ޅ. އަތޮޅު ތިލަ މާފުށީގައި ހިންގާ ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓްގައި މިއަދު މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ޅ. އަތޮޅު ރިސޯޓެއްގައި މޫދު ކައިރިއަށް ވެއްޓިފައި އޮތް ޓޫރިސްޓަކު ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް މިއަދު ހަވީރު 4:40 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މަރުވީ އުމުރުން 32 އަހަރުގެ ޗައިނާ އަންހެނެކެވެ.
އެނގިފައިވާ ގޮތުގައި ފިރިމީހާއާއި ދަރިފުޅާއެކު ޗުއްޓީ ހޭދަކުރަން އައި އެ މީހާ ފެނުނީ ގޮނޑުދަށަށް ލައްގާފައި އޮއްވަ އެވެ.












