މެލޭޝިއާ ޓުއާގައި ރިވައިވަލް އަށް ރަނގަޅު ފެށުމެއް

Jun 7, 2022, 8:05 AM
ރާއްޖޭގައި މިދިޔަ އަހަރު ކުރިއަށްދިޔަ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން ރިވައިވަލްގެ ރިޝްވާން: މެލޭޝިއާ ޓްރެއިނިން ޓުއާގައި ރިޝްވާން ވަނީ މޮރިޝަސްގެ ކުޅުންތެރިޔަކާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގައި މިދިޔަ އަހަރު ކުރިއަށްދިޔަ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން ރިވައިވަލްގެ ރިޝްވާން: މެލޭޝިއާ ޓްރެއިނިން ޓުއާގައި ރިޝްވާން ވަނީ މޮރިޝަސްގެ ކުޅުންތެރިޔަކާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ބެޑްމިންޓަން ކްލަބް، ރިވައިވަލް ސްޕޯޓްސް ކްލަބުން މެލޭޝިއާގައި މިހާރު ކުރިއަށްގެންދާ ޓްރެއިނިން ޓުއާގައި ކުޅުނު ފުރަތަމަ މެޗުތަކުގައި ރަނގަޅު ކާމިޔާބެއް ހޯދައިފި އެވެ.

މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ހަތް ދުވަހު މުއްދަތަށް މެލޭޝިއާގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގައި ރިވައިވަލް އިން ބައިވެރިވަނީ ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ އަހުމަދު ތޯއިފް، ޒަޔާން ޒަކީގެ އިތުރުން ގައުމީ ޓީމަށް މީގެ ކުރިން ކުޅެފައިވާ ރިޝްވާން ޝިޔާމްގެ އަދި އަރަމުން އަންނަ ބެޑްމިންޓަން ކުޅުންތެރިޔާ، ހައިޝަމް އިބްރާހިމް އަދި ރިވައިވަލްގެ ކޯޗު ނަޝްފާން މުހައްމަދު އެވެ.

ޓްރެއިނިން ކޭމްޕްގެ ފުރަތަމަ ދެ ދުވަހު ރިވައިވަލް އިން ވަނީ މެލޭޝިއާގެ ނިއު ވިޝަން އެކެޑަމީއާ ދެކޮޅަށް މެޗުތަކެއް ކުޅެފަ އެވެ. މިއަދު ކުޅުނު މެޗުތަކަށް ބަލާއިރު، ރިވައިވަލް އިން ވަނީ އަށް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފަ އެވެ. ޒަޔާން ދެ މެޗުން މޮޅުވިިއިރު، ތޯއިފާއި ހައިޝަމް ވެސް ވަނީ މެޗަކުން މޮޅުވެފަ އެވެ.

މޮރިޝަސް ގައުމީ ޓީމުގެ ދެ ކުުޅުންތެރިން ވެސް މެލޭޝިއާގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރަމުން އެބަދެ އެވެ. އެންމެ ފަހުން، 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރިހި މެޑަލް ހޯދި ޖީން ބެނާޑް ބޮންގޯއާ ދެކޮޅަށް ރާއްޖޭގެ ރިޝްވާން ރަނގަޅު ކުޅުމެއް ދެއްކިއިރު، ސެޓުތައް ނިމުނީ 21-18، 21-16 އިންނެވެ. މޮރިޝަސްގެ ހަތަރު ވަނަ، ތޭޖްރަޖް ޕުލްޓޫއާ ވާދަކޮށް ރާއްޖޭގެ ޒަޔާން މޮޅުވީ 21-07، 21-09 އިންނެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބުން މެލޭޝިއާގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގެ ތެރެއިން.--- ފޮޓޯ: ރިވައިވަލް ސްޕޯޓްސް ކްލަބް

ނިއު ވިޝަން ޓީމާ އެކު ލިބުނު ތަޖުރިބާ އަށް ފަހު ރިވައިވަލް އިން ދެން ޓްރެއިިނިން ޓުއާގައި ދެން ކުޅޭނީ މެލޭޝިއާގެ އެކި ކްލަބްތަކާ ދެކޮޅަށެވެ.

ޓްރެއިނިން ކޭމްޕް ދިއުމުގެ ކުރިން ރިވައިވަލްގެ ކޯޗު ނަޝްފާން، "އަދަދު" އަށް ބުނީ މި ޓުއާގެ ބޭނުމަކީ ރިވައިވަލްގައި ތިބި ކުޅުންތެރިން ކުރިއަށް ހުރި، ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުކުރުމުގެ ގޮތުން، ވަރުގަދަ ކޮމްޕެޓިޓިވް މެޗުތަކަށް ހޭނިފައި ބެހެއްޓުން ކަމަށެވެ.

މިއީ އަންނަ އަހަރުގެ އައިއޯއައިޖީ އަށް ތައްޔާރުވުމުގެ ޕްލޭނާއި މި އަހަރު ރާއްޖެ އާއި ޕާކިސްތާންގައި ބާއްވަން ނިންމާފައިވާ އިންޓަނޭޝަނަލް މުބާރާތްތަކުގައި ރަނގަޅު ކާމިޔާބެއް ހޯދަން ރިވައިވަލް އިން ހޯދާ މުހިންމު މެޗު ތަޖުރިބާތަކެއް ކަމަށް ވެސް ނަޝްފާން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox