އިލާލާގެ ހަރުގަނޑަށް އާ ބައެއް، މިފަހަރު އޮފީސް ގަމީހާއި ފަޓްލޫނު

އިލާލާގެ ހަރުގަނޑަށް އާ ބައެއް، މިފަހަރު އޮފީސް ގަމީހާއި ފަޓްލޫނު

ހެޔޮވަރު ގަޔަށް ރީތި ގަމީހެއް ހޯދުމަކީ، އޮފީހުގެ އެހެން މުވައްޒަފުންނާއި ބޮސްގެ ސަމާލުކަން ދަމައިގަތުމަށް، އަދި ކްލަޔަންޓުންގެ ޝައުގުވެރިކަން އަތުލުމަށް މުހިންމު ކަމެކެވެ. ފުރިހަމައަށް ހެދުން އެޅުމަކީ އެތައް މާނައެއް ދޭހަކޮށްދޭ އަދި ތިމާ ހުރީ މަސައްކަތަށް ތައްޔާރަށްކަން ބުނެދޭ ކަމެކެވެ.

މިކަން ކަމަށް ސަމާލުކަން ދޭ ބަޔަކު އުޅުނަސް، މާލެއިން ސަޅި އޮފީސް ހެދުން ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހެޔޮވަރު ގަމީހެއް ލިބިއްޖެ ނަމަ، އަގުގެ ގޮތުން ޖީބަށް ހެޔޮވަރެއް ނުވެ އެވެ.

އިލާލާގެ ހަރުގަނޑަށް އާ ބައެއްގެ ގޮތުގައި އޮފީސް ހެދުން އިތުރު ކުރީ އެ ހުރިހާ ކަމަކަށް ބަލައިގެންނެވެ. މިހާރު އިލާލާއިން އޮފީސް ގަމީހާއި ފަޓުލޫން އަދި ބެލްޓް ވެސް ލިބެން އެބަ ހުއްޓެވެ.

"ވަރަށް ފެންވަރު ރަނގަޅު ބްރޭންޑުތައް ލިބޭނެ. އެންމެ ހިނގާ ބްރޭންޑުތައް، އަދި ދިވެހިންގެ މެދުގައި މިހާރު ވެސް ނަން ހިނގާ ބްރޭންޑްތަކުގެ އޮފީސް ގަމީސް ހުންނާނެ،" އިލާލާ ފިހާރައިގެ ކޯ ޕާޓްނަރު އަޝްޖައު ޝަހީދު ބުންޏެވެ.

އަގުތައް ވެސް ހުރީ އަތްފޯރާ ފަށުގައި، ގަމީހުގެ ފެންވަރާ އެއް މިންވަރެއްގަ އެވެ.

އޮފީސް ގަމީހުގެ އިތުރުން ފަޓުލޫނާއި ބެލްޓުވެސް އިލާލާއިން ލިބެން އެބަ ހުއްޓެވެ. އަގެއް ބޮޑެއް ނޫނެވެ.

އިލާލާއަކީ ކުއިކް ސިލްވާ، ވޮލްކޮމް، ހާލޭގެ އިތުރުން ނަން މަޝްހޫރު އެހެން ބްރޭންޑްތަކުގެ ކެޝުއަލް ގަމީހާއި ޓީޝާޓާއި ކުރުތާގެ އެކި ކުލަތަކާއި ސައިޒުތަކާއި ގިނަ ޑިޒައިންތައް ވިއްކުމުގައި އެންމެ މަގުބޫލު އެއް ފިހާރަ އެވެ. އެކި ބްރޭންޑްތަކުގެ ޖީންސާއި، ފަހުގެ ފަޓުލޫނު، އައިނު، ތޮއްފި، ފައިވާން، ބޮކްސާ، އަދި ސޯޓް ވެސް އެ ފިހާރައިން ލިބެން އެބަ ހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox