އެމްއެމްސީގެ ރައީސް ކަމަށް ޝަފާއު އައްޔަނުކޮށްފި

އެމްއެމްސީގެ އާ ރައީސް މުހައްމަދު ޝަފާއު ހަސަން--

އެމްއެމްސީގެ އާ ރައީސް މުހައްމަދު ޝަފާއު ހަސަން--

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ކަމަށް އެ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުރި މުހައްމަދު ޝަފާއު ހަސަން އިންތިހާބު ކޮށްފި އެވެ.

ޝަފާއު އެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީ އިސްތިއުފާ ދެއްވުމުން މިއަދު ބޭއްވި ކައުންސިލް ޖަލްސާގަ އެވެ. ރައީސަކު ހޮވުމަށް އެ ޖަލްސާގައި ނެގި ވޯޓުން އޭނާ އަށް ވަނީ ބައިވެރިވި ނުވަ މެމްބަރުންގެ ވޯޓު ލިބިފަ އެވެ.

ޝަފާއު އަކީ މިހާރުވެސް ރީޖަނަލް އެއާޕޯޓްސްގެ ބޯޑާއި ކެއާ ސޮސައިޓީގެ ބޯޑުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. ކުރީން އޭނާ ވަނީ އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ.

އެމްއެމްސީގެ ހަވަނަ ދައުރުގެ ދެވަނަ ރައީސްކަށް ޝަފާއު ހޮވާފައި ވާއިރު، މިއީ އެއްމްސީގެ ރައީސް ކަމަށް މީޑީއާއަށް ނިސްބަތް ނުވާ ބޭފުޅަކު އިންތިހާބު ކުރި ފުރަތަމަ ފަހަރެވެ.

އެ މަގާމަށް ޝަފާއު އިންތިހާބު ކޮށްފައިވާއިރު، އެމްއެމްސީގެ ކުރީގެ ރައީސް ޝަހުބާން އެ މަގާމުން ދުރު ކުރުމަށް ދެ ފަހަރަށް ވޯޓް ނާގާފައި ވެއެވެ. އެއީ ޝަހުބާން އާއި އޭނާގެ ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކުންފުންޏަކަށް މަނީ ލޯންޑަގެ ތުހުމަތު ކުރެވިގެންނެވެ.

ސަހުބާނަށް ކުރެވޭ ތުހުމަތު

ސަހުބާނާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އަލްހާން ފަހުމީ ވަނީ "ކިންގްސް ފޮރެކްސް ޓްރޭޑިން" ކިޔާ ކުންފުންޏެއް މެދުވެރިކޮށް އާއްމުންގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ކުރިޔަށް ގެންގޮސްފަ އެވެ.

މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު، އެމްއެމްއޭ އިން ނުސީދާކޮށް ކިންގްސް ފޮރެކްސްއާ ދެކޮޅަށް ބަޔާން ނެރެ، ބީއެމްއެލްގައި ހުޅުވާފައިވާ ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ އެކައުންޓްތައް ފްރީޒް ކުރީ، ކުޑަ މުއްދަތެއްގައި ބޮޑު ފައިދާއެއް ހޯދައިދޭނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައިގެން ބޮޑު ފްރޯޑެއް ހިންގަމުން އަންނަ ކަމަށް ތުހުމަތު ކޮށްފަ އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ސަހުބާނާއި އަލްހާނު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox