ފިރިހެނުން ނުރޯނެ!

ފިރިހެނުން ނުރޯނެ!

އިންސާނީ ޖަޒުބާތުތަކުގައި ފިރިހެނުންނާއި އަންހެނުންގެ މެދުގައި ބޮޑު ތަފާތެއް ހުންނަ ކަމަށް ގަބޫލުކުރެވިފައި އޮންނަ އޮތުމަކީ ހުރާފާތެކެވެ. ވިސްނިފައި އޮންނަ ގޮތުގައި، އުފަލުން ރުއިމާއި، ދެރަވެ ހިތުގައި ޖެހުމުން ރޯލުމަކީ އަހަރުމެން އަންހެނުންނަށް ލިބިފައި އޮންނަ ހައްގެކެވެ. ފިރިހެނަކު އެ އިހުސާސްތައް ދެއްކުމަކީ އަބުއި ކަމެކެވެ. ނުވަތަ ވަރަށް 'އަންހެން' ކަމެކެވެ. ގިނަ ފިރިހެނުން ކިތަންމެ ހިތުގައި ޖެހުނަސް 'މަށަށް ވަރިހަމަ ބޯޑު' އަޅުވައިގެން އަސަރެއް ނުކުރާކަމަށް ހެދިގެން ތިބެނީ މުޖުތަމައުގެ މި ގަބޫލުކުރުމާހެދި އެވެ.

ރުއިމަކީ، ނުވަތަ ޝަކުވާ ކުރުމަކީ ހިތުގައި އުފެދޭ ގިލަންވެރިކަން ބޭރުކޮށްލެވި، ހައްޓަށް ލުއި ލިބޭ ކަމަކަށް ވާއިރު ފިރިހެނުން އަމަލުކުރަނީ އޭގެ ދިމާ އިދިކޮޅަށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު އަންހެނުންނަށް ވުރެ ފިރިހެނުންނަށް ދެގުނަ ބޮޑެވެ. މިކަމުގެ މައިގަނޑު އެއް ސަބަބަކީ ހިތާމަތަކުގެ ވާހަކަ ނުދައްކައި އެކަންކަން ތަހައްމަލު ކުރުމެވެ. ފިރިހެނުން ހިތާމަވެރިކަމުގެ އިހުސާސުތައް ފޮރުވަނީ ކީއްވެގެންތޯ އެއީ ޖަވާބު ދެނެގަންނަންޖެހޭ ބޮޑު ސުވާލެކެވެ. ބައެއް ސަބަބުތަކަށް ބަލާލަމާ ހެއްޔެވެ.

ރުއިމަކީ ހުތުރުކަމެއް ކަމަށް ވިސްނުވައި ދީފައި އޮތުން

ތުއްތު ފިރިހެން ދަރިފުޅާއި އަންހެން ދަރިފުޅު ކުޅެން އުޅެނިކޮށް އަންހެން ދަރިފުޅު ވެއްޓި ރޯން ފަށައިފިނަމަ އޭނާ އުރާލެވެނީ ދުވެފައި ގޮހެވެ. ނުފިރުމާކަށް އެންމެ ތަންކޮޅެއްވެސް ނުހުންނާނެ އެވެ. ފިރިހެން ދަރިފުޅު ވެއްޓި ރޯން ފަށައިފިނަމަ އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެ އުޅެނީ 'ފިރިހެން ކުދިން ނުރޯނެ' ކަމަށެވެ. މިއީ އޭނާގެ ހެދެމުންދާ ޅަ ސިކުނޑިއަށް ލައިދޭ ވިސްނުމެވެ. ޖަޒުބާތުތައް ހިއްސާކުރުމުގައި ވެސް ހަމަ އެގޮތެވެ. އަންހެނުން ކުދިން ބޮޑަށް ރައްކާތެރިކުރަންޖެހޭ ކަމަށް ގަބޫލުކުރެވިފައި އޮންނާތީ އެ ކުދިންނާމެދު ބަސްމަގު ބެހެއްޓޭ ގޮތާއި ފިރިހެން ދަރިފުޅާމެދު ބަސްމަގު ބެހެއްޓޭ ގޮތުގައި ތަފާތުތަކެއް ހުރެ އެވެ. އަންހެން ކުދިންނާ ހިއްސާކުރާ ހުރިހާ މައުލޫމާތެއް ފިރިހެން ކުދިންނާ ހިއްސާއެއް ނުކުރެވެ އެވެ. މިއީ މައްސަލައިގެ ފެށުމެވެ.

Advertisement

ޖަޒުބާތުތަކާ ކުރިމަތި ނުލުން

ގިނަ ފިރިހެނުންގެ ތަބީއަތަކީ ހިތާމައެއް ތަހައްމަލުކުރަންޖެހޭ ކަމެއް ކުރިމަތިވެއްޖެނަމަ، މައްސަލައިގެ އެބަޔާ ކުރިމަތިނުލުމެވެ. ހިތްދަތިވާ ކަންކަމުގައި އެ އިސްކުރާ ރުޅިއަކީ ހަގީގަތުގައި ދެރަވެއްޖެކަން ފޮރުވުމަށް ކުރިއަށް ނެރޭ ހަތިޔާރެކެވެ. ފިރިހެނުން ބޭނުންވާނީ މެދުވެރިވި މައްސަލައިގެ ހައްލެވެ. ހައްލަކަށް ނުވިސްނައި ހަމައެކަނި މައްސަލައިގެ މަޝްވަރާ ކުރުމަކީ އެމީހުން ގަޔާވާ، ނުވަތަ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ހައްލު ހޯދުމަށް ވިސްނުމަކީ އޭގެ ޒާތުގައި ގޯސް މިޒާޖެއް ނޫނެވެ. އެހެންނަމަވެސް އިހުސާސްތަކުގެ ވާހަކަ ދައްކާއިރު ހައްލަކަށްވުރެ މުހިންމީ އިހުސާސުވާ ގޮތާމެދު މަޝްވަރާކުރެވުމެވެ. އެކަމުން ހައްޓަށް ލިބޭ ލުޔަކީ އެތައް ސިއްހީ މައްސަލައެއްގެ ފަރުވާ އެކެވެ. 'ގޮސިޕް' ކުރާކަމަށް ބުނެ އަންހެނުންނަށް ނިސްބަތް ތިކުރާ ޖޯކުގެ ހަގީގަތަކީ އެ މީހުންގެ އިހުސާސުތަކާމެދު މަޝްވަރާކުރުމެވެ. އެއީ ވެސް ފިރިހެނުން ކޮށް އުޅުން ހުތުރު ކަންކަމުގެ ލިސްޓުގެ ކުރީގައި ހިމަނާފައި އޮންނަ ކަމެކެވެ.

އިހުސާސްތައް އަޑުއަހާނޭ މީހަކު ނެތުން

ފިރިހެނުންގެ ވަށައިގެން އުޅެނީ ހަމަ އޭނާ ކަހަލަ، އިހުސާސުތައް ފޮރުވައިގެން ތިބޭ 'ފިރިހެންވަންތަ' ފިރިހެނުންނެވެ. އަންހެން ރައްޓެހިންވެސް އުއްމީދުކުރަނީ އޭނާގެ އަންހެން އެކުވެރިން ފަދައިން ގިނަ ޝަކުވާތައް ނޯންނަ، ހަމައެކަނި އޭނާގެ ޝަކުވާ އަޑުއަހާނޭ އެކުވެރިއަކަށެވެ. އެހެންވުމުން ޝަކުވާއެއް ނޯންނަ މީހެއްގެ ލަގަބު ފިރިހެނުންނަށް މުހިންމު ވެ އެވެ. ނަތީޖާއަކަށް ވަނީ އޭނާގެ އިހުސާސުތައް އެމީހަކާ ހިއްސާކުރެވޭނޭ އެއްވެސް މީހަކު ނެތުމެވެ.

ހައްލަކީ ކޮބާ؟

މުޖުތަމައު ބަދަލެއް ނުވާނެ އެވެ. ހަމަ އެފަދައިން ސިއްހީ ގޮތުން ހޯދިފައިހުރި ހަގީގަތްތައްވެސް ބަދަލެއް ނުވާނެ އެވެ. ހިތްދަތިކުރުވާ އިހުސާސްތައް ބޭރުނުކޮށް ހިފަހައްޓައިގެން ހުރުމަކީ ސިއްހީ ގޮތުން އެތައް ގެއްލުމެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމެއްކަން އެއީ ހަގީގަތެވެ. ހުޅުވޭށެވެ. ޒަމާނީ ހަގީގަތްތަކަށް ހޭލާށެވެ. ފިރިހެނަކަށް ވުމަކީ ހިތާމައާއި މޮޅިވެރިކަމާއި ގިލަންވެރިކަން ފަދަ އިހުސާސްތަކުން އިންސާނާ ބާކީކުރާ ކަމެއް ނޫނެވެ. އެ ޖަރުބާތުތައް އިހުސާސްކުރެވޭ ވަގުތު އެ ވާހަކަ ދައްކާލުމާއި އެކަމާމެދު ރުއިމަކީ ތިބާގެ ފިރިހެންވަންތަކަމަށް އެކަމުން އެއްވެސް އަސަރެއް ކުރުވާނޭ ކަމެއް ވެސް ނޫނެވެ. 'ފިރިހެނުންވެސް ރޯނެ' ކަން އެއީ މުޖުތަމައުގެ އައު ހަގީގަތަށް ހަދަންޖެހެ އެވެ. މުޖުތަމައުގެ ލަދަށް ވިސްނައިގެން ހިތަށް ވާ ތަދެއް ނުފިލާނެ އެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox