އިސްލާމީ ޝަރިއާ ހުއްދަ ކުރާ އުސޫލުން ފަހަށް ފައިސާ ރައްކާ ކުރުމުގެ ރިވެތި އާދަ ދިވެހިންގެ މެދުގައި އަށަގެންނެވުމުގެ މަގްސަދުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ކުރިއަށް ގެންދާ "ސޭވް ވިތު އެމްއައިބީ" ޕްރޮމޯޝަން މި އަހަރު ވަރަށް ހާއްސަ އިނާމުތަކަކާއިއެކު ފަށައިފި އެވެ.
ރާއްޖޭގައި އޮޕަރޭޓްކުރާ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކުން ފެށި މި ޕްރޮމޯޝަންގެ ދަށުން 30،000.00ރ އަށް ވުރެ މަދު ނޫން އަދަދެއް ޑިސެންބަރު މަހުގެ ކުރިން "އެމްއައިބީ ކާމިޔާބު ކިޑްސް" ނުވަތަ ކިޑްސް އެކައުންޓެއްގައި ރައްކާކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް އާއިލާއާއެކު މެލޭޝިއާގެ ލެގޯ ލޭންޑަށް ތިން ދުވަހުގެ ދަތުރެއް ލިބެއެވެ.
އެމްއައިބީ ކާމިޔާބު ކިޑްސް އެކައުންޓަކީ ކޮބާ؟
އެމްއައިބީގެ ކާމިޔާބު ކިޑްސް އެކައުންޓަކީ މި ވަގުތު ރާއްޖޭގައި އެންމެ ރަނގަޅު ރޭޓެއްގައި ފައިދާ ހިއްސާކުރާ އެއް ކިޑްސް ސޭވިން އެކައުންޓެވެ. މި އެކައުންޓަކީ އެހެން ކިޑްސް ސޭވިން އެކައުންޓަކާއި ހިލާފަށް ކުއްޖާއަށް 18 އަހަރު ފުރުމާ ހަމަޔަށް ވަކި އަދަދެއްގެ ފައިސާ ރައްކާކުރުމުގެ އަމާޒުގައި ހުޅުވާ އެކައުންޓެކެވެ. ކާމިޔާބު ކިޑްސް އެކައުންޓެއް ޑޮލަރުން ވެސް ހުޅުވިދާނެ އެވެ. އަދި ކޮންމެ ހަ މަހަކުން ފައިދާ ލިބޭއިރު ބެލެނިވެރިޔާ ބޭނުންނަމަ ހިލޭ ސްޓޭންޑިން އޯޑާ ހެދުމުގެ ފުރުސަތު ވެސް ބޭންކުން ދެ އެވެ.
ދަރިންގެ މުސްތަގުބަލަށްޓަކައި ރައްކާކުރާ ފައިސާއަކީ އިސްލާމީ އުސޫލުގެ ތެރެއިން ރައްކާކުރެވޭ ފައިސާއެއް ކަމުގައި ހެދުމުގެ މުހިއްމުކަން
އަޅުގަނޑުމެން ކޮންމެ ބެލެނިވެރިއެއްގެ ވެސް އަމާޒަކަށް ވާނީ އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދާއި ދިނުމެވެ. ރަނގަޅު ތައުލީމެއްގެ އިތުރުން ހުނަރުތައް ތަރައްގީކުރުމަށް މަގުފަހިކޮށްދީ ކާމިޔާބު ކުއްޖަކަށް އެ ކުއްޖާ ހެދުމެވެ. މި އަމާޒަށް ވާސިލުވުމަށް އެ ކުއްޖާގެ މުސްތަގުބަލަށް ރައްކާކުރެވޭ ފައިސާއަކީ ދީނުގެ ތަރަހައިގެތެރެއިން ހޯދޭ އަދި އިތުރުކުރެވޭ ފައިސާއަށް ހެދުން ވަރަށް މުހިންމެވެ. ދަރީން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ބެލެނިވެރިންގެ ޒިންމާއަކަށްވާއިރު އެކުދިންނަށް ހަރަދުކުރެވޭ ފައިސާއަކީވެސް އަދި އެކުދިންނަށްޓަކައި ރައްކާކުރެވޭ ފައިސާއަކީވެސް ރިބާ ފަދަ ކަންކަމުން ދުރުކުރެވިފައިވާ ކަމަކަށް ވާންޖެހެއެވެ.
އިސްލާމިކް ބޭންކުގައި ރައްކާކުރާ ފައިސާއަށް އިތުރަށް ލިބޭ ފައިސާ ރިބާ އަށް ނުވަނީ ކީއްވެ؟
އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި މާލީ ހިދުމަތްތައް ފުރަތަމަ ދޭން ފެށި ބޭންކަކީ މޯލްޑިވްސް އިސްލާމިކް ބޭންކެވެ. އިސްލާމިކް ބޭންކުގައި ހުޅުވޭ ހުރިހާ ސޭވިން އެކައުންޓްތަކަކީ ވެސް މުޟާރަބާގެ އުސޫލުން ހުޅުވޭ އެކައުންޓުތަކެކެވެ. މި އެކައުންޓުތަކަށް ފައިދާގެ ގޮތުގައި އިތުރުވާ ބަޔަކީ ކޮންވެންޝަނަލް ބޭންކުތަކާއި ހިލާފަށް، ކަނޑައެޅި ނިމިފައިވާ ވަކި ރޭޓެއް ނޫނެވެ. އެއާއި ހިލާފަށް އެކައުންޓު ހުޅުވާއިރު އެއްބަސްވާ ޕްރޮފިޓް ޝެއަރިން ރޭޝިއޯ ނުވަތަ ފައިދާ ހިއްސާކުރާ ނިސްބަތުންނެވެ. މީގެ ސަބަބުން ބޭންކަށް ގިނައިން ފައިދާވާނަމަ ކަސްޓަމަރުންނަށްވެސް ގިނައިން ފައިދާ ލިބެއެވެ. ދެފަރާތަށްވެސް އިންސާފުވެރިކޮށް މި ލިބޭ ފައިސާއަކީ ޝަރިއާ ހުއްދަކުރާ އިންވެސްޓްމަންޓުތަކުން ބޭންކަށް ލިބޭ ފައިދާއެވެ.
ޝަރިއާ ހުއްދަކުރާ އުސޫލުން ފައިސާ ރައްކާކުރަން ރަނުގެ ފުރުސަތެއް
އިސްލާމިކް ބޭންކުގެ ސޭވްވިތް އެމްއައިބީ ކެމްޕެއިންއަކީ އިސްލާމީ އުސޫލުން ފައިސާ ރައްކާކުރަން ފެއްޓުމަށްޓަކައި ލިބޭ ރަނުގެ ފުރުސަތެކެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން މި އަހަރުގެ ނިޔަލަށެވެ. މި މުއްދަތުގައި އެމްއައިބީގައި ކިޑްސް އަދި ކާމިޔާބު ކިޑްސް އެކައުންޓެއް ހުޅުވުމަށް ބޭނުންވާ ބެލެނިވެރިން މި ލިންކުގައިވާ މައުލޫމާތު ފުރިހަމަ ކުރުމުން ބޭންކުން އެޕޮއިންޓްމަންޓް ހަމަޖައްސައިދޭނެ އެވެ.









