އާގިލްގެ މަރު: މުހިންމު ހެކިންތަކެއް ހާޒިރު ނުވި، ބައެއް ދިފާއީ ވަކީލުން މައްސަލަ ދޫކޮށްލައިފި

އާގިލް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ހަމްދޫން ހަމްޒަތު، އަލީ މިޖުވާދު މާލިކު އަދި އިބްރާހިމް ވިޝާމް (ވ-ކ)

އާގިލް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ހަމްދޫން ހަމްޒަތު، އަލީ މިޖުވާދު މާލިކު އަދި އިބްރާހިމް ވިޝާމް (ވ-ކ)

މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަމަށް ފޭބުމާއެކު އިބްރާހިމް އާގިލް ގަޔަށް ވަޅި ހަރާ މަރާލި މައްސަލާގައި ބައެއް ދިފާއީ ވަކީލުން ތަނާޒުލް ވުމުންނާއި ދައުލަތުން ހުށަހެޅި ބައެއް ހެކިން ހާޒިރުނުވުމުން މިއަދުގެ އަޑުއެހުމަށް ކުރަން ރޭވިފައިވާ މަސައްކަތް ނުކޮށް އަޑުއެހުން ނިންމާލަން ޖެހިއްޖެ އެވެ.

އޮގަސްޓް 2018 ގައި އާގިލްއަށް ހަމަލާދީ މަރާލި ކަމުގެ ދައުވާ އުފުލާފައިވަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގޭ އަލީ މިޖުވާދު މާލިކްގެ މައްޗަށެވެ. އެކަމުގައި އެހީތެރިވިކަމުގެ ދައުވާ، ހއ. ދިއްދޫ ސްނޯބޯޑް އިބްރާހިމް ވިޝާމްގެ މައްޗަށް ކުރެ އެވެ.

މީގެ ކުރިން ވެސް ހަމްދޫން ހަމްޒަތާއި އަލީ މިޖުވާދުގެ ވަކީލުން މައްސަލައިން ތަނާޒުލްވެ އާ ވަކީލުންތަކަކާއެކު މައްސަލަ ކުރިއަށް ދަނިކޮށް، މިއަދުގެ އަޑުއެހުން ފަށަމުން ވެސް ގާޒީ އަލީ އާދަމް ވިދާޅުވީ ފަހުން އައްޔަންވި ވަކީލުން ވެސް މައްސަލަ ދޫކޮށްލާފައިވާ ކަން ކޯޓަށް އަންގާފައިވާ ކަމަށެވެ.

ވަކީލު ފީ ނުދީގެން އަނެއްކާ ވެސް މި ދެ ފަރާތުގެ ދިފާއީ ވަކީލުން މައްސަލައިން ތަނާޒުލްވުމުން، ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ގާޒީ ދެއްވި އެވެ. އެއީ ގާނޫނުގައި ވެސް އެ ކަމަށް ދޭން ބަޔާން ކޮށްފައި އޮންނަ އެންމެ ދިގު މުއްދަތެވެ.

މީގެ އިތުރަށް މައްސަލާގައި ހާޒިރުނުކުރެވި ތިބި ދެ ސިއްރު ހެކިން މިއަދު ވެސް ހާޒިރެއް ނުކުރެވުނެވެ. ދައުލަތުން ބުނީ މައްސަލަ ސާބިތު ކުރަން އެ ދެ ހެކިން ވެސް މުހިންމު ކަމަށެވެ. އެހެންވެ، ކޯޓުން ޗިޓު ފޮނުވައިގެން ސަލާމަތީ ހިދުމަތުގެ ބެލުމުގެ ދަށުން ވިޔަސް އެ ހެކިން ހާޒިރުކޮށްދޭން ދައުލަތުން އެދުނެވެ.

އެކަމަކު އެ ގޮތަށް ޗިޓު ފޮނުވައިގެން ކޮންމެހެން ހާޒިރު ކުރަން މަސައްކަތް ކޮށްފިނަމަ އެ ހެކިންގެ ސިއްރުކަން ގެއްލިދާނެ ކަމުގެ ފުރުސަތު އޮންނާނެ ކަން ގާޒީ ފާހަގަ ކޮށްދެއްވި އެވެ. ދައުލަތުން ބޭނުންވީ އެ ހާލަތުގައި ވެސް ހެކިން އެ ގޮތަށް ހާޒިރުކޮށްދިނުމަށެވެ. ހާޒިރުކޮށް އެހެން ތަނެއްގައި ބައިތިއްބައިގެން އަޑު ބަދަލުކޮށްގެން ހެކިބަސް ދިނުމުން ސިއްރުކަން ހިފެހެއްޓޭނެ ކަމަށް ދައުލަތުން ދެކެ އެވެ.

ދައުލަތުން އެދުނު ގޮތަށް ކޯޓުން ޗިޓު ފޮނުވައިގެން ސިއްރު ހެކިން ހާޒިކޮށްގެން މައްސަލަ ކުރިއަށް ގެންދަން ގާޒީ އަލީ އާދަމް ނިންމެވި އެވެ.

މި މައްސަލާގައި މީގެ ކުރިން ވަނީ މައްސަލަ ތަހުގީގުކުރި ބައެއް އޮފިސަރުން ހާޒިރުކޮށް ހެކިބަސް ނަގައިފަ އެވެ. މި ގޮތުން އާގިލްގެ ގާތިލް ކަމަށް ތުހުމަތު ކުރާ ހަމްދޫންގެ ހަރަކާތްތައް ފެންނަ ސީސީޓީވީ ފޫޓޭޖްގެ ފޮޓޯތައް ތަފްސީލުކޮށްދީފައިވާއިރު، ހަމްދޫންގެ ހެދުމުގައި ހޭކިފައިވާ ލޭކޮޅުން އާގިލްގެ ޑީއެންއޭ ލިބިފައިވާ ކަމަށް ޑީއެންއޭ ރިޕޯޓް ތައްޔާރު ކުރި އޮފިސަރު ވަނީ ޝަރީއަތުގައި ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox