބްރިޖް މަޝްރޫއުގެ ތެރޭގައި ގުޅީފަޅުގައި ގާއިމްކުރާ މާލެ ސަރަހައްދުގެ ވިޔަފާރި ބަނދަރުގެ މަސައްކަތާއި މާލެ ސަރަހައްދުގެ ވިޔަފާރި މުދާތަކުގެ ގުދަންތައް ބަދަލު ކުރުމުގެ މަސައްކަތް ވެސް ހިމެނޭތީ، މުދާ އެތެރެކުރުމާއި ގުދަން ކުރުމުގެ އަގު ތިރިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއީ ރިޔާސީ އިންތިހާބުގެ ކުރިއަށް ސިޔާސީ ބޭނުމަކަށް ކުރާ މަސައްކަތެއްގެ ގޮތުގައި އެއް ބަޔަކު ސިފަކުރި ނަމަވެސް އެއީ އެފަދަ ބޭނުމެއްގައި ކުރާ މަސައްކަތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބޮޑު އަގެއްގައި ބްރިޖް އަޅަނީ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ވެސް ރައީސް މިއަދު ރައްދު ދެއްވި އެވެ. އެމަނިކުފާނު އަޅާ ކިޔުއްވީ ކުރީގެ ސަރުކާރުގައި ގާއިމްކުރި ހުޅުމާލެ ބްރިޖަށެވެ.

ބްރިޖްގެ ދިގުމިން އަޅާ ކިޔުއްވައި ރައީސް ވިދާޅުވީ މި ސަރުކާރުން އަޅާ ބްރިޖްގެ ހަރަދަށް އެ ބްރިޖް ނިންމި ނަމަ، ހުޅުމާލެ ބްރިޖްގެ އަގަށް ވުރެ 70 މިލިއަން ރުފިޔާ އަގުހެޔޮކޮށް ބްރިޖް ނުނިމުނިސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބްރިޖު މަޝްރޫއުގެ ހުލާސާ

މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މި ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

މި ބްރިޖު ނިމުމުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ތިލަފުއްޓާއި ގުޅީފަޅާއި ވިލިމާލެ މާލެއާ ގުޅާލެވޭނެ އެވެ. އެއާއެކު ތިލަފުށިން ހުޅުމާލެއާ ހަމައަށް އެއްގަމު މަގުން ދަތުރުކުރެވޭނެ މަގުފަހި ވާނެ އެވެ.

މި ރަށްތައް ގުޅާލަން އަޅާ ބްރިޖާއި ކޯސްވޭ އަދި މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. މި ލިންކުގެ ބައިތަކުގެ ތެރޭގައި ތިން ބްރިޖާއި، ދެ މަގާއި، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ގާއިމުކުރެވޭނެ އެވެ.

މާލެ-ތިލަފުށި ބްރިޖަކީ މި ސަރުކާރުގެ އިގުތިސޯދީ ތަސައްވުރާއި ސިޔާސަތުގެ މުހިންމު ބަޔެކެވެ. ނަމަވެސް މި ރިޔާސީ ދައުރު ނިމެންވާއިރަށް ބްރިޖުގެ މަސައްކަތް މުޅީން ނުނިމޭނެ އެވެ.

މި ބިޔަ ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox