ޗައިނާގެ ތިން އެސްޓްރޮނޯޓުން ޖައްވަށް ފޮނުވައިފި

ޗައިނާ އިން އެސްޓްރޮނޯޓުން ޖައްވަށް ފޮނުވުމަށް ބޭނުންކުރާ ޝެންޒައު-14 ޖައްވީ އުޅަނދު އުދުއްސާލަނީ --

ޗައިނާ އިން އެސްޓްރޮނޯޓުން ޖައްވަށް ފޮނުވުމަށް ބޭނުންކުރާ ޝެންޒައު-14 ޖައްވީ އުޅަނދު އުދުއްސާލަނީ --

ޗައިނާ އިން ބިނާކުރަން މަސައްކަތް ކުރާ ޖައްވީ ސްޓޭޝަން ޓިއަންގޮންގްގެ މަސައްކަތްތައް ކުރުމަށް ތިން އެސްޓްރޮނޯޓުން އެ ގައުމުން ޖައްވަށް ފޮނުވައިފި އެވެ.

ކުރިއަށް އޮތް ހަ މަސް ދުވަހު އެ ތިން އެސްޓްރޮނޯޓުން މަސައްކަތް ކުރާނީ ޓިއަންގޮންގްގެ މައި މޮޑިއުލް، ޓިއަންހޭގަ އެވެ. އެ މީހުން އަނބުރާ އަންނަނީ އަންނަ ޑިސެމްބަރުގެ ތެރޭގަ އެވެ.

ޗައިނާ މޭންޑް ސްޕޭސް އޭޖެންސީ އިން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުކުރީ ޝެންޒައު-14 ޖައްވީ އުޅަނދުގަ އެވެ.

މި ޖައްވީ މިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ދިޔައީ ޗެން ޑޮން އެވެ. އޭނާ އަކީ ޖައްވުގައި އެންމެ ގިނަ ވަގުތު ހޭދަކުރި ޗައިނާ މީހާގެ ރެކޯޑު ކުރިން އޮތް މީހާ އެވެ. އޭނާ ވަނީ ޝެންޒަރު-11 ގައި 2016 ގައި ޖައްވަށް ގޮސްފަ އެވެ.

މިއީ ޖައްވީ ސްޓޭޝަންގެ މަސައްކަތަށް އެސްޓްރޮނޯޓުން ހިމެނޭހެން ޗައިނާ އިން ކުރި ތިންވަނަ ދަތުރެވެ. އެ ގައުމުން އަންނަނީ އަންނަ ޑިސެމްބަރަށް އެ ސްޓޭޝަންގެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންނެވެ.

މިއަހަރު ނިމުމުގެ ކުރިން ޗައިނާ އިން ޖައްވަށް އިތުރު ހަ ދަތުރު ކުރާނެ އެވެ. އޭގެ ތެރެއިން އެސްޓްރޮނޯޓުން ބައިވެރިވާނީ އެއް ދަތުރުގަ އެވެ.

ޗައިނާގެ ޖައްވީ މިޝަން އަށް އެ ގައުމުގެ ސަރުކާރުން ދަނީ ބިލިއަން ޑޮލަރުން އިންވެސްޓު ކުރަމުންނެވެ. އެ ގައުމުން ދަނީ 2035 ގެ ކުރިން ރަޝިއާ އާ ގުޅިގެން ހަނދުގައި ރިސާޗު ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox