ޖޭއެސްސީން އަމަލުކުރީ އިޖުރާއަތާ އެއްގޮތަށް، ކޮމިޓީން ވެސް ކުރަން ޖެހޭ: ހިސާން

ތުޅާދޫ ދާާއިރާގެ މެންބަރު ހިސާން ހުސައިން: އިޖުރާއަތްތަކާ ހަމަތަކަށް އެންމެން ވެސް އަމަލުކުރަން ޖެހޭ ކަމަށް ވިދާޅުވި-- ފޮޓޯ: މަޖިލިސް

ތުޅާދޫ ދާާއިރާގެ މެންބަރު ހިސާން ހުސައިން: އިޖުރާއަތްތަކާ ހަމަތަކަށް އެންމެން ވެސް އަމަލުކުރަން ޖެހޭ ކަމަށް ވިދާޅުވި-- ފޮޓޯ: މަޖިލިސް

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އަބްދުﷲ ހަމީދު ވަކި ކުރަން ޖޭއެސްސީން މަޖިލީހަށް ހުށަހެޅީ އިޖުރާތްތަކާ އެއްގޮތަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް މަސައްކަތް ކުރަން ޖެހޭނީ ހަމަތަކާއި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް، ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކޮށްފައި ހުންނަވާ މެންބަރު އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ހިސާން މިފަދައިން ވިދާޅުވީ، ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އަބްދުﷲ ހަމީދު ވަކި ކުރަން ޖޭއެސްސީން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. މި މައްސަލަ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު ނިންމާފައިވަނީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއަތާ ހިލާފަށް ކަމަށާއި މައްސަލަ އަނބުރާ ފޮނުވާލަން ޖެހޭނެ ކަމަށެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގުކޮށްފައި ފޮނުވި މި މައްސަލަ އިޖުރާއަތާ ހިލާފަށް ކަމަށް ކަމަށް ޖުޑީޝަރީ ކޮމިޓީން ކަނޑައެޅި ކަނޑައެޅުން ފަހަރުގައި ވެދާނެ ގާނޫނުގައި ހުރި މާއްދާތައް މާނަކުރުމުގައި މިއަދު އައިސްފައި އޮތް ތަފާތަކުން ކަމަށް، އެހެން ކަމަށްވާނަމަ އެހެން މާނަކުރުން އެއްގޮތަށް ކޮށް، ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުން މުހިންމު ކަމަށް ދެކެން،" ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާ ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނެސް، އަމަލު ކުރަން ފެށި ފަހުން، އެ ކޮމިޝަނުން ޖުޑީޝަރީ ކޮމިޓީއަށް މިހާތަނަށް 99 ރިޕޯޓު ފޮނުވާފައިވާ ކަމަށެވެ. މިހުރިހާ މައްސަލައެއް ވެސް ފޮނުވައިފައިވަނީ އެއް އިޖުރާއަތުތަކެއްގެ މައްޗަށް ތަހުގީގުކޮށްގެން ކަމަށް ހިސާން ވިދާޅުވި އެވެ.

އެހެންނަމަވެސް ހައިކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރަން ފޮނުވި މައްސަލަ ފިޔަވާ އެހެން މައްސަލައެއްގައި ޖޭއެސްސީން އަމަލުކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ޖުޑީޝަރީ ކޮމިޓީން ނިންމާފައިނުވާ ކަމަށް ހިސާން ވިދާޅުވި އެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިސްލާހު ގެނެވުނު ފަހުން އަމަލު ކުރަމުން އައި އުސޫލާއި އިޖުރާއަތު މި މައްސަލައިގައި ވަކި ތަފާތުކޮށްފައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަކި ނެތް، " ހިސާން ވިދާޅުވި އެވެ.

"ގާނޫނުގައި ބަޔާން ކޮށްފައިވާ އިޖުރާއަތްތައް މި މައްސަލައިގައި ވަނީ ފުރިހަމަކޮށްފައި ކަން،"

އެގޮތުން، މައްސަލައިގައި ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ދީ، މައްސަލަ ބިނާ ކޮށްފައި އޮތީ އެ ޖަވާބުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

ހިސާން ވަނީ އިޖުރާއަތްތަކާ އެއްގޮތަށް އަމަލު ކުރަން ޖެހެނީ ވަކި ބައެއް ނޫން ކަަމަށާއި ކޮމިޓީން ވެސް އެގޮތަށް އަމަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox