ތޫފާން "ބާވީ"އާ ގުޅިގެން ޗައިނާގައި ފިޔަވަޅުތައް އަޅައިފި

Jul 13, 2026, 7:30 AM
ޗައިނާގެ އިރުމަތީގައިވާ އަންހުއީ ޕްރޮވިންސްގެ ހުއާންޝާން ސިޓީގެ ހުއިޒޯ ޑިސްޓްރިކްޓްގައި ހިމެނޭ ޗެންގްކަން ޓައުންގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔަލެއްގައި، އެ ސަރަހައްދުގެ ރައްޔިތުން މަޑުކޮށްލައިގެން.

ޗައިނާގެ އިރުމަތީގައިވާ އަންހުއީ ޕްރޮވިންސްގެ ހުއާންޝާން ސިޓީގެ ހުއިޒޯ ޑިސްޓްރިކްޓްގައި ހިމެނޭ ޗެންގްކަން ޓައުންގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔަލެއްގައި، އެ ސަރަހައްދުގެ ރައްޔިތުން މަޑުކޮށްލައިގެން.

މި އަހަރުގެ ނުވަވަނަ ތޫފާން، "ބާވީ" އަށް ތައްޔާރުވުމުގެ ގޮތުން ޗައިނާގެ ކަމާބެހޭ އިދާރާތަކުން ކުއްލި ނުރައްކަލުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

ތޫފާން އެރުމުގެ ކުރިން މޫސުމާ ބެހޭ އިދާރާ އާއި، ފެނުގެ ވަސީލަތްތަކާ ބެހޭ އިދާރާ އާއި، ދަތުރުފަތުރާ ބެހޭ އިދާރާގެ އިތުރުން ކުއްލި ހާލަތްތައް މެނޭޖުކުރާ އިދާރާތަކުން ވަނީ އިންޒާރުތައް ނެރެ، ފެންބޮޑުވުން ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.

ޗައިނާގެ މިނިސްޓްރީ އޮފް އިމަޖެންސީ މެނޭޖްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ސްޓޭޓް ފްލަޑް ކޮންޓްރޯލް އެންޑް ޑްރައުޓް ރިލީފް ހެޑްކުއާޓާޒް އިން ވަނީ އިރުމަތީ ޗައިނާގެ ޝަންހާއީ، ޖިއަންގްސޫ، އަންހުއީ އަދި ޖިއަންގްޒީގެ އިތުރުން ހުޅަނގު ދެކުނު ޗައިނާގެ ސިޗުއާން ޕްރޮވިންސަށް ފެންބޮޑުވުމާއި ތޫފާނުން ރައްކާތެރިވުމުގެ ލެވެލް-4 ގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

Advertisement

ހޮނިހިރު ދުވަހުގެ ކުރީކޮޅު ޗައިނާގެ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށް ބަލައި، ރަތް އެލާޓް ނެރެފަ އެވެ. 

ފެންބޮޑުވުމާއި ތޫފާނުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ޗައިނާގެ މިނިސްޓްރީ އޮފް ވޯޓާ ރިސޯސަސް އިން ވަނީ ޒެޖިއަންގް އަދި ފޫޖިއަންގައި ފެންބޮޑުވުމުން ރައްކާތެރިވުމުގެ ކުއްލި ނުރައްކަލުގެ ހާލަތު ލެވެލް-4 އިން ލެވެލް-3 އަށް މަތިކޮށްފަ އެވެ. އަދި އުތުރު އިރުމަތީ ޗައިނާގެ ހެއިލޮންގްޖިއަންގް ޕްރޮވިންސަށް ލެވެލް-4 ގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފަ އެވެ.

މީގެ އިތުރުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ވެސް ވަނީ ބޯކޮށް ވާރޭވެހުމާ ގުޅިގެން ލެވެލް-1 ގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ތޫފާނާ ގުޅިގެން ކުރިން އިއުލާންކޮށްފައިވާ ލެވެލް-2 ގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ދަމަހައްޓާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox