ކޮމިޓީގެ ނިންމުމާ ދެކޮޅަށް، ފަނޑިޔާރުކަމުގެ މަގާމުން އަބްދުﷲ ހަމީދު ވަކިކޮށްފި

 އަބްދުﷲ ހަމީދު: ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރަން މަޖިލީހުން ވަނީ ފާސްކޮށްފައި--

އަބްދުﷲ ހަމީދު: ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރަން މަޖިލީހުން ވަނީ ފާސްކޮށްފައި--

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އަބްދުﷲ ހަމީދު ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފަނޑިޔާރު ހަމީދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 ވޯޓުންނެވެ. ވަކިކުރަން ނުފެންނަ ކަމަށް ހަތް މެންބަރަކު ވޯޓު ދެއްވާފައިވެ އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ތިން މެންބަރަކު ތިއްބެވެ.

ފަނޑިޔާރަކު މަގާމުން ވަކިކުރަން މަޖިލީހުން ފާސް ވަނީ އެ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގްލަބިއްޔަތު ލިބިގެންނެވެ.

މި މައްސަލަ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު ނިންމާފައިވަނީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއަތާ ހިލާފަށް ކަމަށެވެ. އަދި މައްސަލަ އަނބުރާ ޖޭއެސްސީއަށް ފޮނުވާލަން ފެންނަ ކަމަށް ބުނެފައިވެ އެވެ.

ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ޕާޓީން "ވިޕް ނެރެފައިވީނަމަ ވެސް، އެންމެ ރަނގަޅު ގޮތަކީ އަނބުރާ ފޮނުވާލުން" ކަމަށް ބުނެފަ އެވެ.

"ޕާޓީން ބުނި ގޮތަކަށް ހަގީގަތުގައި އަޅުގަނޑުމެން ކަންކަން އެބަ ކުރަން ޖެހޭ، އެހެންނަމަވެސް ކޮންސާނެއް އުޅޭ ކަމުގައި ވަނީނަމަ ހިތް ނުތަނަވަސް ކަމެއް އުޅޭތީ އަޅުގަނޑު މި ބުނީ،" އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވި އެވެ.

ޖޭއެސްސީން އިޖުރާތްތައް ފުރިހަމަނުކޮށް މައްސަލަ ފޮނުވާފައިވާ ވާހަކަތަކަށް މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ރައްދު ދެއްވާފަ އެވެ.

ހިސާން ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނެސް، އަމަލު ކުރަން ފެށި ފަހުން، އެ ކޮމިޝަނުން ޖުޑީޝަރީ ކޮމިޓީއަށް މިހާތަނަށް 99 ރިޕޯޓު ފޮނުވާފައިވާ ކަމަށެވެ. މިހުރިހާ މައްސަލައެއް ވެސް ފޮނުވައިފައިވަނީ އެއް އިޖުރާއަތުތަކެއްގެ މައްޗަށް ތަހުގީގުކޮށްގެން ކަމަށް ހިސާން ވިދާޅުވި އެވެ.

އެހެންނަމަވެސް ހައިކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރަން ފޮނުވި މައްސަލަ ފިޔަވާ އެހެން މައްސަލައެއްގައި ޖޭއެސްސީން އަމަލުކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ޖުޑީޝަރީ ކޮމިޓީން ނިންމާފައިނުވާ ކަމަށް ހިސާން ވިދާޅުވި އެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިސްލާހު ގެނެވުނު ފަހުން އަމަލު ކުރަމުން އައި އުސޫލާއި އިޖުރާއަތު މި މައްސަލައިގައި ވަކި ތަފާތުކޮށްފައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަކި ނެތް، " ހިސާން ވިދާޅުވި އެވެ.

ޖުޑީޝަރީ ކޮމިޓީން ފާހަގަކޮށްފައިވާ މައިގަނޑު މައްސަލައަކީ ފަނޑިޔާރުން ވަކި ކުރުމުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައި ނުވުމެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ދެ ފަނޑިޔާރުންގެ ކަންބޮޑުވުންތައް ފާޅުކޮށް، ކޮމިިޓީއަށް ސިޓީ ފޮނުވާފައިވާ ކަމަށާއި ޖަވާބުދާރީވުމުގެ ފުރުސަތު ނުދޭ ކަމަށް ޖޭއެސްސީން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

"ފަނޑިޔާރުން އެ ވިދާޅުވާ އިޖުރާއީ އަދުލުވެރިކަން ގާއިމްވެފައި ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް އެބައޮތް ވިދާޅުވެފައި،" އަލީ ހުސައިން ވިދާޅުވި އެވެ.

ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވަނީ އިޖުރާތްތައް ފުރިހަމަވެފައި ނެތުމުގެ އިތުރުން ވެސް، ޖޭއެސްސީން މި މައްސަލަ ބެލުމުގައި "ޒިންމާދާރުކަން ކުޑަ" ކޮށްފައިވާ ކަން ފާހަގަކޮށްފައިވާ ކަމަށެވެ.

"ޖޭއެސްސީގެ ރިޕޯޓުތަކުގައި ފާހަގަކޮށްފައި ހުރި ކަންކަމަށް ބަލާއިރު، އަދި އަޅުގަނޑުމެން ރިޕޯޓުގައި ފާހަގަ ނުކުރި ކަމުގައި ވިޔަސް އެބަހުރި ދެ ފަނޑިޔާރުންގެ ނަން ވެސް އޮޅުވާލާފައި، އެއް ފަނޑިޔާރެއްގެ ނަން ޖަހަންވީތަނުގައި އަނެއް ފަނޑިޔާރުގެ ނަން ޖައްސަވަފައި، މިއީ ވެސް ޒިންމާދާރު ކަންތައްތައްތޯ ކުރައްވާފައި،" އިމްތިޔާޒް ވިދާޅުވި އެވެ.

ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ވަނީ މައްސަލައިގައި އިޖުރާތްތައް ފުރިހަމަ ކޮށްފައިނުވާ ކަން ފާހަގަކުރައްވާފަ އެވެ. އުޝާމް ވިދާޅުވީ ދެ މަރުހަލާގައި ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަން ފެންނަން އޮތް ކަމަށެވެ.

"ފަނޑިޔާރަކަސް އަދި އެހެން މީހަކަސް އެއްވެސް ފިޔަވަޅެއް އަޅާ ކަމުގައިވަނީނަމަ ގާނޫނުގައި ބުނާ ފުރިހަމަ ހައްގުތައް ލިބިދޭންޖެހޭނެ، ޖަވާބުދާރީވުމުގެ ފުރުސަތު އެ ބޭފުޅުންނަށް ދޭން ޖެހޭނެ، ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ އެއްވެސް ފަނޑިޔާރަކު މަގާމުން ވަކިކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނާ އެއްގޮތަށް ކުރެވޭ ކަމެއް ނޫން،" އުޝާމް ވިދާޅުވި އެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ފޮނަދޫ ދާއިރާގެ މެންބަރު ވަނީ ނުހައްގުން މުދާ ހޯދައިގެން މަގާމުން ވަކި ކުރެވޭ ފަނޑިޔާރުންގެ މައްސަލަތައް އެ ހިސާބުން ނިންމާލާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"ފަނޑިޔާރުން ފްލެޓު ހޯދުމަކީ އޭގެ ޒާތުގައި ސުލޫކީ މައްސަލައެއް، ދެން އެ ހިސާބުން ނިންމާލާތީ އަޅުގަނޑަށް މައްސަލައަކީ، ފަނޑިޔާރުންނަށް ފްލެޓު ލިބޭ މަގާމުން ވެސް ވަކި ކުރެވޭ އެހެންނަމަވެސް މި ފްލެޓަކަށް ވާ ގޮތެއް ދުވަހަކު ވެސް ނޭނގޭ، އެ ލިބޭ އިނާޔަތެއް އަނބުރާ ހޯދުމެއް ނެތް، " ސިރާޖު ވިދާޅުވި އެވެ.

ހަމައެކަނި އަދަބެއްގެ ގޮތުގައި މަގާމުން ވަކިކުރުމަކީ އިންސާފެއް ނޫން، އެ ނުހައްގު މުދާ ވެސް އަނބުރާ ހޯދަން ޖެހޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ މި މައްސަލައިގައި އެމްޑީޕީ ޕީޖީ ގުރޫޕުން ޖުޑީޝަރީ ކޮމިޓީގެ ނިންމުމާ ހިލާފަށް ވިޕް ނެރުނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ކަމަށް ވިދާޅުވެފަ އެވެ.

"އިމްތިޔާޒު ފަހުމީ އިންނަ ކޮމިޓީއަކުން އެ ގޮތަށް ނިންމީ، އެ ކަމުނުދިޔައީ، ދެން ޕީޖީ ގުރޫޕު [މި ބުނަނީ] ތިމަންނަމެން މާ ގަދައޭ، ތިމަންނަމެން މިއޮތީ ތްރީލައިން ވިޕެއް ނެރެފައޭ،" ބޮންޑޭ ވިދާޅުވި އެވެ.

"އިންސާފަކަށް ނޫނީ ހެވަކަށް ނޫނީ ފަނޑިޔާރުންނަށް ގޮތެއް ހޯދަން އުޅެނީ ނޫން، މިއީ ދެ ބައެއްގެ ކޯޅުމުގެ ތާށިވެފަ އޮތް ކަމެއް،"

މި މައްސަލާގައި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވެސް ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އެހެންނަމަވެސް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ފޮނުވީ ފަނޑިޔާރުންތަކަކަށް ފްލެޓްތަކެއް ދިން މައްސަލައެއްގަ އެވެ. ޖޭއެސްސީން ކުރިން ބުނެފައިވާ ގޮތުން، އެ ދެފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސީ ދައުލަތުން ބަލާ އާންމު އުސޫލުން ބޭރުންނެވެ. އެހެންވެ ފްލެޓްތަކާ އެ ފަނޑިޔާރުން ހަވާލުވީ ގާނޫނީ އަސާސީއާ ހިލާފަށް ކަމަށް ނިންމި އެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ހުށަހަޅަން ޖޭއެސްސީން ނިންމިއިރު, މި މައްސަލަ ކޮމިޝަނަށް ހުށަހެޅީ ދާދި ފަހުން ހައި ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި އަލީ ސަމީރު ވެސް ހިމެނޭ ގޮތަށެވެ. އޭނާ މިހާރު ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުގަ އެވެ.

ވަކިކުރަން ނިންމި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ރައޫފަކީ ޖޭއެސްސީން އުފައްދާފައިވާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ވެސް އިންނަވާ ފަނޑިޔާރެވެ. ސުޕްރީމް ކޯޓުގެ އާ ބެންޗަށް ރައޫފް އައްޔަން ކުރަން ޖޭއެސްސީން ލަފާ ދެއްވިޔަސް، ސުލޫކީ މައްސަލައެއް އޮތުމުން އެ ނަން އޭރު ނުފޮނުވަ އެވެ.

މަގާމުން ވަކިކުރެއްވި ފަނޑިޔާރު ހަމީދަކީ, ހައިކޯޓުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެވެ. އެގޮތުން, ފަނޑިޔާރު ހަމީދު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ 2007 ވަނަ އަހަރު އެވެ. ފަނޑިޔާރު ހަމީދު ވަނީ މީގެކުރިން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox