އިޓަލީ އަށް ވޯލްޑް ކަޕްގެ އޮޓޮމެޓިކް ޖާގައެއް ދޭންޖެހޭ: ބާޖިއޯ

Jun 3, 2022, 10:44 AM
އިޓަލީގެ ލެޖެންޑަރީ ފޯވާޑް، ބާޖިއޯ.-- ފޮޓޯ: އޭއެފްޕީ

އިޓަލީގެ ލެޖެންޑަރީ ފޯވާޑް، ބާޖިއޯ.-- ފޮޓޯ: އޭއެފްޕީ

މިލާން (ޖޫން 3) - އިޓަލީ އަށް މި އަހަރު ފަހުކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ އޮޓޮމެޓިކް ޖާގައެއް ދޭން ޖެހޭ ކަމަށް އިޓަލީ ގައުމީ ޓީމަށް ކުރިން ކުޅުނު ލެޖެންޑަރީ ފޯވާޑް، ރޮބާޓޯ ބާޖިއޯ ބުނެފި އެވެ.

ރަޝިއާގައި 2018 ވަނަ އަހަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕުން އިޓަލީ އަށް ފުރުސަތު ނުލިބުނުއިރު، އޭގެ ފަހުން އިޓަލީން ވަނީ އަލުން އެ ގައުމުގެ ފުޓްބޯޅަ ކޮޅަށް ޖަހައި، މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕްގައި ސްވިޒަލެންޑް ފަހަތުން ދެ ވަނައިގައި ނިންމުމުން، އިޓަލީ އަށް ޖެހުނީ ކޮލިފައިން ޕްލޭއޮފްގައި ކުޅޭށެވެ. ޕްލޭއޮފްގައި އިޓަލީ ބަލިވީ ނޯތު މެސެޑޯނިއާ އަތުންނެވެ. މިއީ އަނެއްކާ ވެސް އިޓަލީ ފުޓްބޯޅަ އަށް ކުރިމަތިވި ވެއްޓުމެކެވެ.

ނުވަދިހައިގެ އަހަރުތަކުގައި އިޓަލީ އަށް ތިން ވޯލްޑް ކަޕެއްގައި ކުޅެދިން ބާޖިއޯ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަނީ ގަތަރު ވޯލްޑް ކަޕްގެ ޖާގައެއް އިޓަލީ އަށް ނުލިބުމަކީ "ޝޮކެއް" ކަމަށް ބުނެފަ އެވެ.

"އިޓަލީ އަކީ ޔޫރޯގެ ޗެމްޕިއަނުން. ލަދުގަންނަން ޖެހޭ ކަމެއް ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ވޯލްޑް ކަޕްގައި ނެތުމަކީ. އަހަރެން ގަބޫލުކުރާ ގޮތުގައި އިޓަލީ އަށް ޔޫރަޕްގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ވޯލްޑް ކަޕްގެ އޮޓޮމެޓިކް ޖާގައެއް ދޭން ޖެހޭ،" އިޓަލީ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބާޖިއޯ ބުންޏެވެ.

މިދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ ލެވަލްގައި އިޓަލީ ބަލިވެފައިވަނީ މަދު މެޗަކުންނެވެ. ބާޖިއޯ ބުނީ ކިތަންމެ މޮޅު ފުޓްބޯޅަ ޓީމެއް ވިޔަސް ދަށްކޮށް ދާ ދުވަހެއްގައި ބަލިވެދާނެ ކަމަށެވެ. އެ ގޮތުން އިޓަލީ އަށް ވެސް ދަށް ދުވަސް ދިމާވީ އެންމެ މުހިންމު ދަނޑިވަޅުތަކުގައި ކަމަށާއި ވޯލްޑް ކަޕަށް ކޮލިފައިނުވީ އެެ ސަބަބާ ހުރެ ކަމަށް ބުނެވިދާނެ ކަމަށް ބާޖިއޯ ވަނީ ބުނެފަ އެވެ.

"އިޓަލީ ސްކޮޑުގައި އަހަރެން ހުރި ނަމަ ޔޫރޯގެ ޗެމްޕިއަންކަން ހޯދާފައި ވޯލްޑް ކަޕަށް ކޮލިފައިނުވުން ހަޖަމްކުރަން އުނދަގޫވާނެ،" ބާޖިއޯ ބުންޏެވެ.

ދާދި ފަހުން އިނގިރޭސި ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ދެ ބައްރުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ، "ފައިނަލިސިމާ" މެޗުން 3-0 އިން އިޓަލީ ބަލިކޮށް އާޖެންޓީނާ އިން ތަށި އުފުލާލައިފަ އެވެ. އެ މެޗުގައި އިޓަލީ ޓީމުގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނުއިރު، އެ މެޗަށް ފަހު އިޓަލީ ޓީމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ވަނީ ބުނެފަ އެވެ.

ބާޖިއޯ ބުނީ މަންޗިނީއާ އެކު އިޓަލީ ކުރިއަށްދާން ޖެހޭ ކަމަށާއި އިޓާލިއަން ލީގުގައި ކުޅޭ ހުނަރުވެރި ޒުވާން ކުޅުންތެރިންނާ އެކު އިޓަލީ އަށް ވަރުގަދަ ޓީމެއް އެކުލަވާލެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox