ރިޕޯޓުމިވަރަށް ގިރާ އިރު ވެސް ވެލިނެގުން ކުރިއަށް!

މިވަރަށް ގިރާ އިރު ވެސް ވެލިނެގުން ކުރިއަށް!

މޫދަށް އަރިވެފައިވާ ރުށްތަކާއި މޫދަށް ވެއްޓިފައިވާ ރުއްތަކެވެ. ދަށުން ވެލިގަނޑު ދެމި މޫތައް މައްޗަށް އަރައިފައިވާ ގަސްތަކެވެ. މޫދު އައިސް މިއޮތީ ކަޅުފަހުގައި ޖެހިފަ އެވެ. ތިމާވެށީގެ އެކްޓިވިސްޓަކަށް ނުވިޔަސް، މިއީ ބަލައިލަން ހިތްދަތި މަންޒަރެކެވެ.

ލ. ގަމުގެ ގޮނޑުދޮށެއް: ރަށް ގިރުމުގެ މައްސަލަ މި ރަށުގައި ވެސް ބޮޑު - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ލ. ގަމުގެ ގޮނޑުދޮށެއް: ރަށް ގިރުމުގެ މައްސަލަ މި ރަށުގައި ވެސް ބޮޑު - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މޫދަށް އަރިވެފައިވާ ރުށްތަކާއި މޫދަށް ވެއްޓިފައިވާ ރުއްތަކެވެ. ދަށުން ވެލިގަނޑު ދެމި މޫތައް މައްޗަށް އަރައިފައިވާ ގަސްތަކެވެ. މޫދު އައިސް މިއޮތީ ކަޅުފަހުގައި ޖެހިފަ އެވެ. ތިމާވެށީގެ އެކްޓިވިސްޓަކަށް ނުވިޔަސް، މިއީ ބަލައިލަން ހިތްދަތި މަންޒަރެކެވެ. މި މަންޒަަރަކީ ހަގީގަތުގައި ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކުން ހެން ފެންނާނެ މަންޒަރެކެވެ. ރާއްޖޭގެ އެންމެ ބޮޑު ރަށް، ލ. ގަމުގެ އެކި ދިމަދިމާލުން ވެސް ފެންނަން އޮތީ ހަމަ މި މަންޒަރެވެ.

ގަމަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައި އޮތީ އެ މައްސަލަ އޮތް އެހެން ބައެެއް ރަށްތަކަށް ވުރެ މާ ގެއްލުން ބޮޑު ގޮތަކަށެވެ. ގިނަ ރަށްރަށުގައި ރަށް ގިރަނީ ކޮންމެވެސް އެއް ބިތަކުން ކަމަށް ވިޔަސް، ގަމުގެ ހުޅަނގުފަރާތެކޭ އެއް ވަރަށް އިރުމަތި ފަރާތުން ވެސް ދަނީ ގިރަމުންނެވެ.

"ދެބިތުން ވެސް ގިރާނެ. ހުޅަނގުބިތާ، އަދި ނުވިތާކަށް އިރުމަތި ފަރާތުން ވެސް، ދެފަރާތުން ވެސް ގިރާނެ،" ރަށް ގިރުމުގެ މައްސަަލައާ ބެހޭ ގޮތުން "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވި އެވެ.

ގަމުގެ ގޮނޑުދޮށަށް ހަތަރު ފަސް ދިމާލަކުން ފައިބައި ބެލި އިރު ޒަކީ އެ ވިދާޅުވި ވާހަކައިގެ ހަގީގަތް ފެންނާން އޮތެވެ. އެ ސަރަހައްދުތަކުގައި ރަށް ގިރުމުގެ މައްސަަލަ އޮތީ "އިމާޖެންސީ" ފިޔަވަޅުތަކެއް އަޅަން ޖެހޭހާ ގޯސްކޮށެވެ.

ގޮނޑުދަށުން ވެލި ނެގުމެއް ނުހުއްޓާ

ރާއްޖޭގެ ގިނަ ރަށްރަށުގެ މީހުން މިހާރު އެ ނުބައި އާދަ ދޫކޮށްލައިފި އެވެ. ރަށުގެ ގޮނޑުދޮށް ގިރަ ގިރައި އޮއްވާ ހަމަ އެ ގިރާ ސަރަަހައްދުން އަނެއްކާ ވެލި ނެގުމަކީ މިހާރު ގިނަ ބަޔަކު ދެކޭ ގޮތުގައި ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ހަގީގަތް އެހެން އޮތް ނަމަވެސް އެކަމަކު ގަމުގައި އެކަން އޮތީ ދިމާ އިދިކޮޅަށެވެ.

ގަމުގެ ގިރާ ސަރަހައްދު: އެ މައްސަލަ ވަނީ ބޮޑުވެފައި
ގަމުގެ ގިރާ ސަރަހައްދު: އެ މައްސަލަ ވަނީ ބޮޑުވެފައި

ގަމުގެ ގިރާ ސަރަހައްދު: އެ މައްސަލަ ވަނީ ބޮޑުވެފައި

ޒަކީ ވިދާޅުވި ގޮތުގައި ފަޅު ތެރެއިން ވެލި ނަގަން ހުއްދަ ދީފައި އޮންނާތީ އެ ހުއްދައިގެ ނާޖާއިޒް ފައިދާ ނަަގައިގެން ބައެއް މީހުން ވެލި ނަގަނީ ގޮނޑުދޮށުންނެވެ. އެކަމަކު ވެލިނަގާ އެންމެން ފަހަތުން ދުވެ، އެކަން ހުއްޓުވުމަކީ މިހާ ބޮޑު ރަށެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. ގަމަކީ ދިގުމިނުގައި ގާތްގަނޑަކަށް ފަސް މޭލު ހުންނަ ރަށެކެވެ. މީހުން އުޅެނީ ވަރަށް ދުރުދުރުގައި އޮތް ހަތަރު އަވަށުގަ އެވެ.

"ވަކި ދިމާލަކުން، ވަކި ދުރުމިނަކުން ނަގަން އަޅުގަނޑުމެން ހުއްދަ ކޮށްފައި މި އޮންނަނީ. އެހެން ނަމަވެސް [މީހުން] އެއަކަށް ނުބަލާ،" ޒަކީ ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި ގަމުގެ ގޮނޑުދޮށްތަކުން ވެލިނަގާ މީހުން އެކަން ކުރަނީ ރޭނގަނޑުގެ އަދިރިކަމުގެ ނިވަލުގަ އެވެ. އެމީހުން ފަހައި ދުވުމަކީ ކައުންސިލަށް ކުރެވޭ ވަރު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށުގައި އުޅޭ މީހުން މިކަމާ އެންމެ ބޮޑަށް ވިސްނަން ޖެހޭނީ. ގިރާ ކަމާ، ޒިންމާދާރުވާން ޖެހޭ ކަމާ،" ޒަކީ ވިދާޅުވި އެވެ.

ގޮނޑުދޮށުން ވެލި ނެގުން ހުއްޓުވަން ގަމު ކައުންސިލްގެ ވިސްނުމެއް އެބަ އޮތެވެ. އެއީ ފަޅު ތެރެއިން ވެލި ނެގުމަކީ ވެސް މީހުން އަމިއްލަ އަމިއްލައަށް ނުކުރެވޭ ކަމަކަށް ހެދުމެވެ. ފަޅު ތެރެއިން ވެސް ވެލި ނަގަން ޖެހޭނީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.

ގަމުގެ ގޮނޑުދޮށްތަކާ ދޭތެރޭގައި ތިމާވެށީގެ ވިސްނުމަކުން ވިސްނާ މީހާ ބުނާނީ އެކަމަކު އެހެނެއް ނޫނެވެ. ރަށެއް އޮތް ފަޅަކުން ވެލިނެގުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ފަޅުތެރޭގައި އެހުރީ ގިރަމުން ވޮޑެމުން ވެސް ރަށް ހުސްނުވެ އޮތުމަށް ޓަކައި ގުދުރަތީ ގޮތުން އޮންނަ ނިޒާމުގައި، ރަށުގެ ދެމި އޮތުމަށް ބޭނުންވާ ވެއްޔެވެ.

މުހައްމަދު ނަސީމް

ސީނިއާ ޖާނަލިސްޓް

މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox